މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުޢާޒް މުހައްމަދު ރަޝީދު. ފޮޓޯ:މަޖިލިސް
ހަބަރު
12 Aug 2023 | 13:46
މުޢާޒް ރައީސް ނަޝީދަށް: ރައީސް ޔާމީނަށް އަނިޔާ ދެމުން ދިޔައިރު ހުރިހާ ބާރެއް އޮވެމެ މަނިކުފާނު ހުންނެވީ އަތްޖައްސަވަން

ފިތުނަ އުފައްދަން ނޫޅުއްވުމަށް މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރ މުޢާޒް މުޙައްމަދު ރަޝީދު ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ގޮވައިލައިފިއެވެ.

މުޢާޒް މިފަދައިން ވިދާޅުވެފައިވަނީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.

އޭނާ މިހެން ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 5 އަހަރު ޖަލުގައި އެ ހުންނެވީ ޕީޕީއެމްގެ ލީޑަރޝިޕް އެގޮތަށް ބޭނުންވުމުން ކަމަށާއި ރައީސް ޔާމީން މިނިވަން ކުރަން މަސައްކަތް ކުރެވޭނީ ދަ ޑިމްކްރެޓްސް އަށް ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވާ ވީޑިއޯ އެެއް ޙިއްސާ ކުރައްވަމުންނެވެ.

"ފިތުނަ އުފައްދަން ނޫޅުއްވާ، ރައީސް ޔާމީނަށް އަނިޔާ ދެމުން ދިޔައިރު ހުރިހާ ބާރެއް އޮވެމެ މަނިކުފާނު ހުންނެވީ އަތްޖައްސަވަން" 

މުޢާޒް ވިދާލުވެފައިވެއެވެ.

މީގެ އިތުރުން މުޢާޒް ވިދާޅުވީ ރައީސް ނަޝީދާއި އެމްޑީޕީން އިން ޖުޑީޝަރީއަށް އަތާއި ފައި ނުބޭނި ނަމަ ރައީސް ޔާމީން ހުންނަވާނީ މިނިވަންކަންމަތީގައި ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ ރައީސް ޔާމީން ދާދި އަވަހަށް މިނިވަންވެގެންދާނެ، ރައީސް ޔާމީންގެ ހައްޤުގައި ދެންވެސް މަސައްކަތް ކުރާނީ ޕީޕީއެމްގެ މެންބަރުން" 

މުޢާޒް ވިދާޅުވެފައިވެއެވެ.

ގދ ގައްދޫގައި ބޭއްވުނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީއާއި ޕީޕީއެމްގެ ގިނަ މެންބަރުން ދަ ޑިމޮކްރޭޓްސްއަށް ވޯޓު ދޭނެކަމަށެވެ. އަދި ޕީޕީއެމްއިން ދަ ޑިމޮކްރޭޓްސްއާ ގުޅޭތާ 1 ހަފްތާތެރޭ ރައީސް ޔާމީން ގެއަށް ގެނެސްދީ ދޫކޮށްލާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.