ރައީސް ޞާލިހް ނ މާޅެންދުއަށް ވަަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ
ހަބަރު
12 Aug 2023 | 14:00
ސިޔާސި ކަންކަމުގައި އަރާނެ އިތުރު ހަރުފަތެއް ދެން ނެތް: ރައީސް ޞާލިޙް

ސިޔާސީ ކަންކަމުގައި އަރާނެ އިތުރު ހަރުފަތެއް ދެން ނެތް ކަމަށާއި، ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ސިޔާސީ މަޤްސަދެއްގައި ކުރާނެ އެއްވެސް ކަމެއް ނެތް ކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސި އިންތިހާބުގެ ކެމްޕެއިންގައި ނ. މާޅެންދޫއަށް ވަޑައިގެން އެ ރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

ރައީސްގެ ވާހަކަފުޅުގައި މިހާރު ހުންނެވީ ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމުގައި ކަމުގައި ވިދާޅުވަމުން ރައީސް ވިދާޅުވީ ސިޔާސި މަގްސަދެއްގައި ދެވަނަ ދައުރެއްގައި ކުރައްވާނެ އެއްވެސް ކަމެއް ނެތްކަމުގައެވެ. 

"އަޅުގަނޑު ސިޔާސީ ކަންތަކުގައި ދެން އަރާނެ އިތުރު ހަރުފަތެއް ނެތް. ސިޔާސީ މަގުސަދުގައި އަޅުގަނޑު ބޭނުންވާނެ އެއްވެސް ކަމެއް ދެން ނެތް. އިރާދަކުރެއްވީތީ މިއަދު މިހުރީ ރާއްޖޭގެ ރައީސުލްޖުމުހީރިއްޔާ ކަމުގައި. ކުރިއަށް އޮތް ދައުރުގަ އަޅުގަނޑު ސިޔާސީ މަގުސަދެއްގައި ކުރާނެ އެއް ވެސް ކަމެއް ނޯންނާނެ،"

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. 

މީގެ އިތުރުން ރައީސް ޞާލިޙް ވިދާޅުވީ، އެމަނިކުފާނުންގެ އަމާޒަކީ ދިވެހިންނަށް އުފާވެރި އަމާން ރާއްޖެއެއް ހޯދަވައިދެއްވުން ކަމަށާއި ދެވަނަ ދައުރެއްގައި ވެރިކަން ކުރަން ލިބިވަޑައިގެންފިނަމަ ވެރިކަމުން ފައިބައިވަޑައިގަންނަވާއިރު ފެންނާނީ އެ މަންޒަރުކަމުގެ ޔަގީންކަން ދެއްވައިފައެވެ. 

އަދި މީގެ އިތުރުން އެ މަނިކުފާނުގެ އަމާޒަކީ މިހާރު ފަށައިގެން ކުރިއަށްދާ ހުރިހާ މަޝްރޫއުތަކެއް އެއްކޮށް ނިންމައި ރައްޔިތުންނަށް އުފާވެރި، އަމާން ދިރިއުޅުމެއް ހޯދައިދިނުން ކަމަށާއި އެނޫން އެއްވެސް މަގްސަދެއް ނޯންނާނެ ކަމުގައި ރައީސް ޞާލިޙްގެ ވާހަކަ ފުޅުގައި ވިދާޅުވިއެވެ. 

އަދި އެކި އެކި ބަދަލުތަކާހުރެ ނ. އަތޮޅަށް މި ސަރުކާރުން ނުކުރެވި މަޑުޖެހިފައި ހުރި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިހާރު ނިންމާފައިވާ ކަމަށާއި މި މަޝްރޫއުތައް ނިންމުނީ މި ސަރުކާރުން ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ދިޔުމުގެ ބަދަލުގައި ތަފާތު ހިޔާލުތަކުގެ މަޝްވަރާއަށް ޖާގަ ދީގެން މަސައްކަތް ކުރުމުން ކަމަށް ރައީސް ވިދާޅުވިއެވެ. 

ރިޔާސީ ކެމްޕެއިންގައި ވެރިކަމުގެ ދެވަނަ ދައުރެއް ހޯދުމުގެ މަގްސަދުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ކެމްޕެއިން ޓިމުން ގެންދަވަނީ ރާއްޖޭހގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރުމުގެ ގޮތުން ކެމްޕެއިން ދަތުރުތައް ކުރައްވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.