ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް
ހަބަރު
12 Aug 2023 | 13:55
އަޅުގަނޑު ފްރޭމްކޮށް އަނިޔާވެރިވި ފަރާތްތަކާއި މެދު ޤާނޫނު އަރާ ހަމަކުރާނެ: މުޙައްމަދު އިސްމާއިލް

އެއްވެސް ގުޅުމެއް ނެތް މައްސަލައެއްގައި ފްރޭމްކޮށް އަނިޔާވެރިވި ފަރާތްތަކާއި މެދު ޤާނޫނު އަރާ ހަމަކުރާނެ ކަމަށް މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މުޙައްމަދު އިސްމާއިލް މިހެން ވިދާޅުވީ އޭނާ ކުރައްވައިފައިވާ ޓްވީޓެއްގައެވެ.

އޭނާގެ ޓުވީޓުގައި ބުނެފައިވަނީ އޭނާއާއި އެއްވެސްގުޅުމެއް ނެތް މައްސަލައެއްގައި އޭނާ ފުރޭމްކޮށް 45 ދުވަހު ޖަލުގެ ބާއްވައި، ފޯނު ފުލުހުންގެ ބެލުމުގެދަށުގަ އޮންތާ 1 އަހަރާ 6 މަސް ވެއްޖެކަމަށެވެ.

"އަޅުގަނޑަކީ ދުވަހަކުވެސް ފުލުހުން އަޅުގަނޑު ފުރޭމްކޮށްފައިވާފަދަ އެއްވެސް ކަމެއްކުރުމަށް ދުވަހަކުވެސް ހިތްވަރުދޭނެ މީހެއްނޫން، މައްސަލާގަ ހައްޔަރުކުރި 19 މީހުންގެތެރޭގަ އަޅުގަނޑު ދަންނަ އެއްވެސްމީހެއްނުވާއިރު ރާވާހިންގިކަމަށް ފުރޭމްކޮށް ގަސްތުގަ ފުލުހުން އަޅުގަނޑަށް އަނިޔާވެރިވެ ފުރޭމްކުރިކަން ކޯޓްތެރެއިން ސާފްވެގެންދާނެ إِنْ شَاءَ ٱللَّٰهُ . އަޅުގަނޑު ފުރޭމްކޮށް އަނިޔާވެރިވި ފަރާތްތަކާމެދު ޤާނޫނުއަރާ ހަމަކުރާނެ" 

މުޙައްމަދު އިސްމާއިލް ވިދާޅުވެފައިވެއެވެ.

 މީގެ އަހަރެއްހާ ދުވަސް ކުރިން މުޙައްމަދު އިސްމާއިލް ފުލުހުންގެ ބެލުމުގެ ދަށަސް ގެންގޮސްފައިވަނީ އިންޑިޔާ އައުޓް ހަރަކާތް ހިންގުމަށް ހަރަދުކުރާ މައިގަނޑު އެކަކީ އޭނާ ކަމަށް ތުޙުމަތު ކޮށް ނެރެފައިވާ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ އަމުރުގައި ވަނީ މުޙައްމަދު އިސްމާއީލް އެ ހަރަކާތް އިތުރަށް ފުޅާކޮށް، އެކަމުގައި އިތުރު މީހުން ބައިވެރިކުރުވާ ކަމަށެވެ. އަދި އެ ހަރަކާތް ހުއްޓުވަން ދައުލަތުގެ އިދާރާތަކުން ކުރަމުންދިޔަ މަސައްކަތަށް ގޮންޖަހައި އޭނާ ހުރަސްއަޅަމުންދާ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.

މީގެ އިތުރުން އިންޑިއާ އައުޓް ބެނާތަކާއި ކުރެހުންތަކާއި ލިޔުންތައް ތައްޔާރުކޮށް އެތަކެތި މާލެ އާއި އަތޮޅުތަކުގެ ރަށްތަކަށް ފޯރުކޮށްދޭ ކަމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކޮށްފައިވެއެވެ.

އެކަމުގެ ސަބަބުން ބައިނަލްއަޤްވާމީ ގުޅުންތަކާއި އަވަށްޓެރި ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ޚާރިޖީ އަދި ޘަޤާފީ ގުޅުންތަކަށް ނުރަނގަޅު އަސަރުކުރާ ކަމަށް ވެސް މުޙައްމަދު އިސްމާއިލް ހައްޔަރު ކުރުމަށް ކޯޓުން ނެރެފައިވާ އަމުރުގައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.