އިސްލާމީ ޔުނިވާސިޓީގެ މަޚްރަޖާނުލް ޤުރްއާން ޕްރޮގްރާމް ގެ ތެރެއިން
ހަބަރު
18 Aug 2023 | 16:54
އިސްލާމީ ޔުނިވާސިޓީގެ ތިންވަނަ ޤުރްއާން މަޙްފަލް މާދަމާ!

ކީރިތި ޤުރްއާނުގެ ދާއިރާއިން މަތީ ތަޢްލީމު ޙާޞިލުކުރަމުންދާ ބޭފުޅުންނާއި އަމާޒުކޮށްގެން ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާގެ ފަރާތުން އިންތިޒާމުކޮށްގެން "މަޙްފަލުލްޤުރްއާނީ" ތިން ވަނަ މަޙްފަލް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ. 

މިފަދަ މަޙްފަލެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ "ކީރިތި ޤުރްއާން ތަފާތު ޤިރާއަތްތަކަށާއި، ދިގުރާގަށް ކިޔެވުމުގެ ޚާއްސަ ހުނަރުތަކާއި އަޑު ގެންގުޅޭނެ ގޮތްތަކަށް ޤުރުއާނުގެ ދާއިރާގެ ލެކްޗަރަރުންނާއި މުދައްރިސުން އަހުލުވެރިކުރުވުން ކަމުގައި އެ ޔުނިވަސިޓީގެ ފަރާތުން މައުލޫމާތުދެއެވެ. 

ދުނިޔޭގެ މަޝްހޫރު ބައެއްޤާރީންނާއި ރާއްޖޭގެ ފުންނާބު އުސް ޤާރީންގެ ތަފާތު ކިޔެވުންތައް އިވިގެންދާނެ މި މަޙްފަލް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ, 2023 އޮގަސްޓު 19 ވަނަ ދުވަހު ހެނދުނު 08:45 ގައި ދިވެހިރާއްޖެ އިސްލާމީ ޔުނިވާސިޓީގެ ހޯލުގައެވެ. 

މަޙްފަލުލްޤުރްއާން ގެ ދައުވަތު 

ދިވެހިރާއްޖޭގައި އިސްލާމީ ތައުލީމް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ އައި.ޔޫ.އެމްގެ ފާހަގަ ކުރެވެނީ ޤުރުއާނުގެ ދާއިރާގެ އިތުރުން ދީނީ އެކި އެކި ކަންމަށް ހޭލުންތެރިކަން އިތުރު ކުރުމަށް މުހިއްމު ބައްދަލުވުންތައް ބާއްވާމުން އަންނަ ވަރަށް ހަރަކާތްތެރި މުއައްސަސާއެއްގެ ގޮތުގައެވެ. މިގޮތުން ކީރިތި ޤުރުއާނުގެ ތަފާތު މަހްރަޖާން ތަކާއި، ކިޔެވުމުގެ އިޖާޒާ ޕްރޮގްރާމާއި، ޤުރްއާނުގެ ޢިލްމާ ގުޅޭ ތަފާތު އެތަކެއް ވޯކްޝޮޕްތަކާއި، ޓްރައިން ޕްރޮގްރާމުތައް އެތަނުގެ ފަރާތުން އަންނަނީ ހިންގަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.