ޑރ މުހައްމަދު މުއިއްޒު މެނިފެސްޓޯ ހުށަހަޅަނީ
ހަބަރު
20 Aug 2023 | 21:43
ބިންވެރިޔާއިން ގޯތި ލިބުނު ފަރާތްތަކަށް ގެދޮރުއެޅޭނެ ސްކީމެއް މުއިއްޒުގެ ވެރިކަމުގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ހިންގަވާ ބިންވެރިޔާ މަޝްރޫއިން ގޯތި ލިބޭނެކަމަށް އެންގި ފަރާތްތަކަށް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި އެފަރާތްތަކުން އެދޭނަމަ ގެދޮރު އަޅައިދީ ނިންމައި ހަވާލުކުރާ ސްކީމެއް ތައާރަފްކޮށްދޭނެ ކަމުގައި އިއުލާނުކޮށްފިއެވެ. 

މިރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށްދާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ މެނިފެސްޓޯ އިއުލާންކުރުމުގެ ޖަލްސާގައި އިއުލާންކޮށްފައިވާ ގެދޮރުވެރިކަމާއި އަރބަނައިޒޭޝަންގެ ދަށުން އިއުލާނުކޮށްފައިވާ މެނިފެސްޓޯގައި ބުނެފައިވަނީ، ބިންވެރިޔާ ޕްރޮގްރާމްގެ ތެރެއިން ގޯތި ލިބޭނެކަމަށް ބުނެފައިވާ ފަރާތްތަކުގެ ތެރެއިން އެކަމަށް އެދޭ ފަރާތްތަކަށް ސަރުކާރުގެ ހާއްސަ ސްކީމެއްގެ ދަށުން ލިބިފައިވާ ގޯތީގައި ގެދޮރު އިމާރާތްކޮށް ލިބިފައިވާ ގޯތީގައި ނިމިފައިވާ ގެޔަކާއެކު ހަވާލުކުރެވޭނެ މަގު ތަނަވަސްކޮށްދެއްވާނެ ކަމަށެވެ. 

މީގެ އިތުރުން އެ މެނިފެސްޓޯގައި ބުނެފައިވަނީ ގޯތި ލިބުނު ފަރާތްތަކަށް ލިބުނު ގޯއްޗަކީ ހުސް ބިމެއްގައި ނުވަތަ ނުހިއްކައި އޮތް ތަނެއްގައި އޮތް އޮތުން ބަދަލުކޮށް ގޯތި ލިބުނު ރައްޔިތުންނަށް ގެދޮރުވެރިކަމުގެ ހަގީގީ އުފާ ކަށަވަރުކޮށްދޭނެ ކަމަށެވެ.

ހަމައެއާއެކު އަމިއްލަ ފަރުދުން ގެދޮރު އިމާރާތް ކުރަން ފަށައި، އެކި ސަބަބުތަކާއި ހުރެ ކުރިއަށް ނުގެންދެވި ހުއްޓިފައިވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ލުއި ބޭންކް ލޯން ސްކީމެއް ތައާރަފް ކުރާނެކަމުގައިވެސް އެ މެނިފެސްޓޯގައިވެއެވެ.

އަދި މީގެ އިތުރުންވެސް ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ގޯތި ލިބޭ އެންމެހައި ފަރާތްތަކަށްވެސް މި ސްކީމުގެ ދަށުން ގޯތި ހަދައިދެވޭނެކަމަށް ބުނެފައިވެއެވެ. 

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ބިންވެރިޔާ ޕްރޮގްރާމްގެ ތެރެއިން ގުޅީފަޅުންނާއީ ފުށިދިއްގަރު ފަޅުން ގޯތި ދޫކުރަމުން ދާއިރު މި ތަންތަނަކީ އަދި ނުވެސް ހިއްކާ ފަޅުތަކަކަށް ވުމުން އެކަމުގެ ފާޑުކިޔުން ވަރަށް ބޮޑަށް ރައީސް ޞާލިޙްގެ ސަރުކާރަށް އަންނަނީ ރައްދުވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.