ހިތަދޫގައި ބޭއްވި ޖަލްސާގައި ރަައީސް ޞާލިޙް ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
30 Aug 2023 | 10:56
ޖަލުގައި ލާއިންސާނީ ޢަމަލު ހިންގާނަމަ މިއަދު ހޯމްމިނިސްޓްރީ އިން ފިޔަވަޅު އަޅާނެ: ރައީސް ޞާލިޙް

ޖަލުގައި ކިރިޔާވެސް ލާއިންސާނީ ޢަމަލެއް ހިންގާކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ މިއަދު ހޯމް މިނިސްޓްރީއިން އެކަމާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ލއަތޮޅަށް ކުރެއްވެވި ކެމްޕޭނު ދަތުރުފުޅުގައި ލ.ހިތަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ފެށި އިސްލާޙީ މަސައްކަތްތައް އަދި ނުނިމޭ ކަމަށާއި އޭރު ބޭނުންވީ ޖަލުގައި ކުރަމުން ދިޔަ އަނިޔާތަކުން ސަލާމަތްވާން ކަމަށެވެ. އިރާދަކުރެއްވީތީ މިއަދު އެކަންތައް މުޅިންހެން ރަނގަޅު ކުރެވިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދަކު ޖަލަކު އޭރު އެއަނިޔާކުރި ގޮތައް އެއްވެސްމީހަކަށް އިންސާނީ ކަރާމަތް ގެއްލޭގޮތައް ކަމެއް ކުރާ އަޑެއް ކުރި އަޑެއް ނާހަން، އަދި ކިރިޔާވެސް އެކަހަލަ ޢަމަލެއް ހިންގާ ފަރަތެއްގެ ޝަކުވާ އަތުވެއްޖެނަމަ މިނިސްޓްރީއޮފް ހޯމް އެފެއަރޒުން ކަރެކްޝަންސް މެދުވެރިކޮށް މިހާރު ބަރާބަރަށް ފިޔަވަޅު އަޅަމުންގެންދާނެ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަނިޔާވެރިވާކަށް ޖާގައެއް ނުދެއްވާ ކަމަށެވެ.

ރައީސް ވިދާޅުވީ އިސްލާޙުގެ މަސައްކަތް ފެށިއިރު ދެން ރައްޔިތުން ބޭނުންވެފައި އޮތް އަނެއް ކަމަކީ ރައްޔިތުންނަށް ބޭނުންވެފައި ހުރި އަސާސީ ޚިދްމަތްތައް ރަށްރަށުން ލިބޭނެ ގޮތް ހެދުންކަމަށެވެ. ރައީސް ވިދާޅުވީ މިއަދު ލިބޭ ހިތްހަމަ ޖެހުމަކީ ވެވަޑައިގެން ވަޢުދުތަކާއި އެއްގޮތަށް ރަށްރަށުގައި ކަންތައްތައް ކޮށްދެވެމުންދާ ކަމުގެ ހިތް ހަމަޖެހުން ކަމަށެވެ.

"ރަށްތައް ތަރައްޤީކުރާއިރުގައި އެއްފަޅެއްގެ ތެރޭގައި ހުރި ރަށްތައް ގުޅާލުމަކީ އަޅުގަނޑުމެންގެ ތަޞައްވަރެއް، އޭގެ ދަށުން ހިތަދުއާއި ކުނަހަންދޫ ގުޅާލުމަކީ އަޅުގަނޑުމެން ވީވަޢުދެއް، އެކަން އަޅުގަނޑު ހަނދާން އެބަހުރި" ރައީސް ވިދާޅުވިއެވެ.

އެކަން ނުފެށި ލަސްވުމުން ހިތަދޫ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުންނާނެ ކަމަށް ޤަބޫލުފުޅު ކުރައްވަވާ ކަމަށާއި، ކުރިމަތިވެގެން ދިޔަ ބައެއް ސަބަބު ތަކާއި ހުރެ ބައެއް މަޝަރޫޢުތައް ވަނީ ފެށުން ލަސްވެފައި ކަމަށާއި، ހިތަދޫ އާއި ކުނަހަންދޫ ގުޅުވައިދޭ ކޯޒްވޭގެ މަސައްކަތް މިހާރު ވަނީ ކޮންޓްރެކްޓް ކުރެވިފައި ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އަދި ލަސްތަކެއް ނުވެ އެކޯޒްވޭގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ހިތަދުއަށް ވަޑައިގަތުމުން އެރަށުގެ ގިނަ ބަޔަކު އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމަށް މަރުޙަބާ ކިޔުމަށް ވަނީ ނުކުމެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.