ޑރ މުއިއްޒު ހުޅުދޫ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
22 Aug 2023 | 19:46
ކޯލްޑް ސްޓޯރޭޖު ބޮޑުކޮށް އައްޑޫގައި ކޭނިން ފެކްޓްރީއެއް ހަދާނަން: ޑރ މުއިއްޒު

ދެކުނުގެ މަސްވެރިކަމުގެ ސިނާއަތު ރަނގަޅުކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ކޮށްދޭނެކަންކަން އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ހާމަކޮށްދެއްވައިފި އެވެ. 

އައްޑޫ ސިޓީ ހުޅުދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ދެކުނުގެ މަސްވެރިކަން ރަނގަޅުކޮށް، އެ ސިނާއަތު ފުޅާކުރުމަށް މިހާރު އައްޑޫ ސިޓީގައި ޤާއިމްކޮށްފައި ހުރި ބައެއް ވަސީލަތްތައް ތަރައްގީކުރުމަކީ މުހިންމުކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. 

އެގޮތުން މިހާރު އައްޑޫ ސިޓީގައި ހުރި ކޯލްޑް ސްޓޯރޭޖުގެ ކެޕޭސިޓީ އިތުރުކުރުމަކީ ކުރައްވާނެ ކަމެއްގެ ގޮތުގައި ޑރ މުއިއްޒު ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން ފެލިވަރާއި އެއް ފެންވަރުގެ ކޭނިން ފެކްޓްރީއެއް އައްޑޫގައި ތަރައްގީކޮށްދެއްވާނެކަމަށް ޑރ މުއިއްޒު ވައުދުވެވަޑައިގަތެވެ. 

އެމަނިކުފާނު ވިދާޅުވީ އެ ވަސީލަތްތަކުގެ ސަބަބުން ދެކުނުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް އެތައް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެމީހުންނަށް ލިބޭނެ އާމްދަނީ އިތުރުކުރުމަށް ވަގުފަހިވެގެންދާނެ ކަމަށެވެ. 

މަސްވެރިކަމުގެ ސިނާއަތާއި ގުޅުންހުރި އެފަދަ ވަސީލަތްތައް އިތުރުކޮށްގެން ހަމައެކަނި ކުރިއަރާނީ މަސްވެރިކަމުގެ ސިނާއަތް އެކަނި ނޫންކަމަށާއި، އެއީ އުފެއްދޭ އިތުރު ވަޒީފާތައްކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން އައްޑޫގައި ޤާއިމްކިރާ ކޭނިން ފެކްޓްރީއާއެކު، އެ ސިނާއަތުގެ ތެރެއިން މަދުވެގެން 500 ވަޒީފާ އުފެދިގެންދާނެކަމަށް އަންދާޒާކުރެވޭ ކަމަށާއި، އެއީ ސަރަހައްދީ ތަރައްގީއަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެއްގެ ގޮތުގައި ޑރ މުއިއްޒު ސިފަކުރެއްވި އެވެ. 

އައްޑޫ ސިޓީ ހުޅުދޫ ޖަލްސާގެ ތެރެއިން

ޑރ މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީ ހިމެނޭހެން ދެކުނުގެ މަސްވެރިކަމުގެ ސިނާއަތް ފުޅާކުރާ ވާހަކަ ދައްކާއިރު، ދެކުނުގެ ކަނޑުން މި ސަރުކާރުން ވިއްކާލި މަސްކަނޑުވެސް ދިވެހީންނަށް އަނބުރާ ހޯދަން ޖެހޭކަމަށެވެ.

އެމަނިކުފާނުގެ ވެރިކަމުގައި އެކަން ވެސް ކުރައްވާނެ ކަމަށާއި، މަސްވެރިކަން ފުޅާކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ފާހަގަކޮށް އެކަންކަން ކުރިއަށް ގެންދާނެގޮތުގެ ޕްލޭނުތައް މިހާރު އެކުލަވާލެވިފައިވާ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

މަސްވެރިކަމުގެ ސިނާއަަތަކީ ރައީސް ޔާމިނުގެ މެނިފެސްޓޯގެ ދެވަނަ ޗެޕްޓަރެވެ. މަސްވެރިން ބާނާ މަސް ކިލޯއެއްގެ އަގު ދަށްވެގެން 20 ރުފިޔާގައި ހިފަހައްޓާނެކަމަށް ޑރ މުއިއްޒު ވައުދުވެވަޑައިގެންފައިވާއިރު، މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަން ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.