ހިންދޫ ފާދިރީ ކުލާސް ނަގަނީ--
ހަބަރު
31 Aug 2023 | 16:51
ފާދިރީ ހޮޓެލުގައި ކުލާސް ނަގާ ކަމަށް ބުނެ އިޝްތިހާރު ކުރީ ހޮޓަލަށް ނޭނގި: އުނިމާ ގްރޭންޑް

ހިންދޫ ފާދިރީ ހޮޓެލް ތެރޭގައި ކުލާސް ނެގުމާއި ގުޅިގެން ޖަހާފައިވާ އިޝާތިހާރު ތަކަކަކީ އެ ހޮޓަލަށް އެނގިގެން ކޮށްފައިވާ ކަމެއް ނޫން ކަމަށް އުނިމާ ގްރޭންޑް އިން ބުނެފިއެވެ. 

ހިންދޫ ދީނުގެ ބޮޑު ފާދިރީއެއް ކަމުގައިވާ ގަނޭޝް ޑުބޭ ނަމަކަށް ކިޔާ ގުރޫއެއް މާލޭގައި ހުންނަ އުނިމާ ގުރޭންޑުގައި، އެ ދީނުގެ ދީނީ ކުލާސްތަކެއް ނަގައިދޭ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެ ހޮޓެލުން ނެރުނު ބަޔާނެއްގައި ބުނީ، އެ 'ގުރޫ' އާއި އޭނާ އާއި އެކު އައިސްފައިވާ އިތުރު ދެމީހަކު އެތަނުގެ އުސޫލާއި ޚިލާފުވެފައިވާތީ ހޮޓެލުން ޗެކްއައުޓް ކޮށްފައިވާ ކަމަށެވެ.

"އަދި މި މީހުން ފޭސްބުކު މެދުވެރިކޮށް ޖަހާފައިވާ އެއްވެސް އިޝްތިހާރަކީ، އެއްވެސް ސިފައެއްގައި މި ގެސްޓުހައުސް އަށް އެނގިގެން ކޮށްފައިވާ ކަމެއް ނޫނެވެ." މީރުމާ ގްރޭންޑް ގެ ބަޔާނުގައި ވެއެވެ. 

ހިންދޫ ގުރޫގެ ކުލާސް ނެގުމާއި ގުޅިގެން ގިނަބައެއްގެ ނުރުހުން އަމާޒުވެފައި ވަނިކޮށް، އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި، ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެ ކޯހުގެ މަގުސަަދާއި ގުޅޭ މައުލޫމާތު ވެސް ދީފައެވެ.

އަދި އޭނާ ބުނީ އެ ހިންގު ކުލާސްތަކާއި، އެ ހިންގަމުންދާ ހޮޓެލާއި އެއްވެސް ގުޅުމެއް ނޯންނަ ކަމަށެވެ. އަދި އެއީ އެއްވެސް ސިޔާސީ އަދި ދީނީ ބަޔަކާއި ގުޅިގެން ހިންގި އެއްޗެއް ނޫން ކަމަށްވެސް ބުނެފައި ވެއެވެ. 

މިއާއެކު އޭނާ ބުނީ، އޭނާގެ މަގުސަދަކީ ދީނާއި، ފިކުރާއި، އަގީދާ އަށް ބެލުމެއް ނެތި އޭނާގެ އެ ފިލާވަޅައި، އޭނާގެ ތަރުބިއްޔަތު އެންމެނަށްވެސް ފޯރުކޮށްދިނުން ކަމަށެވެ. 

މި ގުރޫ ރާއްޖެއަށް އައިސް މިފަދަ ކުލާސްތަކެއް ނަގާފައި ވަނީ، ކުރިއާލާ އެކަން އިޝްތިހާރުވެސް ކޮށްފައެވެ. އަދި ރާއްޖެ އައިސް ހުރި އިރުވެސް އޭނާ ވަނީ އެކަން ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
11 Oct 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޕްޓެމްބަރު މަހު 59 މިލިއަން ރުފިޔާ ދޫކޮށްފި
އެ އެޖެންސީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު މާލީ އެހީ ލިބުނީ ޖުމުލަ 15،571 މީހަކަށެވެ. އޮގަސްޓް މަހާ އަޅާ ބަލާއިރު މިއީ ލިބުނު ފައިސާގެ އަދަދާއި އެހީ ލިބުނު މީހުންގެ އަދަދުވެސް އިތުރުވުމެކެވެ. އޮގަސްޓް މަހު 15،498 މީހަކަށް 58.4 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
11 Oct 2026
ބޮޑުތަކުރުފާނުމަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް: ފެނާއި ނަރުދަމާ ހޮޅި އަޅަނީ
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަހީގެ ބޭނުމަކީ އެ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ހިދުމަތް ހަރުދަނާކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.
11 Oct 2026
ރައްޔިތުންގެ މަޖިލީހަށް ސްޓާލިންކުންދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
މިކަން ކޮށްދޭ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސްޓާރލިނކް ސެޓެލައިޓް އިންޓަރނެޓް ކަނެކްޝަން ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭން ޖެހޭ