ރައީސް ޔާމީން އާއި ޑރ. މުހައްމަދު މުޢިއްޒު
ހަބަރު
17 Aug 2023 | 18:45
ދިވެހިން އެކަތިގަނޑަކަށްވެ ޑރ. މުޢިއްޒު ވެރިކަމަށް އިންތިޚާބު ކުރަން ރައީސް ޔާމީންގެ އިލްތިމާސެއް!

ހުރިހާ ދިވެހި ރައްޔިތުންވެސް އެކަތިގަނޑަކަށްވެ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އިންތިޚާބު ކުރެއްވުމަށް ޕީޕީއެމްގެ ލީޑަރ އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒުގެ ތަރުޖަމާނު އަދި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ވަނީ، މުއިއްޒުއަށް ރައީސް ޔާމީނާއި ޕީޕީއެމްގެ ތާއީދު ނެތް ކަމަށް ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީީ ގެ ރިޔާސީ ކެންޑިޑޭޓް ގެ ކެންޕެއިން ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ވިދާޅުވަމުންދާ ވިދާޅުވުމަށް ރައްދު ދެއްވާފައެވެ. 

އެގޮތުން، ޑރ. މުއިއްޒުއަކީ ޕީއެންސީ އަދި ޖަމިއްޔަތުއް ސަލަފްގެ ކެންޑިޑޭޓެއް ކަމަށާ، އޭނާއަށް ވެރިކަން ހޯދައިދޭން ޕީޕީއެމާއި ރައީސް ޔާމީންވެސް ބޭނުން ނުވާ ކަމަށާ، ޕީޕީއެމުން އެކަމަށް މާ ބޮޑު މަސައްކަތެއް ނުކުރާ ކަމަށް މާރިޔާ ވިދާޅުވަމުންދާ ވިދާޅުވުމަށް ރައްދު ދެއްވަމުން ތޮލާލް ވިދާޅުވީ، ޑރ.މުއިއްޒުއަކީ ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ކަމަށެވެ.

އަދި ޕީއެސްސީންގެ ޓިކެޓްގައި ޑރ.މުއިއްޒު ނިކުންނެވީ ޕީޕީއެމްގެ ރައީސް، ރައީސް ޔާމީންގެ ފުރިހަމަ ތާއީދާއި އެކުގައިކަމަށާ، ޕީޕީއެމާއި ޕީއެންސީ ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަމުންދަނީ މުޢިއްޒު ވެރިކަމަށް އިންތިޚާބު ކުރުމަށް ކަަމަށް ތޮލާލް ވިދާޅުވި އެވެ.

މިއާއެކު ތޮލާލް ވިދާޅުވީ، ރައީސް ޔާމީންގެވެސް އިލްތިމާސްއަކީ ދިވެހި ރައްޔިތުން ރައްޔިތުންގެ ކެންޑިޑޭޓް ޑރ.މުއިއްޒު އަށް ހުރިހާ ދިވެހިންވެސް ވޯޓު ދެއްވުން ކަމަށެވެ. 

ރައީސް ޔާމީންގެ ފުރިހަމަ ތައީދު ޑޜ.މުއިއްޒަށް އޮންނާނެ. އެމަނިކުފާނު ތާއީދާއިއެކު ޑރ.މުއިއްޒު މަސައްކަތް ކުރައްވަނީ. ރައީސް ޔާމީންގެ އިލްތިމާސަކީ ދިވެހި ހުރިހާ ރައްޔިތުން އެކަތިގަނޑަކަށްވެ ޑރ.މުއިއްޒު ހޮއްވަވައި ދެއްވުން.

ޑރ. މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް

އެހެންކަމުން، އެމްޑީޕީން ޕީޕީއެމް ބައިބައިކުރުމަށް ދައްކަމުންދާ ވާހަކަތަކުގައި ނުޖެހުމަށް ޕީޕީއެމްގެ އެންމެހާ އާއްމު މެންބަރުންނަށް ތޮލާލް ވަނީ އިލްތިމާސްކުރައްވާފައެވެ. 

މިއަދުގެ ބައްދަލުވުމުގައި ތޮލާލް ވަނީ ޑރ. މުއިއްޒުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނެ ގޮތުގެވެސް ކުރު ޚުލާސާއެއް ދެއްވާފައެވެ. އެގޮތުން ޑރ.މުއިއްޒު ކުރައްވާ ވެރިކަމަކީ މުޅި ދިވެހި ރައްޔިތުންނަށް އެއްވެސް ތަފާތު ކުރުމެއްނެތި ކުރައްވާނެ ވެރިކަމެއް ކަމަށާ، އެވާނީ ވަށާޖެހޭ ސިޔާސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

އަދި ކެންޕެއިނަށް ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި ޑރ. މުއިއްޒު އާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް އަށް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިނުގެންނެވުނު ނަމަވެސް، ރަށްރަށުގައި ތިއްބަވާ ޕީޕީއެމްގެ މެންބަރުން މެދުވެރިކޮށް އެ ރަށްރަށަށް ބޭނުންވާ ކަންކަން އޮޅުން ފިލުއްވާނެ ކަމަށް ތޮލާލް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން