ޑރ މުއިއްޒު މަރަދޫ ޖަގަހައިގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
22 Aug 2023 | 15:24
އައްޑޫގައި ރިޔާސީ ކެމްޕޭނު ވަރުގަދަކޮށްދިނުމަށް ޑރ މުއިއްޒު އެދިވަޑައިގެންފި!

ރިޔާސީ އިންތިޚާބަށް ބާކީ މިއޮތް މަދު ދުވަސްކޮޅުގައި އައްޑޫ ސިޓީގައި ރިޔާސީ ކެމްޕޭނުގެ ހަރަކާތްތައް ވަރުގަދަކޮށް ގެސްގޮދެއްވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ. 

ޑރ މުއިއްޒު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ ފޭދޫ އާއި މަރަދޫ ފޭދޫގައި ބައެއް ޖަގަހަތައް ހުޅުވާދެއްވާ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް ބާކީ މި އޮތް މަދު ދުވަސްކޮޅުގައި ކެމްޕޭނު ހަރަކާތްތައް މިހާރަށް ވުރެ ފުޅާކޮށް ވަރުގަދަކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

އައްޑޫ ސިޓީއަކީ ރާއްޖޭގައި އެންމެ އާބާދީ ބޮޑު އެއް އަތޮޅަށް ވެފައި، މި އަތޮޅުގެ މެޖޯރިޓީ ލިބިގެން ދިއުމަކީ ލިބިގެންދާނެ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ޑރ މުއިއްޒު ސިފަކުރެއްވި އެވެ. 

ޑރ މުއިއްޒު ވިދާޅުވީ އައްޑޫ ރައްޔިތުންނަށް ވީ ވައުދުތައް މަތިން ވެރިކަމަށް އާދެވިއްޖެ ނަމަ ހަނދާން ނައްތާލާނެ ބޭފުޅަކަށް ވެ ވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އެކަން ޔަގީންކޮށް ރައްޔިތުން އިތުބާރު ކުރެއްވުމަށް ވެސް ޑރ މުއިއްޒު އެދިވަޑައިގަތެވެ. 

ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވައުދުވަނީ، އެ ވައުދުތައް ފުއްދާދެއްވާނެ ގޮތުގެ ޕްލޭނެއް އޮވެގެން ކަމަށެވެ. އަދި ނަތީޖާ ނެރެދޭނެ ގޮތް ހޯއްދަވައިގެން ކަމަށެވެ.

ރައީސް ޔާމިނުގެ ޒައާމަތުގައިވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވައުދުފުއްދާނެކަން ރައްޔިތުންނަށް ސާބިތުކޮށްދީފައިވާނެ ކަމަށާއި، ދެން އުފެދޭ އެ ޕާޓީގެ ވެރިކަމެއްގައި ވެސް އެ ސިޔާސަތު ދަމަހައްޓާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެމަނިކުފާނު ވަނީ ރައީސް ޔާމީން މިނިވަންކޮށް ރައްޔިތުން އެދޭ ތަރައްގީ ގެނައުމަށް މި ރިޔާސީ އިންތިޚާބު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ކާމިޔާބުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި އެކަން ކުރާއިރު، ސިޔާސީ މަސައްކަތުގެ ފޯރި އިތުރުކޮށް އައްޑޫގައި ހަރަކާތްތައް ވަރުގަދަ ކުރުމަށް ވެސް އެމަނިކުފާނު ވަނީ ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.