ރޭގެ ޖަލްސާގައި މުޢިއްޒު ވާހަކަ ދައްކަވަނީ-- ފޮޓޯ/ ޕީޕީއެމް
ހަބަރު
18 Aug 2023 | 10:10
ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް މުޢިއްޒުގެ މުހިންމު ވަޢުދުތަކެއް!

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒުގެ ވެރިކަމެއްގައި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޮށްދެއްވާނެ ބައެއް ކަންކަން ހާމަކުރައްވައިފިއެވެ. 

ރިޔާސީ ކެމްޕެއިނަށް ފ. އަތޮޅަށް ކުރައްވާ ދަތުރުގައި މިރޭ ނިލަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުޢިއްޒު ވިދާޅުވީ މީގެ ކުރިން ސިވިލް ސާވަންޓުންނާއި ޑޮކްޓަރުންނާއި ނަރުހުންނާ އަދި ޓީޗަރުން ފަދަ ދާއިރާތަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާފައިވެ އެވެ.

އެހެންނަމަވެސް ވިއްސަކަށް ހާސް ދިވެހި މުވައްޒަފުން މަސައްކަތް ކުރާ، ފަތުރުވެރިކަމުގެ ސިނާއަތަށް އެފަދަ ކަމެއްވެސް ހިންގާފައި ނުވާ ކަން ފާހަގަކުރައްވައި މުޢިއްޒު ވިދާޅުވީ އެމުވައްޒަފުންނަކީ އެހެން ވަޒީފާތައް އަދާކުރާ މުވައްޒަފުންނާ އެއްގޮތަށް އަހަންމިއްޔަތުކަން ދޭންޖެހޭ ބައެއް ކަމަށެވެ. 

އެހެންކަމުން އެ ފުރުސަތު، ރާއްޖޭގެ އިގުތިސާދުގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާގެ ވެރިކަމުގައި އެކަން ކޮށްދެއްވާނެ ކަމަށްވެސް ވަނީ ވަޢުދުވެވަޑައިގެންފައެވެ. 

"އެެހެންވީމާ އަޅުގަނޑު ތަކުރާރުކޮށް މިދަންނަވާ ޕޮލިސީގެ ތެރެއިން ދިވެހި ކޮންމެ ރައްޔިތެއްގެ އެންމެ އަސާސީ ހައްގެކަމުގައި އަޅުގަނޑުމެން ގަބޫލުކުރަނީ ގެދޮރުވެރިކަން ކަމުގައި ވާތީ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެންމެ ކުރީކޮޅުފަށާ ހައުސިން މަޝްރޫއުތަކުގެ ތެރޭގައި ވަކި ޚާއްސަ ކެޓަގަރީއެއް ހަދާ ޓުއަރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަ ކުރެވިފައިވާ ހައުސިން ކެޓަގަރީއެއް ގާއިމުކޮށް ސޯޝަލް ހައުސިން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ސިޔާސަތުގައި ހިމެނޭ ކަމެއް"

ޑރ. މުހައްމަދު މުޢިއްޒު 

މީގެ އިތުރުން ވެސް މުޢިއްޒުވަނީ، ޓޫރިޒަމްގެ ދާއިރާގެ ކުންފުނިތައް ހިންގާ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގައި ވެސް މަޝްވަރާކޮށް، ކަމާބެހޭ ގާނޫނާއި ގަވާއިދު ހަދައިގެން، އެ ދާއިރާގެ މުވައްޒަފުންނަށް ހާއްސަ އިތުރު ފައިދާތައް ލިބޭ ރިޓަޔަމަންޓް ޕެންޝަން ސްކީމެއް ވެސް އޭނާގެ ވެރިކަމެއްގައި ތައާރަފުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން