އަބްދުއްރަހީމް އޭދަފުށީ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
31 Aug 2023 | 16:37
ރައީސް ޔާމިނު ލޯނު ނެގީ ބައެއްގެ ފައިބުޑަށް ނުވެއްޓި ލޯނު ދެއްކޭނެ ގޮތް ހޯދާފަ: އަބްދުއްރަހީމް

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ޒައާމަތުގައި ބޭރު ގައުމުތަކުން ބޮޑެތި ލޯނުތައް ނެންގެވީ ބައެއްގެ ފައިބުޑަށް ނުވެއްޓި އެ ލޯނު އަނބުރާ ދައްކަވާނެ ގޮތް ހޯއްދަވާފައި ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި ވަނީ އޭދަފުށީގައި ބޭއްވި ޑރ މުއިއްޒުގެ ރިޔާސީ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމިނުގެ ވެރިކަމުގައި ރާއްޖެއިން ބޭރު ގައުމުތަކުން ލޯނުތައް ނެގީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިންގެވުމަށްކަމަށެވެ. އެގޮތުން އެ ލޯނުތަކުން ގެނެސްދެއްވި ތަރައްގީއިން މިއަދު ވެސް ރައްޔިތުން މަންފާ ހޯދަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އެއާއެކު އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމިނު ލޯނު ނެންގެވީ ބަޔަކަށް އަޅުވެތި ނުވެ، އެ ލޯނު އަނބުރާ ދެއްކޭނެ ގޮތް ހޯއްދަވާފަ އެވެ. ބޭރު ގައުމުތަކުން ރައީސް ޔާމިނުގެ ޒައާމަތުގައި ނެގި ލޯނުތައް އަނބުރާ ދެއްކުމަށް ރައީސް ޔާމިނުގެ ޒައާމަތުގައި ސޮވްރިން ފަންޑެއް ހުޅުވާ އޭގައި ޑޮލަރު ރައްކާކުރަމުން ގޮސްފައިވާަކަން ވެސް އަބްދުއްރަހީމްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. 

އަބްދުއްރަހީމް އޭދަފުށީ ޖަލްސާގައި ވާހަކަދައްކަވަނީ

"ރައީސް ޔާމީނު ނެންގެވި ކޮންމެ ލޯނެއް ނެންގެވީ ދިވެހި ގައުމުގެ ލާބަޔާއި މަންފާއަށްޓަކައި. ދިވެހި ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި. ލޯނު ނެންގެވީ ބްރިޖު އެ އޮތީ ނިމިފައި. ލޯނު ނަންގަވާފައި އަނެއްކާ ލޯނު ދައްކަވާނެ ގޮތް ދެއްކެވި"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް 

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގައި ތިއްބެވި ފަރާތްތައް ރައީސް ޔާމިނަށް ކިތަންމެ ފާޑުކިޔުންތަކެއް އަމާޒު ކުރި ނަމަވެސް އެމަނިކުފާނު މި ގައުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތައް ފޮހެނުލެވޭނެ ކަމަށެވެ. އަދި މި ގައުމު އޮތް ހާ ހިނދަކު ރައީސް ޔާމިނުގެ ނަންފުޅު ފޮހެނުލެވޭނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.