ޑރ މުއިއްޒު މެނިފެސްޓޯ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
21 Aug 2023 | 11:23
އިން ފަހަނައަޅާ ނުދާހާ ހިނދަކު ހުރިހާ ޤައުމަކާއި ގާތް ގުޅުން ބާއްވާނަން: ޑރ މުއިއްޒު

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ތަންފީޒު ކުރާނީ މިނިވަން އަދި ހުރިހާ ޤައުމުތަކެއްގެ މެދުގައި ހަމަހަމަކަން ޤާއިމްކުރާނެ ޚާރިޖީ ސިޔާސަތެއް ކަމަށާއި، އެ ސިޔާސަތުގައި ކަނޑައަޅާފައިވާ އިންތައް ފަހަނައަޅާ ނުދާހާ ހިނދަކު ހުރިހާ ގައުމުތަކާއި ގާތް ގުޅުމެއް ބާއްވާނެކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ މި ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މެނިފެސްޓޯ "ދިވެހީންގެ ރާއްޖެ" އިފްތިތާހުކޮށް، އެ މެނިފެސްޓޯގެ ދަށުން ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ކުރައްވާނެ ކަންކަން އިއުލާނުކުރުމަށް އާދިއްތަ ދުވަހުގެ ރޭ ހުޅުމާލޭ ފޭސް 2 ގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ.

ޑރ މުއިއްޒުގެ ވާހަކައިގައި ވަނީ ރިޔާސީ އިންތިޚާބުގެ ސްލޯގަންއެއްގެ ގޮތުގައި "ދިވެހީންގެ ރާއްޖެ" އިޚްތިޔާރު ކުރެއްވި ސަބަބަށް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ޚާރިޖީ ސިޔާސަތު އޮތީ އަވައްޓެރި އެއް ޤައުމަކަށް ބުރަވެ، އެ ގައުމުން ބުނާހާ ގޮތަކަށް ކަންކަން ހުރާ ސިޔާސަތަކަށް ބަދަލުވެފައި ކަމަށެވެ. ސީދާ އެ ޤައުމުގެ ނަން ވިދާޅުނުވި ނަމަވެސް ޑރ މުއިއްޒުގެ ވާހަކަފުޅުގައި އަވައްޓެރި ޤައުމުކަމަށް އެ ނިސްބަތްކުރެއްވީ އިންޑިއާ އަށެވެ. 

އެމަނިކުފާނު ވިދާޅުވީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި އެކަން ބަދަލުކުރައްވާނެ ކަމަށެވެ. ހުރިހާ ޤައުމަކާއި އެކުވެސް ގާތް ގުޅުމެއް ބާއްވާނެ ކަމަށާއި، އެއާ އެކުވެސް އެއްވެސް ޤައުމަކަށް ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލާއި ކުޅޭނެ ފުރުސަތު ނުދެއްވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ޚާރިޖީ ސިޔާސަތުތައް ކަނޑައަޅާނީ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެ އުސޫލުތަކުގެ ތެރެއިން ކަމަށާއި، އެ އުސޫލުތަކާއި ޚިލާފު ނުވާހާ ހިނދަކު، އަދި ދޭދޭ ޤައުމުތަކުން އިން ފަހަނައަޅާ ނުދާހާ ހިނދަކު، ޚާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގައި ބޮޑު ޤައުމެއް ކުޑަ ޤައުމެއް ތަފާތުކުރުމެއް ނެތި ހަމަހަމަ ކަމާއެކު ގުޅުންތައް ދަމަހައްޓާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތީ ބާރު ފަހަނައަޅާ ދާނެ ފުރުސަތެއް ނުދޭނަން. އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެންނަށް ދެމެހެއްޓެން ޖެހޭނެ، އަޅުގަނޑުމެންގެ ސިޔާދަތު އަޅުގަނޑުމެންނަށް ހިފެހެއްޓެން ޖެހޭނެ. އެގޮތަށް ކަންކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަކީ އަޅުގަނޑުމެންނާއި އެންމެ ގާތް ފަރާތްތަކަށް ވާނެ. ކުޑަ ގައުމެއް ބޮޑު ގައުމެއް، ކައިރި ގައުމެއް ދުރު ގައުމެއް ވެގެން އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގައި މި ދެންނެވި އިން ފަހަނައަޅާ ނުދަންޏާ ވާނީ ހަމަހަމަ ގައުމުތަކުގެ ގޮތުގައި"

ޑރ މުޙައްމަދު މުއިއްޒު 

އެކަންކަން ފާހަގަކުރައްވާ ޑރ މުއިއްޒު ވިދާޅުވީ ތަރައްގީގެ ކަންކަމަށްވުރެ ވެސް އެންމެ މުހިންމީ ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރި ކުރުން ކަމަށެވެ. 

މި ޤައުމު އަދުގެ ޖީލުތަކާއި ހަމަޔަށް ފޯރުކޯށްދީފައިވަނީ ކާބަފައިން މަތިވެރި ގުރުބާނީއެއް ވެގެން ކުރި ބުރަ މަސައްކަތުން ކަމަށާއި، އެއީ ބޭކާރުކަމަކަށް ހަދައި ގައުމުގެ މިނިވަންކަން ދޫކޮށްލައިގެން ނުވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. އަދި ސެޕްޓެމްބަރު 9 ގައި ވޯޓުލާއިރު، އެންމެ ބޮޑަށް ވިސްނަންވީ އެ ކަންކަމާއި ދޭތެރޭގައި ކަމަށާއި، އެ ވިސްނުން ހުރިހާ ދިވެހީން ވެސް އިސްކުރުމަށް ޑރ މުއިއްޒު ވަނީ އިލްތިމާސްކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.