ޕޯސްޓަރ އުރީދޫ
ވިޔަފާރި
31 Aug 2023 | 11:35
އުރީދޫ ހެޑްކުއާޓަރގެ ފޮޓޯ ހިއްސާކޮށްގެން އިންސްޓާ 360 އެއް ހޯދުމުގެ ފުރުސަތު!

މީސްމީޑިއާގައި އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރާ ގެ ފޮޓޯއެއް ނުވަތަ ރީލް އެއް ހިއްސާކޮށްގެން އިންސްޓާ360 އެއް ހޯދުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފި އެވެ. 

އުރީދޫން ބުނީ، މި ފުރުސަތު ހުޅުވާލެވިފައިވަނީ މި އޮގަސްޓު މަހުގެ 28 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 30 ގެ ނިޔަލަށް ކަމަށެވެ. އަދި އެ މުއްްދަތުގައި އުރީދޫގެ ހެޑްކުއާޓަރގެ ފޮޓޯއެއް ނުވަތަ ވީޑިއޯ އެއް، ޓުވިޓާ، އިންސްޓަގްރާމް، ފޭސްބުކު ނުވަތަ ޓިކްޓޮކް ގައި ހިއްސާކޮށްގެން މި މުބާރާތުގައި ބައިވެރިވެވޭނެ ކަމަށެވެ. 

މިގޮތުން މީސްމީޑިއާގައި ލާ ފޮޓޯ/ވީޑިއޯ އަކީ އެމީހަކު އަމިއްލައަށް ނަގާފައިވާ އެއްޗަކަށް ވާންޖެހޭނެ ކަމަށާ، އެއް ފޮޓޯ/ވީޑިއޯ އަށްވުރެ ގިނައިންވެސް ލެވޭނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ. އަދި ޕޯސްޓު މީސްމީޑިއާ އަށް ލާއިރު، އުރީދޫ މޯލްޑިވްސް ގެ ރަސްމީ އެކައުންޓް ޓެގް ކުރުމަށްފަހު "މަވެސް އުރީދޫ" ހޭޝްޓެގް ލިޔުމަށްފަހު ޕަބްލިކް ޕޯސްޓެއްގެ ގޮތުގައި ހިއްސާ ކުރުމަށް އުރީދޫން ވަނީ އެދިފައެވެ. 

މުބާރާތުގައި ބައިވެރިކުރާ ފޮޓޯ އާއި ވީޑިއޯތަކަށް ޖަޖު ކުރާނީ ކަމުގެ ތަޖުރިބާ ހުރި ފަރާތްތަކުން ކަމަށާ، އެގޮތުން ފޮޓޯ/ވީޑިއޯ ކޮލިޓީ އާއި ލައިޓިންގ ފަދަ ކަންކަމުގެ އިތުރުން މީސް މީޑިއާގައި އެއަށް ލިބޭ ލައިކްސް އާއި ޝެއާ އަށްވެސް ބެލޭނެ ކަމަށް އުރީދޫއިން ބުނެއެވެ. 

ވީޑިއޯ ލާނަމަ، ލާ ވީޑިއޯ ގެ ދިގުމިން 30 ސުކުންތާއި އެއްމިނެޓާއި ދެމެދުގައި ބެހެއްޓުމަށް އުރީދޫން އެދެއެވެ. 

މުބާރާތް ނިމުމުން ފޮޓޯ އަދި ވީޑިއޯ ގެ ކެޓަގަރީއިންވެސް ކޮންމެ ކެޓަގަރީ އަކުން ރަނގަޅު އެއްޗެއް ހޮވުމަށްފަހު، އެފަރާތަކަށް އިނާމު ދެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
11 Oct 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޕްޓެމްބަރު މަހު 59 މިލިއަން ރުފިޔާ ދޫކޮށްފި
އެ އެޖެންސީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު މާލީ އެހީ ލިބުނީ ޖުމުލަ 15،571 މީހަކަށެވެ. އޮގަސްޓް މަހާ އަޅާ ބަލާއިރު މިއީ ލިބުނު ފައިސާގެ އަދަދާއި އެހީ ލިބުނު މީހުންގެ އަދަދުވެސް އިތުރުވުމެކެވެ. އޮގަސްޓް މަހު 15،498 މީހަކަށް 58.4 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
11 Oct 2026
ބޮޑުތަކުރުފާނުމަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް: ފެނާއި ނަރުދަމާ ހޮޅި އަޅަނީ
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަހީގެ ބޭނުމަކީ އެ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ހިދުމަތް ހަރުދަނާކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.
11 Oct 2026
ރައްޔިތުންގެ މަޖިލީހަށް ސްޓާލިންކުންދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
މިކަން ކޮށްދޭ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސްޓާރލިނކް ސެޓެލައިޓް އިންޓަރނެޓް ކަނެކްޝަން ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭން ޖެހޭ