ޑރ މުއިއްޒު އަތޮޅަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
31 Aug 2023 | 16:50
ތާއީދުކުރާތީ ވަޒީފާއިން ކަނޑާލާ މީހުންގެ ވަޒީފާ އިޔާދަކޮށްދޭނަން: ޑރ މުއިއްޒު

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒަށް ތާއީދުކުރައްވާތީ، އަދި އެމަނިކުފާނަށް މަރުޙަބާ ދަންނަވަން ނިކުމެގެން ވަޒީފާއިން ކަނޑާލާ މީހުންގެ ވަޒީފާތައް އިޔާދަކޮށްދޭނެކަމަށް ޑރ މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ބ ދަރަވަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ނެވެ. 

ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރިޔާސީ ކެމްޕޭނުގެ ދަތުރުފުޅުތަކުގައި ރަށްތަކަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ނިކުންނަން ބޭނުންވެފައި ތިބޭ އެތައް ބިރުން ނުނިކުމެ ތިބޭ ކަމަށެވެ.

އެގޮތުން ގިނައީ ސަރުކާރުގެ ވަޒީފާތަކާއި، ކުންފުނިތަކުގައި ތިބޭ ފަރާތްތައްކަން ފާހަގަކުރައްވާ ޑރ މުއިއްޒު ވިދާޅުވީ، އެމަނިކުފާނަށް މަރުހަބާ ދަންނަވަން ނިކުމެގެން، ނުވަތަ ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން ޑރ މުއިއްޒަށް ތާއީދުކުރައްވާތީ ވަޒީފާއިން އެއްވެސް މީހަކު ވަކިކޮށްފިނަމަ، އެ މީހެއްގެ ވަޒީފާ އިޔާދަކޮށްދެއްވާނެ ކަމަށެވެ. 

"މިހާރު ވަޒީފާއިން ކަނޑާލިޔަސް، އަލުން އަނބުރާ އެ ވަޒީފާތައް ދޭނަން. މުސާރަތައް މިހާރަށްވުރެ ވެސް ރަނގަޅުކުރުން އަޅުގަނޑުމެންގެ ވިސްނުމަކަށް ވާނީ. ވަޒީފާގެ ޔަގީންކަމާއި މުސާރަ ބޮޑުވުމުގެ ޔަގީންކަމާއި އެކީގައި އަޅުގަނޑު މި ދަންނަވަނީ ތިބޭފުޅުން އަޅުގަނޑުމެންނާއި އެކީގައި ކެމްޕޭނުގެ މަސައްކަތްތައް ވަރުގަދައަށް އުޅެދެއްވާ މި އިންތިޚާބު ކާމިޔާބުކުރުމުގެ މަސައްކަތް ކުރައްވާށޭ"

ޑރ މުހައްމަދު މުއިއްޒު 

ޑރ މުއިއްޒު ވިދާޅުވީ ވަޒީފާގެ ބިރުވެރިކަން ނައްތާލަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ގޮތުން ވަކި މީހަކަށް ތާއީދުކުރާތީ ވަޒީފާގެ ބިރުދައްކާ އެފަދަ މާހައުލެއްގައި ރައްޔިތުން ބައިތިއްބުމަކީ ނިމުމަކަށް ގެންނަން ޖެހޭ ކަމެއްކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެއާއެކު އެމަނިކުފާނު ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި މި ސަރުކާރުން ވަޒީފާދިން އެއްވެސް މީހެއް ވަޒީފާއިން ވަކި ނުކުރާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. އަދި ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ މަހު ފަހިކޮށްދެއްވާނެ ކަމަށެވެ. 

އޭގެ އިތުރުން އިޤްތިޞާދު ރަނގަޅުވަމުން އަންނަ ނިސްބަތަކުން މަސައްކަތްޕުޅު ކުރައްވާނީ ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ މުސާރަތައް ރަނގަޅުކުރުމަށް ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Aug 2026
ޕީއެންސީގެ މެމްބަރުންގެ އަދަދު 71،000 އަށް އަރައިފި
މި އަދަދަށް މެމްބަރުން އިތުރުވި މައިގަނޑު ސަބަބަކީ ސަރުކާރާމެދު ރައްޔިތުންގެ އޮތް އިތުބާރުކަމަށް މުންދު ވިދާޅުވިއެވެ.
26 Aug 2026
ބޭރު ފައިސާ ކަޅު ބާޒާރުގައި ވިއްކުން ކުށަކަށް ހަދާ ބިލު މަޖިލީހުން ފާސްކޮށްފި
އެމްއެމްއޭގެ ރޭޓަށްވުރެ މަތިން ބޭރު ފައިސާ ވިއްކުމާއި އިސްތިހާރުކުރުން ޖިނާއީ ކުށަކަށް ހަދާ ބިލު 47 މެންބަރުންގެ ވޯޓާއެކު މަޖިލީހުން ފާސްކޮށްފިއެވެ.
26 Aug 2026
ކައުންސިލްތަކުގެ އިހްތިސާސްގައި ހުންނަ ބިންތައް ސަރުކާރަށް ނެގޭ އިސްލާހް ފާސްކޮށްފި
މަޖިލީހުގައި ނެގުނު ވޯޓުގައި 47 މެމްބަރަކު ވަނީ ބިލް ފާސްކުރަން ވޯޓުދީފައެވެ. މި ބިލަށް ވޯޓު ނުދެނީ އެމްޑީޕީއަށް ނިސްބަތްވާ 11 މެމްބަރުންނެވެ.
26 Aug 2026
މަންފާ ޤުރުއާން ކޭމްޕް މަހިބަދޫގައި ފަށައިފި
މަންފާ އެކަޑަމީން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ރާއްޖޭގެ ރަށެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "މަންފާ ޤުރުއާން ކޭމްޕް" ގެ ފުރަތަމަ ކޭމްޕް އދ. މަހިބަދޫގައި ފަށައިފިއެވެ.
26 Aug 2026
ޝައްމޫން ހަމީދު އެޗްއާރުސީއެމަށް އައްޔަނުކުރުމަށް މަޖިލީހުން ރުހުން ދީފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަންމޫން އެ މަގާމަށް އައްޔަންކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.
26 Aug 2026
ރިސޯޓްތަކަށް ލިބޭ އާމްދަނީގެ %40 ރާއްޖޭގެ ބޭންކުތަކަށް މާރުކުރަންޖެހޭ އިސްލާހް ފާސްކޮށްފި
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ޑޮލަރު، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން ލާޒިމްވާ ގޮތަށް ޤާނޫނަށް އިސްލާޙު ގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
26 Aug 2026
ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 14 ކުދިން މަރުވެއްޖެ
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ސަރުކާރުގެ މައި ހޮސްޕިޓަލެއްގެ ނާސަރީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އަލަށް އުފަންވި މަދުވެގެން 14 ކުދިން މަރުވެއްޖެއެވެ.
26 Aug 2026
ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސީރިއާ އުނިކުރުމުން ސަރުކާރުން މަރުޙަބާ ލ
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މިއީ ސީރިއާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށާއި، މި ކާމިޔާބީއަށްޓަކައި އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުން ހޫނު މަރުޙަބާއެއް ކިޔާ ކަމަށެވެ. އަދި ސީރިއާގެ ރައްޔިތުންނަށް އަމަންއަމާންކަމާއި، ހަމަޖެހުމާއި، ފާގަތިކަމަށް އެދި ދިވެހިރާއްޖެއިން ވަނީ ހެޔޮއެދުންތައް ފޮނުވާފައެވެ.