ގއ. ވިލިނގިލީގައި އިދިކޮޅު ސަޕޯޓަރުން އެއްވެ ކުރި އިހްތިޖާޖުގެ ތެރެއިން-- ފޮޓޯ: މިހާރު
ހަބަރު
11 Aug 2023 | 20:47
ވިލިނގިލީގައި ޕީޕީއެމް ސަޕޯޓަރުން ހަމަނުޖެހުން ހިންގަން ހިތްވަރުދިނީ ލީޑަރޝިޕުން ކަމަށް ތުހުމަތު ކޮށްފި!

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހުވަދޫ އަތޮޅަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި އެ އަތޮޅު ވިލިނގިއްޔަށް ވަޑައިގަންނަވާތީ، އެމަނިކުފާނާ ދެކޮޅަށް އަޑުއުފުލަން އެއްވެ ތިބި އެ ރަށުގެ އިދިކޮޅު ސަޕޯޓަރުން ހަމަނުޖެހުން ހިންގީ އިދިކޮޅުު ލީޑަރޝިޕުން ހިތްވަރުދީގެން ކަމަށް ރައީސް ޞާލިހް ގެ ކެންޕެއިން ޓީމުން ތުހުމަތު ކޮށްފިއެވެ. 

އިއްޔެ ހަވީރު ރައީސް އެ ރަށަށް ވަޑައިގެންނެވުމުގެ ކުރިން، އެމަނިކުފާނާ ދެކޮޅަށް އަޑުއުފުލަން ގިނަ އަދަދެއްގެ ޕީޕީއެމް ސަޕޯޓަރުން އެ ރަށުގެ ހުޅަނގު ފަރާތު ބަނދަރު މައްޗަށް އެއްވެ ތިއްބެވެ.

ރައީސް ވަޑައިގެންނެވުމުގެ ކުޑަވަގުތު ކޮޅެއްގެ ކުރިން، ފުލުހުން ދަމާފައިވާ ޓޭޕުތައް ކަނޑާލައި، ކުރިއަށް ޖެހެން މަސައްކަތް ކުރުމުން ފުލުހުން ވަނީ އެ މީހުން ފަހަތަށް ޖައްސައިފަ އެވެ.

ފަހަތަށް ޖެއްސުމުގެ ތެރެއިބް ސަޕޯޓަރުންގެ ތެރެއިން ބަޔަކާއި ފުލުހުންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއްވެސް ހިނގާފައެވެ. އަދި އެ ހަމަނުޖެހުމުގެ ތެރެއިން އެ ތަނުގައި ސްޕީކަރުތައް ބަހައްޓާފައިހުރި ލޮރީއެއްގެ ތެރެއިން ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އެކަމާއި ގުޅިގެން، ރައީސް ޞާލިހު ގެ ކެންޕެއިން ޓީމުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ، އެއީ އެމަނިކުފާނުގެ ކެމްޕެއިނަށް ހުރަސްއެޅުމަށް ހިންގި ހަރަކާތެއް ކަމަށް ބުނެ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. 

އަދި ހުރިހާ ކެންޑިޑޭޓުންނަށް ވެސް މިނިވަންކަމާއެކު ކެންޕެއިން ކުރުމުގެ ފުރުސަތު ސަރުކާރުންދެމުންދާ ކަމަށާ، އެހެންނަމަވެސް ކެންޕެއިން ކުރަންވާނީ ވަކި ހުދޫދެއްގެ ތެރެއިން، އަމާންކަމާއި އެކު، އެއްބަޔަކު އަނެއް ބައެއްގެ ތަކެއްޗަށް ގެއްލުން ނުދީ ކަމަށް ރައީސް ޞާލިހް ގެ ކެންޕެއިން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީވެސް ވިދާޅުވެފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ. 

"ގއ. ވިލިނގިލީ ޕީޕީއެމް ސަޕޯޓަރުން އަނިޔާވެރިވެ ހަމަނުޖެހުން ހިންގާފައިވަނީ ޕީޕީއެމްގެ ލީޑަރޝިޕުން ހިތްވަރުންދީގެން ކަމަށް އިބޫއަސްލަމް 2023 ކެންޕެއިން ޓީމުން ގަބޫލުކުރަމެވެ. އަދި ހުރިހާ ޕާޓީ އަކުންވެސް ލީޑަރޝިޕް ދައްކައި، ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކުގެ މަތީން، އަމާންކަމާއިއެކު ކެންޕެއިން ކުރުމަށް ގޮވާލަމެވެ." ރައީސް ޞާލިހުގެ ކެންޕެއިން ޓީމުން ނެރެފައިވާ ބަޔާނުގައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.