ހަބަރު
01 Sep 2023 | 16:18
"ހުރިހާ ސިޔާސީ ޕާޓީއެއްގެ ޝައުގުވެރިކަން އޮތީ ޑރ މުއިއްޒަށް ހުއްޓިފައި؛ ޚާއްސަކޮށް ސަރުކާރުގެ"

ހުރިހާ ސިޔާސީ ޕާޓީއެއްގެ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ތަރުޖަމާނު ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ދެއްވާ ޕްރެސް ކޮންފަރެންސްތަކުގައި ވާދަވެރި ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒުގެ ވާހަކަފުޅު ހުއްޓާނުލައްވާ ދައްކަވަމުން ގެންދަވާތީ އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ފާޑުވިދާޅުވެއްޖެ އެވެ. 

ނައިފަރުގައި އޮތް ޑރ މުއިއްޒުގެ ރިޔާސީ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވޯޓުނަގަން ހަފްތާއަކަށް ކުޑަތަން ވެފައި ވަނިކޮށް، ކެމްޕޭނު ކުރެއްވުމުގެ ބަދަލުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވާދަވެރިން ދައްކަވަމުން ދަނީ އެ ކޯލިޝަންގެ ކެންޑިޑޭޓު ޑރ މުއިއްޒުގެ ވާހަކަފުޅު ކަމަށެވެ. 

ހުރިހާ ސިޔާސީ ޕާޓީއެއްގެ ޝައުގުވެރިކަން އޮތީ ޑރ މުއިއްޒަށް ހުއްޓިފައި ކަމަށާއި، ހުރިހާ ޕާޓީތަކުން ވެސް މަސައްކަތް ކުރައްވަމުން ދަނީ ޑރ މުއިއްޒު ކުޑައިމީސްކޮށް އެމަނިކުފާނު ބަދުނާމުކުރުމަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ވަކިން ޚާއްސަކޮށް ސަރުކާރުން އެކަން ކުރަމުން ގެންދާ ކަމަށާއި، ރައީސް ޔާމިނުގެ ނަންފުޅު ބޭނުން ކުރައްވައިގެން ވެސް ޑރ މުއިއްޒު ބަދުނާމުކޮށް ދޮގު ވާހަކަތައް ދެއްކުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ މި ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހުގެ ތަރުޖަމާނު މާރިޔާ ދީދީ ވެސް އަބަދުވެސް ދައްކަވަމުން ދަނީ ޑރ މުއިއްޒުގެ ކޮންމެވެސް ވާހަކަފުޅެއް ކަމަށެވެ. އެކަމަނާގެ ޒިކުރާ އަކީ، އަދި ކޮންމެ ޕްރެސް ކޮންފަރެންސްއެއްގައި ތަސްބީހައެއް ހެން ކިޔުއްވަނީ ޑރ މުއިއްޒުގެ ނަންފުޅުކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ކެންޕެއިން ތަރުޖަމާނު މާރިޔާ--ފޮޓޯ/ ދެން

"ޕްރެސް ކޮންފަރެންސް ބާއްވައިގެން މާރިޔާ މި ކިޔާ އެއްޗަކީ މުއިއްޒު މުއިއްޒު މުއިއްޒު.... ކޮންމެ ނަމާދެއްގެ ފަހުން ސުބްޙާނަالله ކިޔާހެން މުއިއްޒު މުއިއްޒު މުއިއްޒު މުއިއްޒު.. މީ އަޖައިބުވެގެން އަންތަރީސްވާ ވަރުކަމެއް ނޫން ތޯ" 

ޕީއެންސީގެ ރައީސް އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމިނުގެ ތާއީދު ޑރ މުއިއްޒަށް ނެތްކަމަށް ބުނެ ޚަބަރުތަކުގައި ތަފާތު ވާހަކަތައް ލިޔަމުންދަނީ ސަރުކާރު އަޑީގައި އޮވެގެން ކަމަށެވެ. 

ރައީސް ޔާމިނު ވިދާޅުވާ އެއްޗެއް ސަރުކާރަށް، ނުވަތަ ރައީސް ޞާލިހާއި މާރިޔާ ދީދީއަށް އެނގިވަޑައިނުގަންނަވާނެ ކަމަށާއި، ރިޔާސީ ކެމްޕޭނު ހަރަކާތްތައް ކުރިއަށް ގެންދަވަނީ ރައީސް ޔާމިނުގެ އިރުޝާދާއި އެކު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން އެދިވަޑައިގަންނަވަނީ މި ރިޔާސީ އިންތިޚާބު ޑރ މުއިއްޒަށް ކާމިޔާބުކޮށްދިނުމަށް އެމަނިކުފާނަށް ތާއީދުކުރައްވާ ހުރިހާ ރައްޔިތުން ގަދައަޅާ މަސައްކަތްކޮށްދެއްވުމަށް ކަމަށެވެ.

އެމަނިކުފާނާއި ގުޅުވާ ސަރުކާރާއި، އެމަނިކުފާނުގެ ވާދަވެރިން ދައްކަވަމުންދާ ފިތުނަވެރި ވާހަކަތަކުގައި ރައްޔިތުން ޖެހިވަޑައިނުގެން، މި ރިޔާސީ އިންތިޚާބު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ކާމިޔާބުކޮށްދެއްވުމަށް ގަދައަޅާ މަސައްކަތްކޮށްދެއްވުމަށް ރައީސް ޔާމީނު އެދިވަޑައިގަންނަވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.