ނަޝީދު ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން--ފޮޓޯ/ ވޮއިސް
ހަބަރު
21 Aug 2023 | 12:01
ރައީސް ނަޝީދު ހިމެނޭހެން ޑިމޮކްރެޓްސްއާ ގުޅުނުކަން މަޖިލީހަށް ނާންގާ 11 މެންބަރުން!

ދަ ޑިމޮކްރެޓްސް ޕާޓީއާއި ގުޅުނު 14 މެމްބަރުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހަށް އެކަން އަންގަވާފައި ވަނީ ތިން މެމްބަރަކުކަމަށާއި ޕާޓީ ބަދަލްވިކަން މަޖިލީހަށް ނާންގާ 11 މެންބަރަކު ތިއްބެވިކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ. 

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަަމަ ޖަލްސާގެ އެޖެންޑާގައި އޮތީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމެވެ. 

އެގޮތުން، މަޖިލިސް ފަށްޓަވަމުން ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަން އަންގަވައި، މީގެ ކުރީން އެމްޑީޕީން ކެނޑުމުގެ ސަބަބުން މިނިވަން މެންބަރުންގެ ގޮތުގައި ތިއްބެވި ބައެއް މެންބަރުން ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވާފައިވާ ކަން ފާހަގަކުރައްވައި އެ މެންބަރުން މަޖިލީހުގައި ދަ ޑިމޮކްރެޓްސް ތަމްސީލު ކުރާކަން އަންގާފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޑިމޮކްރެޓްސް އާއި ގުޅިވަޑައިގެންފައިވާ ކަމަށް މަޖިލީހަށް އަންގަވާފައިވަނީ ތިން މެންބަރުން ކަމަށް ނަޝީދު ވިދާޅުވި އެވެ. 

އެ މެންބަރުންނަކީ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އާއި، މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާންގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

“އެ މެމްބަރުން ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެން އެ ޕާޓީގެ ނަމުގައި މަޖިލީހުގައި ތަމްސީލު ކުރެއްވުމަށް ވަނީ އެދިވަޑައިގެންފަ. އަދި މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ލިޔުންތައް ވަނީ މަޖިލީހަށް ލިބިފަ،” 

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 

ނަޝީދު މިފަދައިން ވިދާޅުވެފައި ވާއިރު، ޑިމޮކްރެޓްސް އާ ގުޅުނު ކަން ނާންގާ މެންބަރުންގެ ތެރޭގައި އެމަނިކުފާނު ވެސް ހިމެނިވަޑައިގަންނަވައެވެ. 

ޑިމޮކްރެޓްސްއާއި ގުޅި މަޖިލީހަށް ނާންގާ މެމްބަރުން

1) މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

2) މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله

3) އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު

4) ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ސިޔާން

5) ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން ލަތީފު

6) ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު

7) ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު

8) ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު

9) މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު

10) މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު

11) ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.