ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު
ހަބަރު
11 Aug 2023 | 13:10
"މި ސަރުކާރުން ދިން ފުލެޓްތައް އަތުނުލާނަން؛ ބޯހިޔާވަހިކަމުގެ މައްސަލަ ތާއަބަދަށް ހައްލު ކޮށްދޭނަން"

ވެރިކަން ލިބިވަޑައިގެންފިނަމަ ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ތާ އަބަދަށް ހައްލު ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

"ދިވެހީންގެ ޖަގަހަ" ނަމުގައި މުއިއްޒުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖެ އަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކުގެ އަސްލަކީ ބޯހިޔާވަހިކަމުގެ ދަތިކަން ނަމަވެސް، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަން ނިމުމާއެކު އެކަން ހައްލު ކުރުމުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. 

އަދި މިސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކޮށްދިނުމަށް ކަމަށް ބުނެ ދީފައިވާ ގޯއްޗާއި ފުލެޓް ތަކުގެ ތެރެއިން ބޮޑުބަޔަކީ ވުޖޫދުގައި ވެސް އަދި ނެތް ތަންތަން ކަމަށް ވިދާޅުވެ މުއިއްޒު ވަނީ މިސަރުކާރުން ގޯއްޗާއި ފްލެޓް ދިން ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"މި ސަރުކާރުން އެބަ ބަހާ ފްލެޓާއި ގޯއްޗާއި މިހެން ގޮސް ވަރަށް ގިނަ އެއްޗެހި. ބަހާއިރު އޭގެ 70 އިންސައްތަ ދުނިޔެއަކު ނެތް. އިއްޔެގަ ވެސް ނެރެފި ލިސްޓެއް. ނެރުނު އިރުގައި އޭގެ ބޮޑު އިންސައްތައެއް އަދި ނުވެސް އަޅާ. ބިންގާ ވެސް ނާޅާ. ޕްލޭނެއް ވެސް ނެތް. ބަޖެޓެއްވެސް ނެތް. އެކަމަކު ލިސްޓް ހަދައިފި، ލިސްޓް ނެރެފި،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މި ސަރުކާރުން ފުލެޓްތަކާއި ގޯތި ދިނުމަށް ނިންމާފައިވާ މީހުންގެ އަތުން އެ އަތުނުލާނެކަމަށެވެ. އަދި އެމީހުންނަށާއި ދެން ތިބި މީހުންނަށް ވެސް އެ މައްސަލަ ހައްލު ކޮށްދޭން މަސައްކަތް ކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެކަމަކު މާލޭގައި އޮތް އެންމެ ބޮޑު މައްސަލައަށް ރައްޔިތުންނަށް އެ އޮތީ އުއްމީދެއް ދީފައި. އަޅުގަނޑު ގަބޫލުކުރާ ހަމައަކީ ސަރުކާރަކުން ދީފި އެއްޗެއް އަތުލައިގެން ނުވާނެއޭ. އަޅުގަނޑުމެންގެ ކުރާނެ ކަމަކީ އެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދެވޭނެ މަގު ފަހިކޮށްދިނުން،" 

ޑރ. މުހައްމަދު މުޢިއްޒު 

މުއިއްޒުގެ ވިދާޅުވީ، އޭނާގެ ސަރުކާރެއްގައި ގެދޮރުވެރިކަމަކީ އަސާސީ ހައްގެއް ކަމަށް ދެކި މަސައްކަތް ކުރާނީ ގެދޮރުވެރިކަމުގެ މައްސަލަ ތާއަބަދަށް ހައްލު ކުރެވޭނެ މަގުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ބޯހިޔާވަހިކަމުގެ މި މައްސަލަ އަޅުގަނޑުމެން ތާއަބަދަށް ހައްލު ކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

މިއާއެކު މުޢިއްޒު ވިދާޅުވީ ފަސް އަހަރުގެ ވެރިކަން ނިމޭއިރު ބޯހިޔާވަހިކަން ނެތް އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށެވެ. 

"އެ ސަރުކާރުގެ ފަސް އަހަރު ނިމޭއިރުގައި އިރާދަކުރެއްވިއްޔާ މި ގައުމު ގެދޮރުވެރިކަން [ބޯހިޔާވަހިކަން] ނުލިބޭ ރައްޔިތަކު ނުހުންނާނެ،" 

ޑރ. މުހައްމަދު މުޢިއްޒު 

މުއިއްޒު ވަނީ އޭނާގެ ވެރިކަމެއްގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ގެންގުޅުއްްވާނެ ބައެއް ޕްލޭންވެސް ހިއްސާ ކުރައްވާފައެވެ.

އެގޮތުން ވިދާޅުވީ ހުޅުމާލޭގެ ހިޔާ އަވަށާއި ގުޅިފަޅާއި ގިރާވަޅުފަޅު އަދި ފުށިދިއްގަރު ފަޅަކީ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކޮށްދެއްވޭނެ ތަންތަން ކަމަށެވެ. 

އެހެނީ، ފުށިދިއްގަރުފަޅު އެކަނިވެސް 1600 އަކަފޫޓްގެ 11،000 ގޯއްޗާއި 1400 އަކަފޫޓްގެ 20،000 ފްލެޓް އެޅޭނެ ބިން ލިބޭނެ ކަމަށާ، އަދި ގުޅިފަޅުގައި 5،000 ގޯއްޗާއި 15،000 ފްލެޓް އެޅޭނެ ބިން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.