ހިންދޫ ފާދިރީ ކުރިއަށް ގެންދިޔަ ކުލާހުގެ ތެރެއިން
ހަބަރު
31 Aug 2023 | 14:49
ރާއްޖޭގައި ހިންދޫ ދީނުގެ ކްލާސް ހިންގާކަން، 'ގުރޫ' ކަށަވަރު ކޮށްދީފި!

ހިންދޫ ދީނުގެ ދީނީ ހަރަކާތެއް މާލޭގެ ހޮޓަލެއްގައި ބާއްވާކަން އެކަން ކުރިއަށް ގެންދާ ގަނޭޝް ޑުބޭ ނަމަކަށް ކިޔާ ގުރޫ ކަށަވަރު ކޮށްދެއްވައިފިއެވެ. 

ހިންދޫ ދީނުގެ 'ގުރޫ'އެއް އިންތިޒާމް ކޮށްގެން ބާއްވާ ދީނީ ހަރަކާތެއް މާލޭގެ ހޮޓަލެއްގައި ބާއްވަން ނިންމައި އެކަން އިއުލާން ކޮށްފައިވާ ޕޯސްޓަރެއް މިއަދު ސޯޝަލްމީޑިއާގައި ވަނީ ދައުރުވެފައެވެ. 

މީސްމީޑިއާގައި ދައުރުވަމުންދާ އެ ޕޯސްޓަރުން އެނގޭ ގޮތުން މި ކުލާސްތަކެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާއެވެ. 
އަދި އޮފްލައިންކޮށް ގެންދާ މި ކްލާސްތަކުގައި ކިޔަވާދޭނެ ކަމަށް ބުނެފައިވަނީ ހިންދޫ ދީނުގެ ބޮޑު ފާދިރީއެއް ކަމުގައިވާ ގަނޭޝް ޑުބޭ ނަމަކަށް ކިޔާ ގުރޫއެއް ކަމަށް އޭގައި ބުނެފައިވެއެވެ. އަދި މިކަމެއް ކުރިއަށް ދާނީ އުނިމާ ގުރޭންޑުގައި ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ޕޯސްޓުގައި ބުނެފައިވާ ގޮތުން މި ކުލާސްތަކުގައި "ވަރުގަދަ ދަރުސްތަކާއެކު މައްސަލަތަކަށް" ހައްލުތައް ލިބިގެންދާނެ އެވެ. 

މިކަމާއި ގުޅިގެން ގިނަބައެއްގެ ނުރުހުން އަމާޒުވެފައި ވަނިކޮށް، އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި، ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އޭނާ އެ ހިންގު ކުލާސްތަކާއި، އެ ހިންގަމުންދާ ހޮޓެލާއި އެއްވެސް ގުޅުމެއް ނޯންނަ ކަމަށެވެ. އަދި އެއީ އެއްވެސް ސިޔާސީ އަދި ދީނީ ބަޔަކާއި ގުޅިގެން ހިންގި އެއްޗެއް ނޫން ކަމަށްވެސް ބުނެފައި ވެއެވެ. 

މިއާއެކު އޭނާ ބުނީ، އޭނާގެ މަގުސަދަކީ ދީނާއި، ފިކުރާއި، އަގީދާ އަށް ބެލުމެއް ނެތި އޭނާގެ އެ ފިލާވަޅައި، އޭނާގެ ތަރުބިއްޔަތު އެންމެނަށްވެސް ފޯރުކޮށްދިނުން ކަމަށެވެ. 

އަދި އެކަމުގެ ސަބަބުން އެއްވެސް މީހަކަށް އޮޅުމެއް އަރާފައިވާ ނަމަ މަޢާފަށް އެދޭ ކަމަށާ، އޭނާގެ މަގުސަދަކީ ހަމަނުޖެހުމެއް ހިންގުން ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަމަށް ބަލާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ފާދިރީގެ ކުލާހާއި ގުޅިގެން މީހުންގެ ނުރުހުން އޭނާއަށް އަމާޒުވުމާއި އެކު ފުލުހުން ވަނީ އޭނާ މީރުމާ ގްރޭންޑް އިން ނެރެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
11 Oct 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޕްޓެމްބަރު މަހު 59 މިލިއަން ރުފިޔާ ދޫކޮށްފި
އެ އެޖެންސީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު މާލީ އެހީ ލިބުނީ ޖުމުލަ 15،571 މީހަކަށެވެ. އޮގަސްޓް މަހާ އަޅާ ބަލާއިރު މިއީ ލިބުނު ފައިސާގެ އަދަދާއި އެހީ ލިބުނު މީހުންގެ އަދަދުވެސް އިތުރުވުމެކެވެ. އޮގަސްޓް މަހު 15،498 މީހަކަށް 58.4 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
11 Oct 2026
ބޮޑުތަކުރުފާނުމަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް: ފެނާއި ނަރުދަމާ ހޮޅި އަޅަނީ
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަހީގެ ބޭނުމަކީ އެ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ހިދުމަތް ހަރުދަނާކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.
11 Oct 2026
ރައްޔިތުންގެ މަޖިލީހަށް ސްޓާލިންކުންދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
މިކަން ކޮށްދޭ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސްޓާރލިނކް ސެޓެލައިޓް އިންޓަރނެޓް ކަނެކްޝަން ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭން ޖެހޭ