ޑރ ޖަމީލް
ހަބަރު
11 Aug 2023 | 17:17
ރައީސް ޞާލިހުގެ ޙައްދެއް ނެތް އަނިޔާގެ ޓާގެޓަކަށް މިވީ ރައީސް ޔާމީން: ޑރ. ޖަމީލް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އަނިޔާވެރިކަން ހައްދެއް ނެތް މިންވަރަށް ގޮއްސިކަމަށާއި އޭގެ ޓާގެޓަކަށް ވެ ވަޑައިގަތީ ރައީސް ޔާމީނުކަމަށް ވިދާޅުވެ ހުރިހާ ފަރާތްތަކުންވެސް އެކުވެރިކަމާއެކު މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރުމަށް ޑރ މުހައްމަދު ޖަމީލް ގޮވާލައްވައިފިއެވެ. 

ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހިމެނިވަޑައިގަންނަވާ ޑރ ޖަމީލު މުއިއްޒުއަށް ތާއީދު ކުރައްވާކަން ހަމަކުރައްވައިފައި މިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. 

މިވަގުތު އެންމެން ގުޅިގެން އިބޫނޫން ގޮތެއް ހޯދުމަށް ޑރ. މުޢިއްޒު އިންތިޚާބު ކުރުމަށް ހީވާގިކޮށް މަސައްކަތް ކުރުމަށް އިލްތިމާސްކުރަން.

ޑރ މުހައްމަދު ޖަމީލް އަހުމަދު 

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީންގެ ކެންޑިޑެސީ ހުށަހެޅި އިރު ޑރ ޖަމީލަކީ އެ މަނިކުފަނުންގެ ރަނިންގްމޭޓެވެ. އެހެންނަމަވެސް ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގެ ވާދަ ނުކުރެވޭނަކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ ރަނގަޅަށް ކަމުގައި ސުޕްރީމް ކޯޓުން ކަނޑައެޅުމާއެކު އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ބަންދުވީއެވެ. 

އެ ދަނޑިވަޅުގައި ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓެއްގެ ގޮތުގައި މުއިއްޒު ނެރުމަށް ނިންމުމާއެކު އެ ކޯލިޝަނުގެ ތެރޭގައި ބައިބައިވުންތަކެއް އުފެދުނުކަމުގެ އަދުތައް ފެތުރުނެވެ. އެހެންނަމެވެސް ޑރ ޖަމީލު ހިމެނޭހެން އެ ކޯލިޝަނުގެ އިސްކޮށް ހަރަކާތްތެރިވާ ހުރިހާ އިސްވެރިން މިހާރުވަނީ ޑރ މުއިއްޒުއަށް ތާއީދުކުރައްވާކަން ހަމަކުރައްވައިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.