ޑރ މުއިއްޒު ފޭދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން/ ފޮޓޯ: ޕީޕީއެމް
ހަބަރު
21 Aug 2023 | 21:18
އަޅުގަނޑުމެންގެ ސަރުކާރުން ރައްޔިތުން އެދޭ ނަތީޖާ ނެރެދޭނެ: ޑރ މުއިއްޒު

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަރުކާރު ވެގެންދާނީ ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދޭނެ ފަދަ ސަރުކާރަކަށް ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ އައްޑޫ ސިޓީއަށް އެމަނިކުފާނު ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި އައްޑޫ ސިޓީ ފޭދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި މުޚާބަތުކޮށް ވާހަކަދައްކަވަމުން ނެވެ. 

އެގޮތުން ޑރ މުއިއްޒު ވިދާޅުވީ ފޭދޫގެ ތަރައްގީއަށް ކުރަންހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމާއި، މަގުތަށް ހެދުމާއި، ސުކޫލުގެ ޖާގަ ބޮޑުކުރުމުގެ އިތުރުން ފޭދޫގައި ފަތުރުވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް ކުރަންޖެހޭ އިޤްތިޞާދީ މަސައްކަތްތައް ހުރިކަން ޑރ މުއިއްޒުގެ ވާހަކައި ފާހަގަކުރެއްވި އެވެ. 

އަދި ފޭދޫގެ ރައްޔިތުން އެންމެ ބޮޑަށް އުންމީދުކުރަމުންދަނީ ބްރިޖުގެ މަސައްކަތް ކަމަށާއި، އެ ހުރިހާ ކަމެއް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަކީ މީގެ ކުރިން ވެސް ނަތީޖާ ނެރެދީފައިވާ ބައެއް ކަމަށެވެ. ރައީސް ޔާމިނުގެ ވެރިކަމުގެ 5 އަހަރަށް ބަލާލުމުން، އެ ޕާޓީން ރައްޔިތުންނަށް ވާ ވާއުދުތައް ފުއްދާދޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ލިބިގެންދާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެއާއެކު އެމަނިކުފާނު ވިދާޅުވީ، ދެން އުފެދޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއް ވެސް ވެގެންދާނީ، ހަމަ އެފަދައިން ރައްޔިތުންނަށް ނަތީޖާ ނެރެދޭގެ ސަރުކާރަކަށް ކަމަށެވެ. 

މުއިއްޒު ފޭދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް 

"އަޅުގަނޑުމެން މަސައްކަތް ކުރާނީ ފަންނީ މައުލޫމާތު އެނގި ތިބެގެން ރައްޔިތުންނަށް އެންމެ ލާބަޔާއި މަންފާ ކުރާނެ ގޮތަށް. ބްލަފް ނުކުރާނަން. އަޅުގަނޑުމެން ކުރާނީ ސީރިއެސް މަސައްކަތް. ނަތީޖާ ނެރެން އަޅުގަނޑުމެން މަސައްކަތް ކުރާނީ. ރައްޔިތުން ބޭނުންވަނީ ނަތީޖާ ނޫން ތޯ؟ ރިޒާލްޓް އޮރިއެންޓެޑް ސަރުކާރެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހިންގާނީ، ނަތީޖާ ނެރެދޭން، ރައީސް ޔާމިނުގެ ބާރު ސްޕީޑުގައި އެ ބޮޑެތި ބަދަލުތައް ބޭނުންވެފަ ރައްޔިތުން މި ތިބީ، އެހެންވީމާ އެގޮތަށް އަޅުގަނޑުމެން ކުރިއަށް ދާނީ"

ޑރ މުހައްމަދު މުއިއްޒު 

ޑރ މުއިއްޒު އައްޑޫއަށް ވަޑައިގަތުމުން އެ ސިޓީއިން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. 

އައްޑޫ ސިޓީއަކީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އަތޮޅެއްގެ ގޮތުގައި ޒަމާނުއްސުރެ ފާހަގަކުރެވިފައިވާ އަތޮޅެކެވެ.

އެހެން ނަމަވެސް ޑރ މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގަތުމާއެކު ރައްޔިތުން ކީ ހޫނު މަރުހަބާއިން، އަދި އެމަނިކުފާނުގެ އިސްތިގުބާލަށް ހިތަދޫ ޒީނަތްތެރިކޮށްފައި އޮތް ގޮތަށް ބަލާއިރު، އައްޑޫ ސިޓީގެ ސިޔާސީ ޗާޓު ބަދަލުވަމުން އަންނަ މަންޒަރު ފެންނަމުންދާކަމަށް ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ގެންދަވަނީ ވިދާޅުވަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.