ޑރ މުއިއްޒު ހިތަދޫ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
21 Aug 2023 | 23:45
އައްޑޫ ސިޓީގައި 6000 ޓޫއަރިސްޓު އެނދު ތަރައްގީކުރާނަން: ޑރ މުއިއްޒު

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް 6000 ޓުއަރިސްޓު އެނދު ތަރައްގީކުރާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ޑރ މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީގައި ޓުއަރިޒަމް ފުޅާކުރުމަކީ، ދެކުނުގެ ރައްޔިތުންނަށް ބޭނުންވާ ވަޒީފާ އުފެއްދުމަށް މުހިންމު ކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. 

މި ސަރުކާރުން ވެސް އައްޑޫ ސިޓީގައި 8000 ޓުއަރިސްޓު އެނދު އަޅާނެކަމަށް ވައުދުވެފައި ވީ ނަމަވެސް އެ މަސައްކަތްތައް އެގޮތަށް ކުރިއަށް ނުދާކަން އައްޑޫ ސިޓީގެ ކަންކަމާއި ގުޅޭގޮތުން ވާހަކަދެއްކެވި ޒުވާން ބޭފުޅެއްގެ ވާހަކައަށް ވެސް އިޝާރާތް ކުރައްވާ ޑރ މުއިއްޒު ވިދާޅުވީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި އައްޑޫ ސިޓީގައި ޓުއަރިޒަމް ފުޅާކުރުމަށް ރައްޔިތުން ބޭނުންވާ "އައްސޭރި ޓުއަރިޒަމް ކޮންސެޕްޓު" ހަޤީގަތަކަށް ހައްދަވާދެއްވާނެ ކަމަށެވެ. 

އެ މަސައްކަތުގެ ތެރެއިން އައްޑޫ ސިޓީގައި 6000 ޓުއަރިސްޓު އެނދު ތަރައްގީ ކުރައްވާނެ ކަމަށާއި، އެއާއެކު އައްޑޫ ސިޓީގައި މަދުވެގެން 10000 ވަޒީފާ ހަމައެކަނި ޓުއަރިޒަމް ސިނާއަތުގެ ތެރެއިން އުފެދިގެންދާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ޑރ މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީގައި ޓުއަރިޒަމް ފުޅާކުރެވި 6000 އެނދު ތަރައްގީ ކުރެވިއްޖެކަމަށް ވާނަމަ، މާލޭގައި އޮންނަ ފަދަ ސީޕްލޭން ހަބެއް އައްޑޫ ސިޓީގައި ވެސް އުފެދިގެންދާނެ ކަމަށެވެ. އަދި އޭގެ ފައިދާ މުޅި ދެކުނުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އައްޑޫ ސިޓީގެ ރައްޔިތުންނަކީ ތަރައްގީއަށް ފެންބޮވައިގެންފައިވާ ބައެއް ކަމަށާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަސައްކަތް ކުރާނީ ތަރައްގީގެ ކުލަވަރު ހަގީގަތަކަށް ހަދައިދީ ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައި ދިނުމަށް ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.