އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާރިޔާ--ފޮޓޯ/ދެން
ހަބަރު
20 Aug 2023 | 13:46
އިންތިހާބު ނިމޭ އިރު ޕީޕީއެމްގެ ނަން ފޮހެވިގެންދާނެ: މާރިޔާ

މި އަހަރުގެ ރިޔާސީ އިންތިހާބު ނިމޭ އިރު އިދިކޮޅު ޕީޕީއެމްގެ ނަން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުން ފޮހެވިގެންދާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ކެމްޕެއިން ހަރަކާތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ، ވެރިކަން ލިބިވަޑައިގެންފިނަމަ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލުން މިނިވަން ކުރައްވާނެ ކަމަށް އިދިކޮޅުު ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވަމުންދިޔަ ނަމަވެސް، އެމަނިކުފާނު އެކަން ނުކުރައްވާނެކަމަށެވެ. އަދި އެކަން ކުރެވޭނެ ގާނޫނީ ހަމައެއްވެސް ނެތްކަމަށް ކަމަށް މާރިޔާ ވިދާޅުވި އެވެ. 

މިއާއެކު މާރިޔާ ވިދާޅުވީ، ޕީޕީއެމުން މުއިއްޒުގެ ސަރުކާރެއްގައި، ނުވަތަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބައިވެރިވުމުގެ ވިސްނުމެއް ގެންގުޅުއްވި ނަމަ އޭނާ އެ ޕާޓީގެ ނައިބު ރައީސްއެއްގެ މަގާމުގައި މުޢިއްޒު ހުންނެވިއިރު، އެކަން ކުރެވުނީސްކަމަށެވެ.

އެހެންނަމަވެސް ރައީސް ޔާމީން ނިންމެވީ ޕީއެންސީއިން ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށްކަމަށާއި އަދި އިންތިހާބުގައި އެންމެ ގިނައިން މަންދޫބުންވެސް ނަގާފައިވަނީ ޕީއެންސީއިންކަމަށް ނޫސްތަކުގެ ހެޑްލައިންތަކުންވެސް ފާހަގަކުރެއްވިފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.

ދަަންނަވަން މިއުޅެނީ، ޕީޕީއެމްގެ ކުލަވެސް ކަރުދާސްކޮޅުގައި ނެތޭ. އެ އިންތިހާބު ނިމިގެންދާއިރު، ޕީޕީއެމް، މި ރާއްޖޭގެ މި ކަރުދާސްކޮޅުން ފޮހެލިހެން، ފޮހެވިގެންދާނޭ. 

މާރިޔާ އަހުމަދު ދީދީ 

ރިޔާސީ އިންތިޚާބަށް ޕީއެންސީން ޑރ. މުޢިއްޒު ނެރެން އިދިކޮޅުން ނިންމީ ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެވޭ ހާލަތެއްގައި ބެކްއަޕް ކެންޑިޑޭޓެއްގެ ގޮތުގައެވެ. އެއަށްފަހު، އެމަނިކުފާނަށް އިންތިޚާބުގައި ވާދަނުކުރެވޭނެކަން އިލެކްޝަންސް ކޮމިޝަނުން ނިންމައި އެ ނިންމުމަށް ސްޕްރީމް ކޯޓުން ތާއީދު ކުރުމުން، މުޢިއްޒުގެ ކެންޑިޑެސީ ފޯމު ހުށަހަޅައި އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި މުޢިއްޒު ނެރުނީއެވެ. 

ކޮމެންޓް
އަމާ
ކަލެޭގެ ގަންގިޔަލޭކިޔާ. ފޮހެވިގެން ދާ ޕާޓީ ފެންނާނެ . މޯކުޅި އެމްޑީޕީ
20 Aug 2023
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.