ގުރައިދޫ ޖަލްސާގައި ޔާމީން ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
20 Aug 2023 | 11:44
ބިން ހިއްކުމުގެ ނަމުގައި ސަރުކާރުން ގުރައިދޫގެ މުސްތަގުބަލު ނަގާލައިފި: ޔާމީން

ބިން ހިއްކުމުގެ ނަމުގައި ސަރުކާރުން ގުރައިދޫގެ މުސްތަގުބަލު ނަގާލާފައިވާކަމަށް އެ ރަށު ކައުންސިލްގެ ރައީސް ހުސެއިން ޔާމީން ރަޝީދު ވިދާޅުވެއްޖެ އެވެ. 

ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑީޑޭޓު ޑރ މުޙައްމަދު މުއިއްޒު ގުރައިދޫއަށް ވަޑައިގެން، އެ ރަށުގެ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ޔާމީން ވިދާޅުވީ މި ސަރުކާރުން ފަޚުރުވެރިކަމާއެކު ގުރައިދޫގައި ބިން ހިއްކާ ވާހަކަ ދެއްކި ނަމަވެސް، ސަރުކާރުން އެ މަސައްކަތް ކުރަމުންދަނީ ރައްޔިތުންނާއި ރަށަށް ވަރަށް ބޮޑަށް ގެއްލުންވާގޮތަށް ކަމަށެވެ. އަދި މިހާރު ސަރުކާރުން އެކަން ކުރަމުންދާ ގޮތުގެ ސަބަބުން ރަށުގެ މުސްތަގުބަލަށް ހިޔަނި އެޅިގެންދާނެކަމަށް ޔާމީން ވިދާޅުވި އެވެ. 

ގުރައިދޫ ޖަލްސާގައި ޔާމީން ވާހަކަދައްކަވަނީ

"މާގިނަ ކަންތައްތަކެއް ކޮށްދެވިގެން، ގުރައިދޫގެ ބިން ހިއްކި ވާހަކަ މާ ބާރަށް ދައްކާއިރުގައި، 21 ހެކްޓަރު ހިއްކަން މި އިންނެވި ވަޒީރު (ކުރީގެ ހައުސިން މިނިސްޓަރު ޑރ މުއިއްޒު) ޕްލޭނު ކުރައްވާފައި އޮތް ތަނެއް، އަޅުގަނޑުމެންގެ ރައީސް ޔާމީން ގެނައި މަހާޖައްރާފުން މި ރާއްޖޭގެ ޚާއްސަކޮށް މި ގުރައިދޫގެ މުސްތަުބަލު ހަލާކުކޮށްލީ. ބިން ހިއްކަންށޭ ކިޔާ ބަހައްޓާފައި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއެއް މިހާ ހިންގީ. ރައީސް ޔާމިނުގެ ސަރުކާރުގައި އެމަނިކުފާނާއި ޑރ މުއިއްޒު ހުންނަވައިގެން ގިރާ ސަރަހައްދު ހިމާޔަތްކުރި ރަށްރަށް ވެސް ހުރީ އެއަށް ވުރެ ރަނގަޅަށް އެކަން ކޮށްފަ"

ގުރައިދޫ ކައުންސިލްގެ ރައީސް 

ޔާމިނު ވިދާޅުވީ ގުރައިދޫ އަދި މާފުށީގައި ވެސް ސަރުކާރުން ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ރައްޔިތުން އެދޭ ގޮތަށް ނޫން ކަމަށެވެ. އަދި ރައްޔިތުންނަށް ފައިދާވާ ގޮތަށް ވެސް ނޫން ކަމަށެވެ. 

އެހެން ކަމުން އެކަން ބަދަލުކޮށްދެއްވާ، ރައްޔިތުންނަށް ގެއްލުން ނުވާގޮތަށް އެ މަސައްކަތް ކޮށްެއްވުމަށް ޑރ މުއިއްޒުގެ އަރިހުން އެދިވަޑައިގަންނަވާކަމަށް ޔާމީން ވިދާޅުވި އެވެ. 

ޔާމީން އިތުރަށް ވިދާޅުވީ، ޑރ މުއިއްޒުގެ ވެރިކަމެއްގައި، އެމަނިކުފާނު ވެލައްވާ ވައުދުތައް ފުއްދަވާދެއްވާނެ ކަމުގެ ޔަގީންކަން އޮތްކަމަށެވެ. އެގޮތުން އެމަނިކުފާނަކީ ރައީސް ޔާމީންގެ ފިކުރުގެ ބޭފުޅެއް ކަމަށާއި، އެމަނިކުފާނުގެ ސިޔާސަތުތައް ހިއްޕަވައިގެން ހުންނެވި ބޭފުޅަކަށް ވުމުން، ވައުދުފުއްދާނެކަމުގެ އިތުބާރާއި ޔަގީންކަން އޮތްކަމަށް ޔާމީން ވިދާޅުވި އެވެ. އެއީ ރައީސް ޔާމިނަކީ ވެސް ރައްޔިތުންނަށް ވައުދެއް ވެއްޖެ ނަމަ އެކަން ފުއްދަވާ ދެއްވާ ބޭފުޅެއްކަމަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. 

އޭގެ އިތުރުން ޔާމީން ވިދާޅުވީ އެއްބުރުން ޑރ މުއިއްޒަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ޒުވާނުން ތިބީ ތައްޔާރަށް ކަމަށެވެ. ގައުމާއި މެދުގައި ވިސްނާ ޒުވާނުން ތިބީ ހާލަތު ބަދަލުކުރުމަށް ތައްޔާރަށް ކަމަށާއި، އެކަން ރިޔާސީ އިންތިޚާބުގެ ނަތީޖާއިން ދައްކައިދޭނެކަމުގެ ޔަގީންކަން ދެއްވާކަމަށް ޔާމީން ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.