ޑރ މުހައްމަދު މުއިއްޒު
ހަބަރު
28 Aug 2023 | 16:49
މުއިއްޒުގެ ވެރިކަމެއްގައި ގއ އަތޮޅުގައި އިންޓަގްރޭޓެޑް ޓުއަރިޒަމްގެ ދެ މަޝްރޫއެއް!

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ހުވަދު އަތޮޅު ދެކުނުބުރީގައި އިންޓަގްރޭޓެޑް ޓުއަރިޒަމް ގެ ދެ މަޝްރޫޢެއް ހިންގާނެކަން އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މިހާރު ހުވަދުއަތޮޅުގެ ރަށްތަކަށް ކުރަމުން ގެންދާ ދަތުރުތަކުގައި އެ އަތޮޅު ކޮލަމާފުއްޓަށް ވަޑައިގެން އެ ރަށުގައި ތިބި ސަޕޯޓަރުންނާ ވާހަކަދައްކަވަމުން ޑރ.މުޢިއްޒު ވިދާޅުވީ އެ ރަށުގެ ރައްޔިތުންނަށްވެސް އެންމެ މުހިއްމުވެފައިވާ އެއްކަމަކީ ދިރިއުޅޭ ރަށް ކައިރިން ވަޒީފާގެ ފުރުސަތުތައް ލިބުން ކަމަށެވެ.

އެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކުރެއްވުމުގެ ގޮތުން ކުރައްވާނެ ކަންތައްތަކެއް ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އެ ރަށް ކައިރީ އޮންނަ މާރަންދޫގައި ރިސޯޓު ޤާއިމުކުރުމުގެ މަސައްކަތް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެންނަވައި އެ މަސައްކަތް ފުރިހަމަކުރައްވައި އެ ރިސޯޓު އޮޕަރޭޝަނަށް ގެންނަވާނެކަމަށް ޑރ.މުޢިއްޒުވަނީ އެ ރަށުގެ ރައްޔިތުންނަން ވަޢުދުވެފައެވެ.

ހަމަ އެޔާއެކު މާރަންދޫގެ މަސައްކަތް ނިންމައި ރިސޯޓު ހުޅުވުމުގެ އިތުރަށް ގއ. އަތޮޅުގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަކާއި އިޤުތިޞާދީ ތަނަވަސްކަން ހޯދައިދިނުމުގެ ގޮތުން ކެރެންދޫ ފަޅާއި މާވަރު ފަޅުގައި އިންޓަގްރޭޓެޑް ޓުއަރިސްޓު ރިސޯޓު ޤާއިމުކުރައްވާނެކަމަށްވެސް މުއިއްޒުވަނީ ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރުން އެ ރަށަށް ކޮށްދިނުމަށް ހަމަ ޖެހިފައިވާ ކަންތައްތަކުގެ ތެރެއިން ކޮލަަމާފުށީގެ ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރެއްވުމާއެކު، ރަށުގައި ތިބެގެން ކުރެވޭނެ މަސައްކަތްތައް ރަށުގައި އުފެއްދެވުމާއި، ސްޓޭޑިއަމް އަދާހަމަކޮށް ދުވާ ޓުރެކެއް ޤާއިމުކުރެއްވުމަށް ވައުދުވެވަޑައިގެންފައިވެއެވެ.

އަދި އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ޒަމާނީ ޔޫތު ސެންޓަރެއް އަޅުއްވައިދެއްވުމާއި ސުކޫލާއި ޞިއްޙީ މަރުކަޒުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރެއްވުމަށްވެސް ޑރ.މުޢިއްޒު ވައުދުވެވަޑައިގަތެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޑރ މުހައްމަދު މުއިއްޒު އާއި ކެމްޕެއިން ޓީމުން އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރަމުންދާއިރު އެ ދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.