ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން-- ފޮޓޯ/ ޖޭޕީ
ހަބަރު
29 Aug 2023 | 14:46
"އައްޑޫ ޓްރެއިނިންގ ސެންޓަރު ހަދާފައި ހުރީ މިލިޓަރީ ސްޓޭޝަނަކަށް ބަދަލުކުރެވޭ ގޮތަށޭ އެމްޑީޕީ މީހުން ބުނި"

އިންޑިއާ ސަރުކާރުގެ އެހީގައި، އައްޑޫގައި ހެދި ޓްރެއިނިންގ ސެންޓަރު ހަދާފައި ވަނީ، އެމެޖެންސީ ހާލަތެއްގައި އެ ގައުމުގެ މިލިޓަރީ ސްޓޭޝަނަކަށް ބަދަލު ކުރެވޭ ގޮތަށް ކަމަށާ، އެވާހަކަ ދެންނެވީ ޚުދު އެމްޑީޕީ ބައެއް މެންބަރުން ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު ޢަލީ ހުސައިން އިލްތިމާސް ކުރައްވައިފި އެވެ. 

މިއަދު ބ. ތުޅާދޫގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޢަލީ ހުސައިން ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ލާ ވޯޓަކީ، ރާއްޖޭގެ މިނިވަންކަމާއި އަޅުވެތިކަމާއި ދޭތެރޭގައި ލާ ވޯޓެއް ކަމަށެވެ. 

"9 ސެޕްޓެމްބަރު ގައި އަޅުގަނޑުމެން ނިންމަންޖެހެނީ، ދިވެހި ގައުމު ދެން އޮންނަންވީ އަޅުވެތި ކަމުގެ ދަށުގައިތޯ، ނޫނިއްޔާ މިނިވަން ގައުމެއްގެ ގޮތުގައި ތޯ."

ޢަލީ ހުސެއިން 

ޢަލީ ހުސެއިން ވިދާޅުވީ، އަޅުވެތި ކަމާއި މިނިވަންކަމުގެ ވާހަކައަކީ ހަދަހަދައިގެން ދައްކަވާ ވާހަކައެއް ނޫން ކަމަށާ، ރިޔާސީ ކެމްޕެއިނަށް ހދ. ހަނިމާދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުން އިންޑިޔާ ސިފައިން ފެނުނު ކަމަށެވެ. އަދި އިންޑިޔާ ގެ ސަފީރު، އެމްއެންޑީއެފްގެ އޮފީހަށް ވަންނަ މަންޒަރުވެސް ފޮޓޯ ތަކުން ފެންނަން ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އުތުރު ތިލަފަޅުގައި، އިންޑިޔާ ސިފައިން، އެމީހުންގެ ޔުނީފޯމު ގައި ތިބި ތަންވެސް ފޮޓޯ ތަކުން ފެންނަން ހުރިކަން ފާހަގަކުރެއްވިއެވެ. 

އަދި އުތުރު ތިލަފަޅުގެ އެ އެގްރީމަންޓް ވެސް އަޅުގަނޑުމެންނަށް ނުދައްކާ. އަޅުގަނޑަކީ (މަޖިލީހުގެ) 241 ކޮމިޓީގައި އިންނަ މީހެއް. ސަލާމަތާބެހޭ ކޮމިޓީގައި އިންނަ މީހެއް. އެ އެއްބަސްވުމުގައި އޮތީ ކޮންޗެއް ކަމެއް އަޅުގަނޑުމެންނަށް ނުދައްކާ. ކާކުގެ ނަމުގައި ކާކު ހަދައިގެން އުޅޭ އެއްބަސްވުމެއް ތޯ އެއީ. މިއީ ދިވެހިންގެ ގައުމު. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ އެކަނި ގައުމެއް ނޫނޭ. 

ޢަލީ ހުސެއިން 

ޢަލީ ހުސެއިން ވިދާޅުވީ، އުތުރުތިލަފަޅު އެއްބަސްވުމުގައި އޮތް އެއްޗެއް ރާއްޖޭގެ އެންމެނަށް ނުދެއްކި ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާއި ބެހޭ ކޮމެޓީއަށް ދައްކަން ޖެހޭނެކަމަށެވެ. އެހެންނަމަވެސް، އެ ނުދައްކާ ކަމަށާ، ނުދައްކާ އޮތް ސަބަބަކީ، އިންޑިޔާ ސިފައިން ބޭނުން ނަމަ، ހުއްދަ ހޯދުމެއްނެތި ރާއްޖެއަށް އާދެވޭ ގޮތަށް އޮތުމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އަލީ ވިދާޅުވީ ރާއްޖޭގައި އިންޑިޔާ ސިފައިންނަށް ތިބެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހުއްދަ އާއު އެކުގައި ކަމަށެވެ. އެހެން ނަމަވެސް އެފަދަ ހުއްދައެއް ހޯދުމަށް މަޖިލީހުގައި އެދިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ހަމައެއާއެކީގައި ދެކުނަށް، އެންމެ ދެކުނަށް، އައްޑޫއަށް ޖެހިލީމާ، ޓްރެއިނިންގ ސެންޓަރެކޭ ކިޔައިގެން އެތަނުގައި އެތިބީ، (އެމްޑީޕީ މީހުން އަޅުގަނޑު ގާތުގައި ބުނީ) ހަގީގަތުގައި އެތަން ހަދާފައި ހުރީ ޕްލޭން ބީ އެއްގެ ގޮތުގައޭ. ވަގުތުން، ހަމަ ވަގުތުން ސީދާ މިލިޓަރީ ސްޓޭޝަނަކަށް ބަދަލުކުރެވޭ ގޮތަށޭ. މުޅި ތަނުގެ ނިޒާމާއި ބައްޓަން، މުޅިތަންވެސް ޑިޒައިން ކޮށްފައި އެހުރީ. 

ޢަލީ ހުސެއިން 

މީގެ އިތުރުން ވެސް އަލީ ހުސެއިން ވަނީ ފޯޅަވަހި މައްސަލާގައި، މީގެ ކުރިން ރާއްޖޭގެ ދެކުނުން ބޭނުން ކުރަމުންއައި ކަނޑުގެ ސަރަހައްދުގެ 45,000 އަކަ ކިލޯމީޓަރު ގެއްލިގެން ދިޔަކަމަށާ އެކަން ހިނގައި ދިޔައީ، ރައީސުލްޖުމްހޫރިއްޔާ ސިޓީއެއްގައި ސޮއި ކޮށްލުމުން ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ކުރެއްވި އިރުވެސް މަޖިލީހަށް ނޭނގުނު ކަމަށް ވިދާޅުވެފައެވެ. 

"އެހެންވެގެން މިބުނަނީ އަޅުގަނޑުމެން މިތިބީ ބޭރު ބައެއްގެ ނުފޫޒުގެ ދަށުގައި ޖެހި ތާށިވެފައޭ." ޢަލީ ހުސެއިން ވިދާޅުވި އެވެ. 

އެހެންކަމުން، ޢަލީ ހުސައިން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބޮޑު ޕާޓީއެއް ނުވަތަ ކުޑަ ޕާޓީއެއް ބެލުމެއްނެތި، ގައުމަށްޓަކައި ވޯޓުދެއްވުމަށް އެންމެހާ ރައްޔިތުންގެ ކިބައިން އެދިލައްވާފައެވެ. އަދި ގައުމު މިނިވަން ކުރެވޭނެ ވިސްނުމާއި ހިކުމަތް ހުންނެވީ ޖޭޕީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ގެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.