ގުރައިދޫ ޖަލްސާގެ ތެރެއިން--ފޮޓޯ/ޕީޕީއެމް
ހަބަރު
20 Aug 2023 | 10:51
ޑޮލަރު އޭޓީއެމް ބެހެއްޓުން ހިމެނޭހޭން މުޢިއްޒުގެ މުހިންމު ވަޢުދުތަކެއް މާފުށްޓަށް!

މާލެއިން ބޭރު، އަތޮޅުތެރޭގެ އެންމެ ފުރަތަމަ ޑޮލަރު އޭޓީއެމް ބެހެއްޓުން ހިމެނޭހެން އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވަޢުދުތަކެއް މާފުށްޓަށް ވެވަޑައިގެންފިއެވެ. 

ރޭ ކ. ގުރައިދޫގައި ބޭއްވި ކެންޕެއިން ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ، ގެސްޓް ހައުސް ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ކ އަތޮޅު މާފުށީގައި މި ސަރުކާރުން ހިންގަމުންދާ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދަނީ އެ ރަށު ރައްޔިތުން އެދިފައިވާ ގޮތަށް ނޫން ކަމަށާ، އެކަމުގައި އެއްވެސް ގޮތަކަށް ރައްޔިތުންގެ މަޝްވަރާއެއް ވެސް ހޯދާފައި ނުވާކަމަށެވެ.

އެހެންކަމުން މުޢިއްޒުގެ ވެރިކަމެއްގައި ރައްޔިތުންގެ ހިޔާލު ހޯދައިގެން ރައްޔިތުން އެދޭ ގޮތަށް މާފުއްޓަށް ބިން އިތުރު ކޮށްދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ. 

މުއިއްޒު ވިދާޅުވީ ތަރައްގީ އަންނަން ޖެހޭނީ ތަރުތީބު ވެގެން ކަމަށެވެ. އެގޮތުން ބިމެއް ހިއްކުމަށް ފަހު ދެން ކުރަން ޖެހޭ އެންމެ އާދައިގެ ކަންތަކުގެ ތެރޭގައި ފެނާއި ކަރަންޓު އަދި ނަރުދަމާ ހިމެނޭ ކަމަށާ އެއީ އަސާސީ ކަންކަން ކަމުގައި ދެކި އެރަށުގައިވެސް އެކަން ކޮށްދެއްވާނެ ކަމަށެވެ. 

މީގެ އިތުރުން މުއިއްޒު ވިދާޅުވީ އަތޮޅު ތެރޭގެ ރަށްތަކަށް ދިއުމުން އެދެނީ ދިވެހި ރުފިޔާ އޭޓީއެމްގެ ހިދުމަތް ލިބޭނެ ގޮތް ހެދުން ކަމަށާ، ނަމަވެސް ޑޮލަރުގެ އެތައް މުއާމަލާތެއް ކޮންމެ ދުވަހަކު މާފުށީގައި ކުރާއިރު، އެކަމަށްޓަކައި އެ ރަށުގެ ގެސްޓް ހައުސް ވިޔަފާރިވެރިން ބޭނުން ވަނީ ޑޮލަރު އޭޓީއެމެއް ކަަމަށެވެ.

މިހާތަނަށް މާލެއިން ބޭރު އެއްވެސް ރަށެއްގައި ޑޮލަރު އޭޓީއެމްއެއް ބެހެއްޓުމުގެ މަޝްވަރާއެއް ވެސް ކުރެވިފައި ނެތެވެ. އެހެންކަމުން މާލެއިން ބޭރުގައި ބެހެއްޓޭ އެންމެ ފުރަތަމަ ޑޮލަރު އޭޓީއެމް ހުންނާނެ ރަށަކީ މާފުށިކަމަށް ހަދައިދޭނެކަމަށް މުއިއްޒު ވައުދުވެވަޑައިގަތެވެ.

ވަރަށް ގިނަ ބޭރު ފައިސާ، ޑޮލަރުގެ މުޢާމަލާތް މާފުށީގައި ހިންގާ. އެހެން ރަށްތަކުން އެދެނީ ދިވެހި ރުފިޔާގެ އޭޓީއެމް އެކަނި ބަހަށްޓަން. އެ ރަށްތަކުގައި ޑޮލަރު ވިޔަފާރި އެހާބޮޑަށް ނުހިނގާތީ. އެހެންނަމަވެސް، ޑޮލަރުގެ ވިޔަފާރި އެންމެ ބޮޑަށް އެއް ފަސްގަނޑެއްގައި ހިނގާ ތަނަކަށް މާފުށި ވާއިރު، ޑޮލަރުގެ ވިޔަފާރީގައި ގެސްޓްހައުސް ހިންގާ ފަރާތްތަކަށް އެންމެ ބޮޑަށް ބޭނުންވާނީ، އޭޓީއެމް އަކީ ޑޮލަރު ނެގޭ އޭޓީއެމް އަކަށް ވުން. މާލެއިން ބޭރުގައި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އަދި ނެތް ޑޮލަރު އޭޓީއެމް އެއް ބެހެއްޓިފައި. އެހެންކަމަށް ވާނަމަ، މާލެއިން ބޭރުގައި ބެހެއްޓޭ އެންމެ ފުރަތަަމަ ޑޮލަރު އޭޓީއެމް ބެހެއްޓޭ ރަށަކަށް މާފުށި އަޅުގަނޑުމެން ހަދައިދޭނަން.

ޑރ. މުއިއްޒު 

މާފުށީގެ ބިން އިތުރު ކުރުމުގެ އިތުރުން ގުރައިދޫ އާއި ގުޅީގެ ބިން ހިއްކުމުގެ މަޝްރޫޢު ވެސް ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދަވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ. 

އަދި ގުރައިދޫގެ ބަނދަރު ތަރައްޤީ ކުރުމާއި، ސުކޫލި އެއްދަންފަޅިއަށް ބަދަލުކޮށް ޒަމާނީ ސުކޫލަކަށްވެސް ހަދައިދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.