މުއިއްޒު އޭދަފުށީގައި ވާހަކަ ދައްކަވަނީ--
ހަބަރު
31 Aug 2023 | 09:42
ރޯދަމަހު ފަހު 10ގައި ސަރުކާރު ބަންދުކޮށް, ދަށް ގްރޭޑްތަކުގެ ކިޔެވުން ވެސް ބަންދުކުރާނަން: މުޢިއްޒު

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ރަމަޟާން މަހުގެ ފަހު 10 ގައި ސަރުކާރުގެ އޮފީސްތައް ބަންދު ކުރައްވައި ދަށް ގްރޭޑް ތަކުގެ ކިޔެވުންވެސް ބަންދު ކުރައްވާނެ ކަމަށް އެމަނިކުފާނަު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބ. އޭދަފުށީއަށް ވަޑައިގެން އެ ރަށު ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ދިވެހިންނަކީ މާތްވެގެންވާ އިސްލާމް ދީނަށް ތަބައުވާ މުސްލިމުންނަށް ކަމަށްވާއިރު، ދިވެހިންގެ ހުރިހާ ކަމެއް ބިނާވެގެން ވާނީ އިސްލާމް ދީނުގެ ސިޔާސަތުތަކުގެ މައްޗަށް ކަމަށެވެ.

އަދި ނިމިދިޔަ އީދު ތެރޭގައި މާލެ ތެރޭގައި އީދު ފާހަގަ ކުރަން ޒީނަތްތެރިކޮށްފައި އޮތުމުންނާއި ތަކުބީރުގެ އަޑުން އެ ސިޓީ ގުގުމާލުމުން ރައްޔިތުން އެކަން ބަލައިގަނެ، ތިބީ ވަރަށް އުފަލުން ކަމަށް ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

މިއާއެކު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އެންމެ އިސްކަމެއް ދޭނެ ކަމަކީ އިސްލާމީ އުސޫލުތައް ގާއިމްކުރުމާއި ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމަށް ކަމަށާ، އަދި ރައްޔިތުންނަށް ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތުތައް ފޯރުކޮށްދެއްވާނެ ކަމަށެވެ.

އެ ސިޔާސަތުގެ ދަށުން، ސަރުކާރު މުވައްޒަފުންނަށް އަޅުކަންތައްތަކަށް ވަގުތު ދިނުމަށް ފުރުސަތު ދޭން ރަމަޟާން މަހުގެ ފަހު 10 އެއް އެއީ ސަރުކާރު ބަންދު ދުވަސްތަކެއްގެ  ގޮތުގައި ހަމަޖައްސަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑުމެން ގަސްދު ކުރަނީ ރަމަޟާން މަހުގެ ފަހު 10 އެއީ ސަރުކާރު އެއްކޮށް ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅަން،" 

ޑރ. މުހައްމަދު މުޢިއްޒު 

މުއިއްޒު ވިދާޅުވީ މި ނިންމުމުގެ ސަބަބުން ރައްޔިތުން ރޭ އަޅުކަމުގައި ވަރަށް ގިނަ ވަގުތު ހޭދަކުރެއްވޭނެ ކަމަށެވެ.  އުމްރާއަށް ދާން ބޭނުންވާ މުވައްޒަފުންނަށް ވެސް އިތުރު ޗުއްޓީއަކާ މެދު ނުވިސްނާ އެކަން ކުރެވޭނެކަން މުއިއްޒު ފާހަގަކުރެއްވި އެވެ.

ހަމައެއާ އެކު ރަމަޟާން މަހުގެ ފަހު 10 އެއް އެއީ ގްރޭޑް އަށަކުން ތިރީގެ ގްރޭޑްތަކުގެ ދަރިވަރުންނަށް ބަންދު ދުވަސްތަކެއް ކަމަށް ކަނޑައަޅާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. 

"އަށެއް، ނުވައެއް، ދިހައެއް، އެގާރަ، ބާރައިގެ ކުދިން އެ ކަނޑައަޅާ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދެވޭނެ. އެކަމަކު އަށަކުން ދަށުގެ ހުރިހާ ދަށުގެ ހުރިހާ ކުދިންނަށް ބަންދުވާނެ،" 

ޑރ. މުހައްމަދު މުޢިއްޒު 

މީގެ އިތުރުން، މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އިސްލާމީ ގައުމުތަކާވެސް ގާތް ގުޅުމެއް ބާއްވާނެ ކަމަށެވެ.

ހަމައެހެންމެ، މުޢިއްޒު ވިދާޅުވީ އަރަބި ގައުމުތަކާ އެކު ގާތް ގުޅުމެއް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަން ފާހަގަކުރައްވައި މުޢިއްޒު ވިދާޅުވީ އެ ގައުމުތަކާ އެކު ގާތް ގުޅުމެއް ބާއްވާފައިވިނަމަ، ރާއްޖެއަށް ލިބޭނީ ކުރިއެރުން ކަަމަށާއި ރައްޔިތުންނަށް ފަހި ފުރުސަތުތައް ލިބޭނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.