ޑރ މުއިއްޒުގެ ތަރުޖަމާނު ޠަލާލު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
30 Aug 2023 | 22:29
ވޯޓުލާ ދުވަހު މުޅި ޤައުމު ހަލަބޮލިކުރުމަށް އެމްޑީޕީން ދަނީ ރާވަމުން: ޠަލާލު

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލާ ދުވަހު ހަމަނުޖެހުން ހިންގާ މުޅި ޤައުމު ހަލަބޮލިކުރުމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ރާވަމުންދާކަމުގެ މައުލޫމާތު ލިބޭކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒުގެ ތަރުޖަމާނު މުޙައްމަދު ޠަލާލު ވިދާޅުވެއްޖެ އެވެ. 

ރިޔާސީ އިންތިޚާބާއި ގުޅިގެން އިދިކޮޅުން ފާހަގަކުރަން ހުރި ކަންކަން ހިއްސާކުރުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޠަލާލު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނަ ދުވަހު ވަކި ހިސާބަކުން މުޅި ގައުމު ހަލަބޮލި ކުރުމުގެ މަޝްވަރާތަކެއް އެމްޑީޕީން ކުރަމުންދާ ކަމުގެ މައުލޫމާތުތައް ލިބެމުންދާ ކަމަށެވެ. އަދި މި މަޝްވަރާތައް ކުރަމުންދަނީ އެމްޑިޕީންގެ އިސް ފަރާތްތަކުގެ މެދުގައިކަން ވެސް ޠަލާލު ފާހަގަކުރެއްވި އެވެ. 

"ސެޕްޓެމްބަރު 9 ވަނަ ދުވަހުގެ ވޯޓުގައި ވަކި ހިސާބަކުން މުޅި ގައުމު ހަލަބޮލިކޮށްލުމުގެ މަޝްވަރާތަކެއް، ނޫނީ އެކަންކަން ރޭވުމުގެ މަޝްވަރާތަކެއް އެމްޑީޕީގެ ތެރޭގައި އެމްޑީޕީގެ އިސް ބޭފުޅުން ކުރައްވަމުންދާ ކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް ވަނީ ލިބިފައި"

ޑރ މުއިއްޒުގެ ތަރުޖަމާނު ޠަލާލު

ޠަލާލު ވަނީ މި ކަމަށް ރައްޔިތުން ސަމާލުވުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި ރިޔާސީ އިންތިޚާބުގެ ވޯޓުލާ ދުވަހު އެފަދަ ކަމެއް ހިންގުމަށް ފުރުސަތު ނުދެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ. 

އެއާއެކު އޭނާ ވަނީ ރިޔާސީ އިންތިޚާބަށް ސަރުކާރުން ފޯރުވަމުންދާ ނުފޫޒުތައް ބަލައި، ހަމަނުޖެހުމަށް ހިންގުމަށް ޖާގަ ލިބިދާނެ ފަދަ އެއްވެސް ފުރުސަތެއް އެއްވެސް ބަޔަކަށް ނުދިނުމަށް އިލެކްޝަންސް ކޮމިޝަނާއި ކަމާގުޅުންހުރި އިދާރާތަކަށް ގޮވާލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.