19 ވަނަ މަޖިލީހުގެ 15 ވަނަ ޖަލްސާ. ފޮޓޯ: މަޖިލިސް
ހަބަރު
16 Aug 2023 | 22:05
ޗުއްޓީއަށް ފަހު މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ހޯމަދުވަހު

ބޮޑު ޗުއްޓީއަކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މިފެށޭ ހަފްތާގެ ހޯމަ ދުވަހުގެ ހެނދުނު 9:00 ގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.

މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް 22 ޖޫން 2023 ވީ ބުރާސްފަތި ދުވަހު ނިންމާލީ، މަޖިލީހުގައި މަސައްކަތްތައް ނުނިމި ހުރުމާއެކު ދައުރު ދިގުދަންމާލުމަށް މެމްބަރުން އެދިވަޑައިގަންނަވަމުން ދަނިކޮށެވެ.

ދެވަނަ ދައުރުގެ އެންމެ ފަހު ޖަލްސާގައި ވެސް މަޖިލީހުގެ މެމްބަރުން ވަނީ ކުރަން ހުރި މަސައްކަތްތައް ނުނިންމައި ޗުއްޓީއަށް ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ދެވަނަ ދައުރުގެ ފަހު ޖަލްސާ ކުއްލި ގޮތަކަސް ނިންމާލައިފައިވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕުން މަޖިލީހުގެ މަސައްކަތްތައް ނިންމުމަށް އެދި ރައީސް ނަޝީދަށް ސިޓީއެއްވެސް ހުށަހަޅާފައި  ވަނިކޮށެވެ.

މެމްބަރުންގެ ކަންބޮޑުވުންތައް ފާޅުކުރައްވައި މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެމްބަރުންގެ ސޮޔާއެކު، ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާތަކެއް ބާއްވާދިނުމަށް އެދި ސިޓީއެއް ހުށަހެޅުއްވުމާއި ގުޅިގެން ދައުރުން ބޭރުން ދެ ޖަލްސާއެއް ތާވަލުކުރެވިގެން ދިޔައެވެ.

 ފުރަތަމަ ޖަލްސާ ތާވަލުކުރީ 03 ޖުލައި 2023 ވީ ހޯމަ ދުވަހުގެ ހެނދުނަށެވެ. ނަމަވެސް ޖަލްސާ ވަނީ ފެށުނުތާ 3 މިނެޓުގެ ތެރޭގައި ނިންމާލާފައެވެ.

ދައުރުން ބޭރުން ބޭއްވި ދެވަނަ ޖަލްސާ 10 ޖުލައި ވާ ހޯމަ ދުވަހު ކުރިއަށް ގެންގޮސް، ކޮމިޓީތައް އެކުލަވާލާނެ ގޮތާއި ގުޅޭ ރިޕޯޓު ފާސްކޮށްފައިވާއިރު، މި ދެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ މެންބަރު ޙަސަން އަފީފެވެ.

ރައްޔިތުންގެ މަޖިލީހުގައި ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭގައި، މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތާއި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހިމެނެއެވެ. އަދި ބަންޑާރަނައިބު އިބްރާހީމް ރިފްއަތާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް، ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.