ޑރ މުއިއްޒަށް ދިއްގަރުން ހޫނު މަރުހަބާއެއް ދެންނެވުން/ ފޮޓޯ: ޕީޕީއެމް
ހަބަރު
19 Aug 2023 | 10:07
ޑރ މުއިއްޒަށް ދިއްގަރުން ހޫނު މަރުހަބާއެއް ކިފައިފި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒުއަށް މ ދިއްގަރުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ. 

ޑރ މުއިއްޒަށް މަރުހަބާ ދެންނެވުމަށްޓަކައި ދިއްގަރު އޮތީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ. އަދި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބަނދަރު ސަރަހައްދަށް އެއްވެފަ އެވެ. 

ޑރ މުއިއްޒަށް މަރުހަބާ ދެންނެވުމަށް ބޮޑުބެރު ހަރަކާތެއް ކުރިއަށް ގެންދަނީ 

ޑރ މުއިއްޒު ރަށަށް ވަޑައިގެން ވަނީ އެމަނިކުފާނުގެ ރިޔާސީ ކެންޑިޑޭޓު ނަންބަރު "ނަންބަރު 4" ޖަހާފައިވާ ބޯޑެއްގައި ހެޔޮފާހަގަ ޖައްސަވާ ސޮއިކުރައްވާފަ އެވެ. އެއީ މި ރަށުން ޑރ މުއިއްޒަށް މެޖޯރިޓީ ވޯޓު ހޯދާދޭނެކަމުގެ ރަމްޒީ ހަރަކާތެއްކަމަށް އެ ހަރަކާތް އިންތިޒާމު ކުރެއްވި ފަރާތްތަކުން ވަނީ ބުނެފަ އެވެ. 

ޑރ މުއިއްޒުގެ ކެންޑިޑޭޓު ނަންބަރުގައި އެމަނިކުފާނު ސޮއިކުރައްވަނީ

ޑރ މުއިއްޒު ވަނީ މި ރަށަށް ވަޑައިގެން ދިއްގަރުގައި ޕީޕީއެމްގެ ޖަގަހަ ރަސްމީކޮށް ހުޅުވާދެއްވާފަ އެވެ. އެފަހުން ދިއްގަރުގައި ވަނީ ޑރ މުއިއްޒުގެ ކެމްޕޭނު ޖަލްސާއެއް ވެސް ބާއްވާފަ އެވެ. 

ޑރ މުއިއްޒު ދިއްގަރަށް ވަޑައިގެންފައިވަނީ މ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަތުމަށް ފަހުއެވެ. 

ޑރ މުއިއްޒު ދިއްގަރުގައި ޖަލްސާ ހުޅުވާދެއްވަނީ

މ އަތޮޅަށް ޑރ މުއިއްޒުގެ ވެރިކަމެއްގައި ކޮށްދެއްވާނެ މުހިންމު ކަންތަކުގެ ވާހަކަ ޑރ މުއިއްޒު ވަނީ ވިދާޅުފަ އެވެ. އެމަނިކުފާނު ވަނީ ރައްޔިތުން އިޚްލަސްތެރިކަމާއެކު ގައުމީ ފިކުރުގައި ވޯޓުދެއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން