ޑރ މުހައްމަދު ޖަމީލު އަހުމަދު/ ފޮޓޯ: ޕީޕީއެމް
ހަބަރު
12 Aug 2023 | 19:27
ނަޝީދުގެ ވާހަކަތަކަށް ނުހެއްލުމަށް ރައީސް ޔާމީން އެދިވަޑައިގެންފި!

ވާދަވެރި ސިޔާސީ ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރެވޭނީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަށް ވޯޓުދީގެންކަމަށް ވިދާޅުވެ އެމްޑީޕީން ނިކުމެ ވަޑައިގެން ދަ ޑިމޮކްރެޓްސްއަށް އިންތިޚާބު ހޯއްދަވާދެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްޔިތުން ނުހެއްލުމަށް ރައީސް ޔާމީން އެދިވަޑައިގެންފި އެވެ. 

އެމަނިކުފާނު މިފަދައިން އެދިވަޑައިގެންފައި ވަނީ ރައީސް ޔާމީން މިނިވަންކުރުމަށް މަސައްކަތްޕުޅު ކުރައްވާ ކަމަށާއި، އެމަނިކުފާނު މިނިވަން ކުރެވޭނީ ދަ ޑިމޮކްރެޓްސްއަށް ވޯޓުދީގެންކަމަށް ނަޝީދު ވިދާޅުވަމުންދާ ދަނޑިވަޅެއްގައި ރައީސް ޔާމީންގެ އިސް ޤާނޫނީ ވަކީލު ޑރ މުޙައްމަދު ޖަމީލު އަހުމަދު މެދުވެރިކޮށް ދެއްވި މެސެޖެއްގަ އެވެ. 

އެގޮތުން ޑރ ޖަމީލު ވިދާޅުވީ ރައީސް ޔާމިނަށް ނުހައްގުން އަނިޔާކުރުމުގައި އެންމެ އިސްކޮށް ހުންނެވި ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުކަމަށްވާއިރު، މަޖިލީހުގެ ރައީސްގެ ހައިއިއްޔަތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ ރައީސް ނަޝީދުވެސް އެ އަނިޔާ ދިނުމުގައި ފުރިހަމަޔަށް ބައިވެރިވާކަމަށް ރައީސް ޔާމިނު ވިދާޅުވެފައިވާ ކަމަށެވެ. 

ނަޝީދުގެ އިތުރުން ހޯމް މިނިސްޓަރު އިމްރާނު އަކީވެސް ރައީސް ޔާމިނަށް އަނިޔާވެރިވެފައިވާ ބޭފުޅެއްކަމަށް ރައީސް ޔާމީން ވިދާޅުވާކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ. 

ޑރ ޖަމީލު ވިދާޅުވީ ރިޔާސީ އިންތިޚާބު ބޯމަތިވުމުން، ރައީސް ޔާމިނުގެ ނަންފުޅު ބޭނުންކުރައްވައިގެން ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ޕީޕީއެމް ބައިބައި ކުރުމުގެ މަސައްކަތް ކަމަށެވެ. ރައީސް ޔާމީން މިނިވަންކުރާނެ ކަމަށް ބުނެ ނަޝީދު މިހާރު ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ ޕީޕީއެމްގެ ސަޕޯޓަރުންގެ ތާއީދު ހޯދާ އެމީހުންގެ ވޯޓު އަނބުރާލުމުގެ ބޭނުމުގައި ކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ.

އެއާއެކު ޑރ ޖަމީލު ވިދާޅުވީ ދަ ޑިމޮކްރެޓްސްއިން މިހާރު ކުރަމުންދާ ކަންކަމާއި، ނަޝީދު ދައްކަވަމުންދާ ވާހަކަތަކުގައި ޕީޕީއެމްގެ އެއްވެސް އާންމު މެމްބަރަކު އަދި ރައީސް ޔާމީންގެ ސަޕޯޓަރަކު ނުޖެހުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވާ ކަމަށެވެ.

"ރައީސް ޔާމީން ޤަބޫލުފުޅު ކުރައްވަނީ އެމަނިކުފާނަށް މި އަނިޔާ ދިނުމުގައި އިސްކޮށް ހުންނެވީ ރައީސް އިބްރާހިމް ކަމުގައި ވާއިރު، ހަމަ އެއްވަރަކަަށް ޖޭއެސްސީގެ ތެރެއިން ރައީސް ނަޝީދު މި އަނިޔާ ދިނުމުގައި ބައިވެރިވާ ކަމަށް. އެހެންވީމާ ރައީސް ޔާމީންގެ އިލްތިމާސްއަކީ ދަ ޑިމޮކްރޭޓުން ޖަހާ ސަކަރާތުގައި ބައިވެރިވެވަޑައި ނުގަތުމަށް"

ރައީސް ޔާމީންގެ އިސް ޤާނޫނީ ވަކީލު ޑރ ޖަމީލު

ޑރ ޖަމީލު އިތުރަށް ވިދާޅުވީ ރައީސް ޔާމީން އެދިވަޑައިގަންނަވަނީ މި އިންތިޚާބުގައި އެމަނިކުފާނު އެންޑޯސްކުރައްވާފައިވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒަށް ތާއީދުކޮށްދެއްވާ އެމަނިކުފާނަށް ވޯޓުދީ މި ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަނަށް ހޯދާދިނުމަށް ރައްޔިތުން މަސައްކަތްޕުޅު ކޮށްދެއްވުމަށް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.