މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު--
ހަބަރު
21 Aug 2023 | 11:17
"ރަށްރަށުންވެސް، މަޖިލިސް ތެރެއިން ވެސް އެމްޑީޕީ މެންބަރުން ތިޔަ ދައްކަވަނީ ވަރަށް ހުތުރު މަންޒަރެއް"

ރިޔާސީ ކެންޕެއިންގެ ތެރެއިން ރާއްޖޭގެ ރަށްރަށުގައިވެސް، އަދި މަޖިލީހުގެ ތަޅުމުގައި ވެސް އެމްޑީޕީ މެންބަރުން ދައްކަވަމުންދަނީ ވަރަށް ހުތުރު މަންޒަރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީސް ޗުއްޓީގައި އޮތުމަށްފަހު، މިއަދު ބޭއްވުނު ފުރަތަމަ ޖަލްސާ ފަށައި އިރުކޮޅެއް ނުވަނީސް އެމްޑީޕީގެ ބައެއް މެންބަރުން އަޑު ގަދަ ކޮށް މަޖިލިސް ކުރިއަށް ގެންދިޔުމަށް ދަތިވާން ފެށުމުން، ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީއާއި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުاللهގެ ނަން ވަނީ އިއްވާފައެވެ.

ނަމަވެސް އެ މެމްބަރުން ނުކުމެވަޑައި ނުގެންނެވުމުން މެމްބަރުން ނެރެން މަޖިލީހުގެ ސެކިއުރިޓީ އޮފިޝަލުންނަށް ވެސް ރައީށް ނަޝީދު އެންގެވި އެވެ.

ތަޅުން ދޫކުރައްވައި ވަޑައިނުގެންނެވި މެމްބަރުންނާއި މުހާތަބު ކުރައްވައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މަޖިލީހުގެ ރައީސްގެ އެންގުން ތަކަށް ޖަދަލު ނުކުރެއްވޭނެ ކަމަށެވެ.

“މި މަޖިލިިސް ހިނގާނީ މި މަޖިލީހުގެ ގަވައިދާ އެއްގޮތަށް. މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ މި މަޖިލީހުގެ ރައީސް. އެކަން މި މަޖިލީހުގެ ރައީސް، ގާނޫނުގައިވާ ގޮތުގެ މަތިން އަބަދުވެސް ކުރަމުން ގެންދާނެ. މެމްބަރުން ރަށްރަށަށް ވަޑައިގެން އުޅުއްވާ ގޮތައް މަޖިލީހުގެ ތަޅުމުގައި ނޫޅުއްވާ. މަޖިލީހުގެ ތަޅުމުގައި ޕެޕާރ ސްޕްރޭއެއް ނުޖެހޭނެ. މުގުރެއް ނުވެއްދޭނެ” 

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 

އެއަށްފަހު އެމްޑީޕީ މެންބަރުން ގޮނޑި ކޮޅުން ތެދުވެ، އަޑު ގަދަ ކުރައްވަން ފެއްޓެވުމުން ނަޝީދު ވަނީ ގޮނޑީގައި އިށީނދެ ވަޑައިގެންނެވުމަށް އަންގަވާފައެވެ. ނަމަވެސް އެމަނިކުފާނުގެ އަމުރަށް ކިޔަމަންނުވެ މެންބަރުން އަޑު ގަދަ ކުރައްވަން ފެއްޓެވުމުން ނަޝީދު ވަނީ މަޖިލީހުގެ ގަވާއިދާއި ރާއްޖޭގެ ގާނޫނު އަސާސީއަށް މެންބަރުން ކިޔަަމަންވާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭގައި ވާގޮތުން، މަޖިލީހުގެ ރައީސްގެ އެންގެވުމަށް މެންބަރުން ކިޔަަމަންވާން ޖެހޭނެ ކަމަށް ވެސް ނަޝީދު ހަނދާންކޮށްދެއްވި އެވެ. 

އެއަށްފަހުވެސް ކެޔޮދޫ ދާއިރާގެ މެންބަރު ހުސެއިން ގާސިމް ގޮނޑިކޮޅުން ތެދުވެ މަޖިލީހުގެ ތަޅުމުން ނުކުންނަވަން މަސައްކަތް ކުރެއްވުމުން ނަޝީދުވަނީ ތަކުރާރުކޮށް ގޮނޑީގައި އިށީންނެވުމަށް މެންބަރުގެ އަރިހުން އެދި ލައްވާފައެވެ. އަދި "ކެޔޮދޫ ދާއިރާގެ މެންބަރަށް ހޯލު ދޫކުރައްވައި ނުދެވޭނެ" ކަމަށް ނަޝީދު ވިދާޅުވުމުން އެމްޑީޕީ މެންބަރުން ވަނީ ހަޅޭލަވައި މަޖިލީހުގައި އިތުރަށް އަޑުގަދަ ކުރަން ފަށްޓަވާފައެވެ. 

އެއާއެކު ނަޝީދު ވަނީ އެމްޑީޕީ މެންބަރުންގެ ފަރާތުން ފެންނަމުން ދަނީ ވަރަށް ހިތާމަވެރި އަދި ހުތުރު މަންޒަރެއް ކަމަށް ވިދާޅުވެފައެވެ. 

މިހާރު އަޅުގަނޑުމެންނަށް މިފެންނަނީ ވަރަށް ހިތާމަވެރި މަންޒަރެއް. އިއްޒަތްތެރި މެންބަރުގެ ސިޔާސީ ޕާޓީ (އެމްޑީޕީ) އިން ރާއްޖޭގެ ރަށްރަށަށް ވަޑައިގެންނެވީމާވެސް، ހަމަނުޖެހުން އުފެދުމާއި، ހަޅުތާޅު ހިންގުމާއި، މާރާމާރީ ހިންގުން އެބަ އާއްމު ވޭ. މި މަޖިލީހުގައިވެސް ތި އިއްޒަތްތެރި މެންބަރުން (އެމްޑީޕީ މެންބަރުން) ތި ދައްކަވަނީ އެ މަންޒަރު. މިރާއްޖޭގެ ރައްޔިތުން ދެކެން ބޭނުންވާ މަންޒަރެއް ނޫން. ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު  އަޅުގަނޑުމެންގެ ގާނޫނު އަސާސީން ލިބިދީފައިވާއިރު، އެ ފުރުސަތު ދޫކޮށްލައްވައި، ރަށްރަށުގައިވެސް ތިޔަ ބޭފުޅުން ތި ދައްކަވަނީ ވަރަށް ހުތުރު މަންޒަރެއް. މި މަޖިލީހުގައިވެސް ތި ދައްކަވަނީ ހަމަ އެ މަންޒަރު. 

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 

އެއާއެކު ނަޝީދު ވަނީ، ގާނޫނުގައިވާ ގޮތުގެމަތީން، މަޑުމައިތިރި ކަމާއި އެކުގައި ކަންކަން ކުރެއްވުމަށް އެމްޑީޕީ މެންބަރުންގެ އަރިހުން އެދިލައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.