މުޢިއްޒުގެ ކެންޕެއިން ބައްދަލުވުމުގައި ޝިޔާމް ވާހަކަ ދައްކަވަނީ--ފޮޓޯ/ ވޮއިސް
ހަބަރު
01 Sep 2023 | 13:10
ކިތަންމެ ވަރަކަށް ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުން މާޔޫސްކުރަން އުޅުނަސް އެކަމެއް ނުވާނެ: ޝިޔާމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މި ސަރުކާރުގެ އެންގުމަށް، ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން މާޔޫސްކުރަން ބައެއް މީޑިއާ ތަކުން މަސައްކަތް ކުރި ނަމަވެސް، އެކަމެއް ނުވާނެ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ކުރީގެ ރައީސް، އަދި އިދިކޮޅުު ޕީޕީއެމް ގެ ލީޑަރ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ތާއީދު،  ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު އަށް ނެތް ކަމަށް ދޭހަވާ މޭރުމުން އޮންލައިން ނޫހެއްގައި ލިޔެފައިވާ ޚަބަރެއް ހިއްސާ ކުރައްވަމުން ޝިޔާމް ކުރެއްްވި ޓުވީޓެއްގައި ވިދާޅުވީ އެފަދަ ޚަބަރުތައް ލިޔުއްވަނީ ޕީޕީއެމް ސަޕޯޓަރުން މާޔޫސް ކުރަން ކަމަށެވެ. އަދި އެފަދައިން ކަން ކުރި ނަމަވެސް އެހެން އެގޮތަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިއާއެކު ޝިޔާމް ވިދާޅުވީ އިދިކޮޅު އެންމެން ތިބީ ރައީސް ޔާމީނަށް، ރައީސް ޞާލިހު ކުރައްވަމުންދާ އަނިޔާ ނިންމައި ޑރ.މުއިއްޒު އިންތިޚާބުކުރަން ބަދަހިކަމާއި އެކުއެކީގައި ކަމަށެވެ.

"މިތިބީ ރައީސް ޔާމީނަށް ‎ރައީސް ޞާލިހު މިކުރާ އަނިޔާ ސެޕްޓެމްބަރ 9 ގައި ނިންމާ ޑރ.މުއިއްޒު އިންތިޚާބުކޮށް ރައީސް ޔާމީން މިނިވަންކުރަން. މިބަދަހިކަން  ރޫޅާނުލެވޭނެ إن شاء الله" ޝިޔާމް ވިދާޅުވިއެވެ. 

ބުދަ ދުވަހު އޮތް ވ. އާރަށް ކުއްޔަށް ދިނުމުގެ ތެރެއިން ރިޝްވަތު ނެންގެވި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ނިންމާލުމަށްފަހު އިއްޔެ ކޯޓު ރޫމު ތެރޭގައި ހުންނަވައި ކަމަށް އެތަނުގައި އެވަގުތު ތިބި ޕީޕީއެމްގެ ބައެއް މެންބަރުންނާއި ދިމާއަށް، "ޕާޓީ މިއަދު އޮތް ގޮތުން، އަޅުގަނޑާ ބޮލާލާ ޖަހާފައި އެ ގޮތަށް ނުކުމެގެން މުއިއްޒަށް ހަމަ ވޯޓު ގެއްލޭނީ،" ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް އެ ނޫހުގައި ވެއެވެ. 

އަދި "މުއިއްޒު އެ ޖައްސަވަނީ އަމިއްލަ ފަޔަށް ބަޑި" ކަމަށްވެސް އެމަނިކުފާނު ވިދާޅުވި ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.