ދުވާފަރުގައި ބޭއްވުނު ޖަލްސާގައި ޑރ މުޢިއްޒު ވާހަކަދައްކަވަނީ. ފޮޓޯ: ޕީޕީއެމް
ހަބަރު
30 Aug 2023 | 08:59
ޤައުމަށް ޤައްދާރުވާ މީހުންނަށް އަދަބު ދިނުމަށް ޤާނޫނެއް ހަދާނަން: ޑރ މުޢިއްޒު

ޤައުމަށް ޤައްދާރުވާ މީހުންނަށް އަދަބު ދިނުމަށް އެކަމަށް ޚާއްސަ ޤާނޫނެއް ހައްދަވާނެ ކަމަށް ޕީއެންސީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ މުޢިއްޒު މިހެން ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ކެމެޕޭނުގައި ރ.ދުވާފަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން މުޢިއްޒު ވިދާޅުވީ އެންމެ އިސް ސިޔާސަތަކަށް ހައްދަވާނީ ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަން ދެމެހެއްޓުން ކަމަށާއި އެކަން ގެއްލޭ ގޮތަށް މި ސަރުކާރުގެ ބައެއް ވެރިން ޢަމަލުކޮށްފައިވާ ކަމަށެވެ. ޑރ މުޢިއްޒު ވިދާޅުވީ އެފަދަކަންކަން ކުރުމަކީ ޤައުމަށް ޤައްދާރުވުން ކަމަށެވެ. އަދި އެފަދަ ކަންކަން ކުރާ ފަރާތްތަކަށް އަދަބު ދެވެން ޖެހޭ ކަމަށް ޑރ މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ އެފަދަ ފަރާތްތަކަށް އަދަބު ދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޤާނޫނެއް ފާސްކުރައްވާނެ ކަމަށެވެ.

ޑރ މުޢިއްޒު ވިދާޅުވީ ބޭނުންހާ ގޮތަކަށް އަމިއްލަ ފައިދާތަކެއް ހޯދަން މިހާރު މި ހިނގާ ބޮޑެތި ކަންކަމެއް ނުހިންގޭނެ ކަމަށާއި އެއީ ޒީރޯ ޓަލެރެންސް އެންމެ ބޮޑަށް ދޭން ޖެހޭނެ ކަންކަންކަމަށެވެ. އަދި އޭނާ އެކަން ކުރައްވާނެ ކަމަށް މުޢިއްޒު ވިދާޅުވި އެވެ.

މުޢިއްޒުގެ ވާހަކަފުޅުގައި ވަނީ އަޑި ނޭނގޭ އެއްބަސްވުންތަކާއި ރާއްޖޭގައި ބޭރުގެ ސިފައިން ބޭތިއްބުމަކީ ގައްދާރުވުމުގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި އެއީ ޤައުމުގެ މިނިވަންކަމަށް ބުރޫއަރާފައިވާ ކަމެއް ކަމަށާއި އެއިން ކޮންމެ އެއްބަސްވުމެއް ބަލައި މިނިވަންކަން ގެއްލޭ ގޮތަށް ހުރި ކަންކަން ހައްލު ކުރައްވާނެ ކަމަށް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މުޢިއްޒުވަނީ ޝަރުޢީ ދާއިރާ މިނިވަންކަމާ އެކު ހިންގުމަކީ ދައުލަތަށް ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ މިނިވަންކަން ޝަރުޢީ ދާއިރާއަށް ދިނުމަށްޓަކައި އެންމެ މުހިންމު ކަމެއްގެ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ފޯމޭޝަން ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ސިޔާސީ މީހުން މަދުކޮށް، ޝަރުޢީ ދާއިރާގެ މީހުން ގިނަ ކުރުމާއި އަދި މަސައްކަތްތައް އެ ކޮމިޝަނުން ނެގުންކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.