ޑރ މުހައްމަދު މުއިއްޒު
ހަބަރު
30 Aug 2023 | 12:02
މުއިއްޒުގެ ވެރިކަމެއްގައި ކާޑެއްދޫ އެއާޕޯޓާއި ތިނަދޫ ގުޅާލެވޭނީ ކޯޒްވޭ އަކުން!

ޕީޕިއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ކާޑެއްދޫގައި ގާއިމްކުރާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ތިނަދޫގައި ގާއިމްކުރާ އެއަރޕޯޓް ގުޅާލެވޭނީ އެ ދެރަށް ދެމެދުގައި ގާއިމްކުރެވޭ ކޯޒްވޭއަކުން ކަމުގައި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

މީގެ ދުވަސްކޮޅެއް ކުރިން ގދ ތިނަދޫއާއި ގއ ވިލިނގިިލީގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެން އެ ދެރަށުގެ ރައްޔިތުންނަށް އޮޅުން އަރާ ކަންކައްތަކެއް ހުރިކަމަށް ދެކިވަޑައިގަންވާތީ އެކަންކަން ސާފުކޮށްދިނުމުގެ ގޮތުން ރޭ އުނގޫފާރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، ހުވަދު އަތޮޅަކީ ޖިއޮގްރަފީގޮތުން ބަލާއިރު މުޅި ދުނިޔޭގައިވެސް އޮތް އެންމެ ބޮޑު އަތޮޅުކަމަށާއި، 10،000 އެނދުގެ ޓޫރިޒަމް ޕްރޮޖެކްޓެއް އިއުލާންކުރެެއްވި ކަމުގައެވެ. 

އެހެންކަމުން މިވަރުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދާއިރު، އެ އަތޮޅަށް ދެ އިންޓަރނޭޝަނަލް އެއަރޕޯޓު ބޭނުންވާނެކަން ފާހަގަކުރައްވައި ޑރ މުއިއްޒު ވިދާޅުވީ، އެއް އެއަރޕޯޓް ގާއިމްކުރާނީ ކާޑެއްދޫގައި ކަމަށާއި އަނެއް އެއަރޕޯޓް ގާއިމްކުރާނީ ވިލިނގިލީގައިކަމަށެވެ. އަދި އެ ދެއަރޕޯޓަކީވެސް 10،000 އެނދުގެ މަޝްރޫއަކަށް މުޅި އަތޮޅު ގުޅާލާއިރު ދެ އެއަރޕޯޓަކީވެސް މުހިއްމު އެއަރޕޯޓެއްކަމަށެވެ. 

މީގެ ތެރެއިން ކާޑެއްދޫގައި ގާއިމްކުރެވޭ އެއަރޕޯޓަކީ އިންޓަރނޭޝަނަލް އެއަރޕޯޓެއް، އެ އެއަރޕޯޓާއި ތިނަދޫއާއި ގުޅާލެވިގެން ދާނީ ދެރަށް ގުޅުވާލެވޭ ކޯޒްވޭއަކުން ކަމަށާއި، އެއްވެސް ހާލެއްގައި އެ ދެއަރޕޯޓަކީ ދެ ލެވެލްގެ އެއަރޕޯޓެއް ނޫން

ޑރ މުހައްމަދު މުއިއްޒު

މީގެ އިތުރުން ރޭގެ ޖަލްސާގައި ޑރ މުއިއްޒުވަނީ، ތިނަސޫ ސިޓީއަކަށް ބަދަލުކުރާއިރު ކުރަންހުރި ކަންކަމުގެ އިތުރު ތަފްސީލަށް އަލިއަޅުވާލައިފައެވެ. އޭގެ ތެރެއިން އެރަށް ސިޓީއަކަށް ހެދުމަށްޓަކައި ރަށުގެ ނުހެދި ހުރި ހުރިހާމަގުތަކެއް ހެދުމާއި ސިއްހީ ނިޒާމު ފުޅާކުރުމުގެ ގޮތުން ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ގާއިމްކުރުން ހިމެނޭކަމުގައި މުއިއްޒު ފާހަގަކުރެއްވިއެވެ. 

ރިޔާސީ ކެމްޕެއިންގައި ޑރ މުހައްމަދު މުއިއްޒާއި ކެމްޕެއިން ޓީމުން އަތޮޅުތެރެއަށް ކުރަމުން ގެންދާ ދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.