ޑރ މުޢިއްޒު ގުރައިދޫގައުި ބޭއްވުނު ޖަލްސާގައި ވާހަކަ ދައްކަވަނީ. ފޮޓޯ: ޕީޕީއެމް
ހަބަރު
20 Aug 2023 | 10:45
މިސަރުކާރުން މިފަސް އަހަރު ދައުލަތުގެ ފައިސާ ވަނީ އިސްރާފް ކޮށްފަ: ޑރ މުޢިއްޒު

މިސަރުކާރުން މިފަސްއަހަރު ވަނީ ދައުލަތުގެ ފައިސާ އިސްރާފްކޮށްފައި ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ މުޢިއްޒު މިހެން ވިދާޅުވީ ރޭ ކ ގުރައިދޫގައި ބޭއްވުނު ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މުޢިއްޒު ވިދާޅުވީ ކެމްޕޭނުގައި މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރަށްރަށުގެ ތަރައްޤީއަށް ކުރައްވާނެ ކަންކަމުގެ ވާހަކަ ދެއްކެވީމަ ހާދަ ގިނަ ވައުދެކޭ ތިވަނީ ބައެއްމީހުން އެބަ ބުނާ ކަމަށެވެ. މުޢިއްޒު ވިދާޅުވީ އަސްލު އެކަންކަމަކީ ރަށްރަށާއި އަޅާ ބަލާއިރު މާގިނަ ކަންކަމެއް ނޫން ކަމަށާއި، އެކަންކަން ގިނަހެން ހީވަނީ ނުކޮށް ގިނަ ދުވަސްވީމައި ކަމަށެވެ.

އަދި އެކަންކަން ކުރެވޭވަރަށް ދައުލަތަށް ފައިސާ ވަންނަކަމަށާއި، އާމްދަނީ ލިބޭ ކަމަށް މުޢިއްޒު ވިދާޅުވިއެވެ. މުޢިއްޒު ވިދާޅުވީ ލިބޭ ފައިސާއިން ނުވާނެ ކަމަށް ހީވަނީ އާމްދަނީ އިން އިސްރާފް ކުރާތީ ކަމަށެވެ.

"މިސަރުކާރު ފަސް އަހަރު ދައުލަތުގެ ފައިސާ  އިސްރާފްކޮށްފައި ވަނީ، އެއަށްވަނީ ޚިޔާނާތްތެރިވެފަ ހަޤީޤަތުގަ، ކޮވިޑް ތެރޭގައި އެދިޔަ ދުވަސްތަކުގައި އެގެއްލުވާލި އެތައް ސަތޭކަ ބިލިއަން ރުފިޔާއަށް ވީގޮތެއް އަދިވެސް ކިޔައިނުދޭ" ޑރ މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ ލިބޭ ފައިސާ ރަނގަޅުގޮތުގައި ހަރަދު ކުރާނަމަ ރަށްރަށުގެ ތަރައްޤީގެ ކަންކަމަކީ މާބޮޑެތި ކަންކަމެއް ނޫން ކަމަށެވެ.

ބޮޑެތި މަޝްރޫޢުތަކުގެ ވާހަކަ ދައްކާފައި ހުންނާނީ އެކަންކަމާއި ގުޅޭ ކުންފުނިތަކުން އިންވެސްޓް ކޮށްގެން ނުވަތަ ލޯނު ނަގައިގެން ކުރަން ހުރި ކަންކަން ކަމަށާއި، ނުކުރެވޭ ވަރުގެ ކަމެއްގެ ވާހަކަ ނުދައްކަވާނެ ކަމަށް ޑރ މުޢިއްޒު ވިދާޅުވިއެވެ. އަދި އެކަން ކުރާނެ ގޮތް ނޭނގިއެއްވެސް އެވާހަކައެއް ނުދައްކަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑރ މުޢިއްޒު ވިދާޅުވީ ރައީސް ޔާމިންގެ އަރިހުން ދަސްކުރެއްވެވީ އެގޮތް ކަމަށާއި، ރައީސް ޔާމީނަކީ ވަޢުދެއް ވެވަޑައިގެންފިނަމަ އެވަޢުދެއް ފުއްދަވާނެ ގޮތް އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އަދި އެކަންކަން ރައްޔިތުނަށް ދެއްކެވި ބޭފުޅެއް ކަމަށެވެ.

ޑރ މުޢިއްޒު ވިދާޅުވީ އޭނާގެ ބަހާއި ޢަމަލާއި ދިމާވާނެ ކަން ޔަޤީން ކުރެއްވުމަށެވެ.

ގުރައިދޫގައި ބޭއްވުނު ކެމްޕޭނު ޖަލްސާގައި އެރަށު ޒުވާނުންތަކެއް ވަނީ ޑރ މުޢިއްޒަށް ތާއީދު ކުރުމަށް ނިންމައި ޕީޕީއެމް އަށް ސޮއިކޮށް ފޯމުތައް ހަވާލުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.