ރައީސް ޞާލިޙް ހިރިލަންދޫ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
28 Aug 2023 | 08:55
ރައްޔިތުންނަށް ޚިދްމަތް ކުރުމުގެ ވިސްނުމެއް ނެތް ބަޔަކަށް ދެންވެސް އެކަމެއް ނުކުރެވޭނެ: ރައީސް ޞާލިޙް

ރައްޔިތުންނަށް ޚިދްމަތް ކުރުމުގެ ވިސްނުމެއް ނެތް ބަޔަކަށް ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންނަށް ޚިދްމަތް ކޮށް ނުދެވޭނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ތާއީދު ހޯއްދެވުމަށް ތ.އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި ތ.ހިރިލަންދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ވިދާޅުވީ 2018ގެ އިންތިޚާބުގެ ކެމްޕޭނަށް ރައީސް ޔާމިން ހިރިލަންދުއަށް ވަޑައިގެންނެވުމުން އެރަށުގެ ބިން ހިއްކައިދިނުމަށް އެރަށުގެ ރައްޔިތުން އެދުމުން ހިރިލަންދޫގެ ފުއްޓަރު ފަރާތައް އަރާ ރާޅުގެ ބޮޑުކަމުން ރަށް ހިއްކެން ނެތް ކަމަށް ވިދާޅުވިކަމަށެވެ. އަދި އެކަމަކީ ތިމަންމަނިކުފާނަށް ކުރެއްވޭނެ ކަމެއް ނޫންކަށް ވިދާޅުވިކަމަށެވެ. ރައީސް ޞާލިޙް ވިދާޅުވީ އޭރު އެމަނިކުފާނަށް ލަފާ އަރުވަން ހުންނެވީ އޭރުގެ ހައުސިންގ އެންޑް ޕްލޭނިންގ މިނިސްޓަރު ކަމަށެވެ.

" މިއަދު ވެރިކަމަށް ނުކުމެ ވަޑައިގެން އެހުންނެވީ އެބޭފުޅާ، އެބޭފުޅާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ދެން ކަންވެގެންދާނެ ގޮތް ތިބޭފުޅުން ވިސްނަވާ، މިއިން ރަށެއްގައި ހިއްކާނެ ތަނެއް ނޯންނާނެ، ނުހިއްކޭނޭ ވިދާޅުވާނީ، ބަނދަރެއް ނުހެދޭނޭ ވިދާޅުވާނީ، ފެނާއި ނަރުދަމާއެއް ނޭޅޭނޭ ވިދާޅުވާނީ މިތަން ހަރުކަމުން ނުކޮނެވޭނޭ، ބަނދަރުގަ އޮތީ ގަލޭ އެތަނެއް ނުނެގޭނޭ، ފުނެއް ނުކުރެވޭނޭ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ވާދަވެރިންގެ ވިސްނުމާއި ޙިޔާލު ހުރިގޮތް ކަމަށާއި މިއަދުވެސް އެކަމަށް ބަދަލެއް ނާންނަކަމަށެވެ. ރައީސް ވިދާޅުވީ އިންތިޚާބުގައި ގޮތެއް ނިންމާއިރު މިކަމާއިމެދު ވިސްނަން ޖެހޭ ކަމަށެވެ.

"އުފާވެރި އަމާން ރާއްޖެ ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެން ފެށި މަސައްކަތް އަދި ނިމުމަކަށް ނާދޭ، އަދި ކިރިޔާ މިރަށްރަށުގައި މީހުންނަށް ދިރިއުޅެވޭ ހިސާބަށް އަޅުގަނޑުމެންނަށް ކަންތައްތައް މިފުރިހަމަ ކޮށްދެވުނީ" 

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ އަސާސީ ކަންކަން ރަނގަޅަށް ރަށްރަށުގައި ހަމަނުވާ ކަމަށާއި، މިއީ އިންސާނުން އުޅުނު ވެރިން ވެރިކަން ކުރި ޤައުމެއް ކަމަށެވެ. ރައްޔިތުންގެ އަސާސީ ޚިދްމަތްތައް އޭރު ވެރިން ހަނދާން ނެތް ކަމަށެވެ.

"ދައުލަތުގައި ފައިސާވެސް ހުރި، ނަމަވެސް މަސައްކަތް ކުރުމުގެ ވިސްނުމެއް ނެތް ބަޔަކަށް، ރައްޔިތުންނަށް ޚިދްމަތް ކުރުމުގެ ވިސްނުމެއް ނެތް ބަޔަކަށް ދެނެއްވެސް ނުކުރެވޭނެ" 

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ އުފާވެރި އަމާން ރާއްޖެ އެއް ހޯދުމަށް މިފަށާ ދަތުރުގައި ކޮންމެ ރައްޔިތެއްގެ ވޯޓަކީވެސް ވަރަށް މުހިންމު ވޯޓެއް ކަމެށެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.