ހިޔާ ތެރަޕީ އެންޑް އިންޓަވެންޝަން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހަބަރު
28 Aug 2023 | 09:12
ހިޔާ ތެރަޕީ އެންޑް އިންޓަވެންޝަން ސެންޓަރު ހުޅުވައިފި

ހުޅުމާލޭ ފިޔަވަހި 2 ގައި 'ހިޔާ ތެރަޕީ އެންޑް އިންޓަވެންޝަން ސެންޓަރު' ގެ ނަމުގައި ކެއަރ ސެންޓަރެއް ހުޅުވައިފިއެވެ. އިއްޔެ ވަހީރު އޮތް ރަސމިއްޔާތެއްގައި މި ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

ހިޔާ ފްލްޓް ޓަވަރު 1 ގައި ހުޅުވި ހިޔާ ތެރަޕީ އެންޑް އިންޓަވެންޝަން ސެންޓަރަކީ އެކެއަރ ސޮސައިޓީ އާއި އާބަންކޯ ގުޅިގެން ހުޅުމާލޭގައި ހާއްސަކޮށް އުތުރު ހުޅުމާލޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕީ އަދި އެހެނިހެން ފަރުވާ ފޯރުކޮށްދިނުމަށް ހުޅުވުނު ހާއްސަ ސެންޓަރެއް ކަމަށް ކެއާ ސޮސައިޓީން ބުނެއެވެ.

ކެއާ ސޮސައިޓީން ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެންމެ އެކަށޭނަ ގޮތަކަށް ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މި ސެންޓަރު މަރާމާތު ކުރުމާއި ބޭނުންވާ ފަރުނީޗަރާ އަދި އެހެނިހެން ތަކެތި ފޯރުކޮށްދެއްވާފައިވަނީ ހެޔޮއެދޭ އެކިއެކި ފަރާތްތަކުން ކަމަށެވެ.

އެހެންކަމުން މި ސެންޓަރު ފުރިހަމަ ކުރުމަށް ކެއަރ ސޮސައިޓީއަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ޝުކުރު އަދާކޮށް ކެއާ ސޮސައިޓީން ބުނީ އެ ފަދަ ފަރާތްތަކުން އެ ސޮސައިޓީ އާ އަބަދުވެސް ބާއްވާ ގާތް ކަމަކީ ސޮސައިޓީގެ ޓީމަށް ސާބިތުކަމާ އެކު ކުރިއަށް ދިއުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެެވެ.

ހިޔާ ތެރަޕީ އެންޑް އިންޓަވެންޝަން ސެންޓަރުން ލިބޭ ޚިދުމަތްތަކުވެ ތެރޭގައި، ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަތުމާއި އެކަމަށް ބޭނުންވާ ފަރުވާއާއި އެކަޑެމިކް އެންހޭންސްމަންޓްގެ އިތުރުން ރެޑިނަސް ފޮ އެމްޕްލޯއިމަންޓް/ޖޮބް ހިމެނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.