ޕީޕީއެމްގެ ނައިބުރައީސް ޝިޔާމު/ ފޮޓޯ: ޕީޕީއެމް
ހަބަރު
11 Aug 2023 | 13:08
8 ކެންޑިޑޭޓުންގެ ތެރެއިން ޑރ މުއިއްޒުހާ ކޮލެޓީ މީހަކު ނުފެނޭ: ޝިޔާމު

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވާއިރު، އޭގެ ތެރޭގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒުހާ ކޮލެޓީ ބޭފުޅަކު ފެނިވަޑައިނުގަންނަވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ. 

ޝިޔާމު މިފަދައިން ވިދާޅުވެފައި ވަނީ ރިޔާސީ އިންތިޚާބަށް ޕީޕީއެމްގެ މައި ޖަގަހަ "ދިވެހީންގެ ޖަގަހަ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ. 

ޝިޔާމު ވިދާޅުވީ ޑރ މުއިއްޒަކީ ރައީސް ޔާމީންގެ ވެރިކަމުގައި، ޤައުމަށް އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަވަމުން ގެންދެވިއިރު އެންމެ އަރިހުގައި ހުންނެވި ވަޒީރު ކަމަށެވެ.

ރައީސް ޔާމީން ޑރ މުއިއްޒު އެންޑޯސް ކުރެއްވުމުމާއެކު، އަދި ޑރ މުއިއްޒުގެ ރަނިންމޭޓަކީ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ލަތީފުކަމުގައި ކަނޑައެޅި ހިސާބުން، ރައީސް ޔާމީންގެ ތަސައްވަރާއި އެއްގޮތަށް ގައުމުގެ ކަންކަން މި ދެބޭފުޅުން ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ލިބިގެން ދިޔަކަމަށް ޝިޔާމު ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ ޝިޔާމު ވިދާޅުވީ މި ރިޔާސީ އިންތިޚާބަށް 8 ކެންޑިޑޭޓުން ނިކުމެ ތިއްބެވި ނަމަވެސް ޑރ މުއިއްޒުހާ ކޮލެޓީ ކެންޑިޑޭޓަކު ފެނިވަޑައިނުގަންނަވާ ކަމަށެވެ. އިލްމާއި ތަޖުރިބާއާއި، ސިޔާސަތުތަކާއި އަދި ކެމްޕޭނު ޓީމަށް ބަލާލުމުން ވެސް އެކަން ހާމަވެގެންދާކަމަށް ޝިޔާމު ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ މަސައްކަތްތައް ހަގީގަތުގައި ވަރަށް ފަސޭހަވެގެން މި ދިޔައީ. ޑރ މުއިއްޒާއި ސެމްބެއާއި އެކީގައި އަޅުގަނޑުމެންނަށް މި ފެށޭ މަސައްކަތުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތްތައް ފަސޭހަވެގެން ދާނެ. އެހެން މި ދަންނަވަނީ އަޅުގަނޑަކަށް ނުފެނޭ 8 ކެންޑިޑޭޓުން ޑރ މުއިއްޒާއި އެކީގައި އެބަ ވާދަކުރައްވާ. 8 ކެންޑިޑޭޓުން ތެރޭގައި އަޅުގަނޑަކަށް ނުފެނޭ މި ކޮލެޓީއެއް. އަޅުގަނޑަކަށް ނުފެނޭ މިހާ ރަނގަޅަށް އިންތިޒާމުކޮށްފައި އޮތް ރިޔާސީ ކެންޑިޑޭޓަކާއި ރަނިންމޭޓެއް"

ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމު

ޝިޔާމު އިތުރަށް ވިދާޅުވީ ޑރ މުއިއްޒާއި، ރަނިންމޭޓު ހުސެއިން މުޙައްމަދު ލަތީފުގެ މެނިފެސްޓޯއަކީ ރައީސް ޔާމީންގެ މެނިފެސްޓޯކަމަށެވެ. އެ މެނިފެސްޓޯގައި ރާއްޖޭގެ ހުރިހާ ގިންތިއަކާއި މިންތިއެއްގެ ރައްޔިތުން ހިމަނުއްވާފައިވާނެ ކަމަށާއި، އެއީ އެއްވެސް ރައްޔިތަކު ބާކީ ނުވާނެގޮތަށް ސިޔާސަތުތައް އެކުލަވާލާފައިވާ މެނިފެސްޓޯއެއް ކަމަށެވެ. 

އެހެންކަމުން، ޕީޕީއެމަށް އޮތް ތާއީދު އިތުރުވަމުން އަންނަ މަންޒަރު މިހާރު ވެސް ފެންނަމުންދާ ކަމަށާއި، ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބު އެއްބުރުން ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ނަގާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ޝިޔާމު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Jul 2026
ގަން އިންޓަނޭޝަނަލް އެއާޕޯޓުން މޯލްޑިވިއަންގެ ފްލައިޓްތައް ސީދާ ޖިއްދާއަށް
މިކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް ސިވިލް އެވިއޭޝަން މުޙައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގަން އެއާޕޯޓުން ސީދާ ޖިއްދާއަށް އުމްރާ ފްލައިޓެއް ފުރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއީ އައްޑޫ ސިޓީއާއި ދެކުނުގެ ސަރަހައްދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.
12 Jul 2026
އެމްއެންޔޫ ފަހި ދުވަސް 2026 ފަށައިފި
މި ހަރަކާތް ކުރިއަށް ދަނީ 2026 ޖުލައި 11 އިން 12 އަށް، ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އެމްއެންޔޫގެ މަރުކަޒީ އިދާރާގައެވެ.
12 Jul 2026
ނޯވޭ ބަލިކޮށް އިނގިރޭސިން ވަރލްޑްކަޕް ސެމީފައިނަލަށް
ރޭގެ މެޗްގައި އިންގްލެންޑްގެ ތަރިއަކަށްވީ ބެލިންހަމްއެވެ.
11 Jul 2026
ކޮންގްރެސްގެ އެތެރޭގެ އިންތިހާބު: 33،000 މެންބަރުން ވޯޓް ލި
މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު އެ ޕާޓީގެ 69,000 މެންބަރުންގެ ތެރެއިން 40,000 މެންބަރުންނަށް ލިބިފައި އޮތެވެ. ޢަބްދުއްރަހީމް ވިދާޅުވި ގޮތުގައި ހިސާބުތައް ދައްކާ ގޮތުން މިއަދުގެ އިންތިހާބުގައި 85 އިންސައްތަ މެންބަރުން ވަނީ ވޯޓްލާފަ އެވެ.
11 Jul 2026
ޒުވާނުންގެ ޞިއްޙަތަށް ވުނަކުރުން ލާޒިމު: ރައީސް
އެމަނިކުފާނު މިކަން ފާހަގަކުރައްވާފައިވަނީ، ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
11 Jul 2026
ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހަދަން ތެލެސީމިއާ ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ
މިއީ މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ. މީގެ އިތުރުން، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން، އިތުރު ހަތަރު ކުއްޖަކު ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.
11 Jul 2026
މުސަރައާއި އިނާޔަތްތަކަށް ކުރި ހޭދަ އާއެކު މިއަހަރު ކުރި ހަރަދުތައް އިތުރުވެއްޖެ
ފިނޭންސުގެ ރިޕޯޓަށް ބަލާއިރު، ޚަރަދުތައް އިތުރުވި ނަމަވެސް، ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ރެކޯޑުކުރެވިފައެވެ. މިއީ ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދުތައް ނުހިމަނައި، ދައުލަތަށް ލިބޭ އާމްދަނީން އާންމު ޚަރަދުތައް ހަމަޖެއްސޭނެކަން އަންގައިދޭ މިންގަނޑެއްކަމަށް ދެކޭކަމަށް ފިނޭންސުން ބުންޏެވެ
11 Jul 2026
ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް މައްސަލާގައި ފަސް މީހަކަށް ދައުވާ
މި މައްސަލާ ގައި ދައުވާ ލިބޭ މީހުން އަތުން ވަގަށް ނެގި ފައިސާ ބަދަލު ލިބޭ ފަރާތަށް ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފަ އެވެ.