ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ
ހަބަރު
12 Aug 2023 | 13:53
އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ ރައީސް ޔާމީންގެ ސިޔާސަތުތައް ދެމެެހެއްޓުން: އަބްދުލް ރަޙީމް

ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބު ކަމިޔަބުކުުރުމަށްޓަކައި ފަށައިފައިވާ ދަތުުރުގެ މައިގަނޑު އަމާޒަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިނިވަންކޮށް އެ މަނިކުފާނުގެ ސިޔާސަތުތައް ދެމެހެއްޓުން ކަމުގައި ޕީއެންސީގެ ރައީސް އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާއި ވަގުތީގޮތުން ޙަވާލުވެ ހުންނެވި އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. 

އަބްދުއްރަޙީމް މިފަދައިން ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑރ މުޙައްމަދު މުޢިއްޒުއާއި ރަނިންގްމޭޓް ހުސައިން މުޙައްމަދު ލަތީފްގެ ކެމްޕެއިނަށް ހދ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހަނިމާދޫއަށް ވަޑައިގެން އެ ރަށުން އެ ބޭފުޅުންނަށް ތާއީދުކުރައްވާ ފަރާތްތަކާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.  

އަބްދުއްރަހީމްގެ ވާހަކަފުޅުގައި ވަނީ އެ ބޭފުޅުންގެ ސަރުކާރުގައި އެހެންގައުމެއްގެ ސިފައިން ދިވެހި ފަސްގަނޑުގައި ވަޒަންވެރިވުމުގެ ފުރުސަތެއް ނުދެއްވާނެކަމުގައި ވިދާޅުވެފައެވެ. 

 ރައީސް ޔާމީނުގެ ވެރިކަމުގައި މި ގައުމަށް ގެންނަމުންދިޔަ ތަރައްގީގެ މަޝްރޫއުތައް އެ ދުވެލީގައި ގެނައިސްދިނުމުގެ ފުރުސަތު ރައީސް ޔާމިނަށް ލިބި ވަޑައިނުގަތުމުން، އެ މަޝްރޫއުތައް ހަމަ އެ ދުވެލީގައި މި ގައުމަށް ގެނެސްދިނުމަށް އެ މަނިކުފަނުން ދެއްކެވި ބޭފުޅަކީ ޑރ މުހައްމަދު މުޢިއްޒު 

އަދުރޭގެ ވާހަކަ ފުޅުގައި ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން ރައީސް ޔާމީނުގެ ވެރިކަމުގައި ހިންގެވި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާ އެ ކަމުގެ އިލްމާއި ތަޖުރިބާ ހުންނެވި ބޭފުޅެއްގެ ގޮތުގައި މުއިއްޒު ސިފަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ބޮދު ތިލަދުންމައްޗަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅޭއްގެ ހައިސިއްޔަތުން ޑރ މުޢިއްޒު ވެރިކަމަށް ވަޑައިގަތުން ވެގެންދާނީ ބޮޑު ތިލަދުންމައްޗަށް ލިބިގެންދަނެ ޝަރަފެއްކަމުގައެވެ. 

އެހެންކަމުން ކުރިއަށް އޮތް 25 ވަރަކަށް ދުވަހު އެންމެ ވަގުތު ކޮޅެއްވެސް ނަގައި ނުލައްވައި ހަނިމާދޫގެ ފުރިހަމަ މެޖޯރިޓީ ޑރ މުއިއްޒުއަށް ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ހަނިމާދޫ ރައްޔިތުންގެ އަރިހުގައި އަބްދުއްރަހީމް ވަނީ އެދިވަޑައިގެންފައެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޮޑު ތިލަދުންމައްޗަށް ކުރަމުންގެންދާ ދަތުރުގައި ހަނިމާދޫގެ އިތުރުން ނޮޅިވަރަމާއި ކުޅުދުއްފުށްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު މާދަމާ މަކުނުދޫއާއި ހޯރަފުށީގެ އިތުރުން އިހަވަންދޫއަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. އަދި ހޯމަ ދުވަހު ހއ އުތީމާއި ވަށަފަރުގެ އިތުރުން ކެލާއަށާއި ބާރަށް އަދި ދިއްދޫއަށް ދަތުރުކުރާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.