ޑރ މުހައްމަދު މުއިއްޒު
ހަބަރު
20 Aug 2023 | 22:01
ހިޔާ ލިޔުންލިބި ފްލެޓް ނުދޭ ހުރިހާ ފަރާތްތަކަށް މުއިއްޒުގެ ސަރުކާރެއްގައި ފްލެޓް ދެނީ

ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި ހިންގި ހިޔާ މަޝްރޫއިން ފްލެޓް ލިބޭނެކަމަށް 2018 ގައި އާންމުކުރި ލިސްޓުގައި ނަން ހިމެނުނު ފަރާތްތަކުގެ ތެރެއިން މިހާރުގެ ސަރުކާރުން އެ ލިސްޓުން ނަން އުނިކުރި އެންމެހައި ފަރާތްތަކަށްވެސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ހިންގާ ސޯޝަލް ހައުސިން ޔުނިޓްތަކުން ފްލެޓް ދޭނެކަމުގައި މިރޭ އިއުލާންކުރަމުންދާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ މެނިފެސްޓޯގައި ބުނެފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޮތް މި ޖަލްސާގައި އިއުލާންކޮށްފައިވާ ގެދޮރުވެރިކަމާއި އަރބަނައިޒޭޝަންގެ ދަށުން އިއުލާނުކޮށްފައިވާ މެނިފެސްޓޯގައި ބުނެފައިވަނީ، ރައީސް ޞާލިހުގެ ސަރުކާރުން ފްލެޓުން މަހުރޫމު ކުރި އެންމެހައި ފަރާތްތަކަށްވެސް މުއިއްޒުގެ ސަރުކާރެއްގައި ފްލެޓް ދެވިގެންދާނެ ކަމުގައެވެ.

މީގެ އިތުރުން މި މެނިފެސްޓޯގައި ބުނެފައިވަނީ ގެދޮރުވެރިކަމަކީ، ޤާނޫނު އަސާސީން ލިބިދޭ ހައްގެއްކަން ފުރިހަމައަށް ބަލައިގަނެ އެކަން ކަށަވަރުކުރަން ގާނޫނުތައް އެކުލަވާލައި ސިޔާސަތުތައް ރާވައި ތަންފީޒުކުރާނެކަމުގައެވެ.

އަދި މީގެ އިތުރުންވެސް މާލޭގައި ހުރި އެދެވޭގޮތުގައި ބޭނުން ނުކުރާ ބިންތައް ހުސްކޮށް 2000 ހައުސިންގް ޔުނިޓް ގާއިމްކޮށް ފްލެޓަށް އެދޭ މާލޭގެ ރައްޔިތުންނަށް ފޯރުކޮށްދޭނެކަމުގައި އެ މެނިފެސްޓޯގައި ވަނީ ބުނެފައެވެ.

އަލަށް ފެށޭ ސޯޝަލް ހައުސިން ސްކީމްތަކުގައި ޒުވާން އާއިލާތަކަށް ހާއްސަކުރެވިގެން ދެ ކޮޓަރީގެ 3000 އެޕާޓްމެންޓް ގާއިމްކުރުމުގެ އިތުރުން، އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް ދެ ކޮޓަރީގެ 1000 އެޕާޓްމެންޓް ހިމެނުމާއީ، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން ދެ ކޮޓަރީގެ 500 އެޕާޓްމެންޓް ގާއިމްކުރާނެކަމަށް މިރޭ އިއުލާންކުރި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ މިރޭ އިއުލާނުކުރަން ފަށައިފައިވާއިރު މި މެނިފެސްޓޯގެ ދަށުން ބޯހިޔާވަހިކަަމާ ގުޅުންހުރި ގިނަ ވައުދުތަކެއް ވެ ވަޑައިގަންނަވަމުން އަންނަކަން ފާހަގަކޮށްވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.