ރޭގެ ޖަލްސާގެ ތެރެއިން--ފޮޓޯ/ ޕީޕީއެމް
ހަބަރު
18 Aug 2023 | 14:45
މާލޭގެ މަގެއް ބަންދު ކުރަން ވެސް އެދެން މިޖެހެނީ ބޭރު ސަފީރެއްގެ އަރިހުން: އަބްދުއްރަހީމް

މިއީ ދިވެހިންގެރާއްޖެ އެކޭ ބުނަން ލަދުވެތިވާ ކަމަށާ، މި ގައުމުގެ ވެރިކަންކުރާ ފުރަމާލޭގެ މަގެއް ބަންދު ކޮށްލަންވެސް ހުއްދަ ހޯދަން ޖެހެނީ ބޭރު ގައުމެއްގެ ސަފީރެއްގެ އަރިހުން ކަމަށް އިދިކޮޅުު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ. 

ފ. ނިލަންދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ދިވެހިން ބޭނުންވާ ތަރައްގީ ހާސިލް ކުރުމަށްޓަކައި އެންމެ ފުރަތަމަވެސް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ، ތަރައްގީ ގެންނަން ބޭނުންވާ ގައުމެއް ހޯދުންކަމަށެވެ. އަދި މިއަދު އެފަދަ ގައުމެއް ނެތް ކަމަށް އަދުރޭ ވިދާޅުވިއެވެ.

އެހެންކަމުން ތަރައްގީގެ ކޮންމެ މަޝްރޫއުއެއް ކުރިއަށް ގެންދަން ބޭނުން ނަމަވެސް އެންމެ ފުރަތަމަ ކުރަން އޮތް ކަމަކީ ދިވެހީންގެ ރާއްޖެ ދިވެހިންނަށް ހޯދައިދިނުން ކަމަށް އަދުރޭ ވިދާޅުވިއެެވެ. އަދި ދިވެހީންގެރާއްޖެ ދިވެހިންނަށް ހޯދައި ދީގެން މެނުވީ ތަރައްގީ ނުގެނެވޭނެ ކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ، މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ޝިޔާރެއްގެ ގޮތުގައި އިދިކޮޅު ލީޑަރ ރައީސް ޔާމީން އަބްދުލް ގައްޔޫމް "ދިވެހިންގެ ދިވެހިރާއްޖެ" ޝިޢާރު ކަނޑައެޅުއްވީވެސް އެ ސަބަބަށްޓަކައި ކަމަށެވެ. 

މިހާރު އަޅުގަނޑުމެން މިތިބީ ދިވެހިންގެ ރާއްޖޭގައޭ ބުނާކަށް އަޅުގަނޑަކަށް ނުކެރޭނެ. ދިވެހިންގެ ރާއްޖެއޭ ބުނަން އަޅުގަނޑު ލަދުގަނޭ. ނޫނީ އަޅުގަނޑު ބިރުގަނޭ، އަޅުގަނޑު ދެރަވޭ. އެއީ އަޅުގަނޑުމެންނަށް މިފެންނަނީ ދިވެހިރާއްޖޭގެ ފުރަމާލޭގެ މަގެއް ބަންދު ކުރަން ވިޔަސް އެހެން ގައުމެއްގެ ސަފީރަކު އެކަން ކުރަން އަންގާތަން. ދިވެހިރާއްޖޭގެ އިލެކްޝަން ކޮމިޝަނުން ކަންތައް ކުރައްވާ ގޮތްވެސް އެހެން ގައުމެއްގެ ސަފީރު ގޮސް ކިޔައިދޭތަން. ދިވެހިރާއްޖޭގެ ތަރައްގީގެ މަޝްރޫއުއެއް އިއުލާން ކުރިޔަސް، އެކަން ކުރަން އެހެން ގައުމެއްގެ ސަފީރަކު ކުރާތަން. އެހެން ވެއްޖެއްޔާ އަޅުގަނޑަކަށް މިއީ ދިވެހީންގެރާއްޖެ އެކޭ ބުނެވޭކަށް ނެތް

އަބްދުއްރަހީމް އަބްދުالله 

އެހެންކަމުން ޑރ. މުހައްމަދު މުއިއްޒު ގެންނަވަން ވައުދުވެވަޑައިގަންނަވާ ވައުދުތައް ފުއްދުމަށް ވެސް ދިވެހިންގެ ރާއްޖެ ހޯދަން ޖެހޭކަން އަދުރޭ ފާހަގަ ކުރެއްވިއެވެ. އަދި ދިވެހިންގެ ގައުމު އަނބުރާ ދިވެހިންނަށް ހޯދައިދޭނެ ކެންޑިޑޭޓަކީ ޑރ. މުއިއްޒުކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން