ކުރީގެ ނާއިބު ރައީސް މުހައްމަދު ޖަމީލް-- ފޮޓޯ/ ވޮއިސް
ހަބަރު
02 Sep 2023 | 16:18
ދީނީ މީހުން ހުތުރު އެއްޗެހި ކިޔުމަކީ ދީނާ ދުރަށް މީހުންހިނގައި ދާނެ ސަބަބެއް: ޑރ. ޖަމީލް

ރާއްޖޭގައި އެންމެ ހުތުރުކޮށް މީސްމީހުންނަށް އެއްޗެހި ކިޔާމީހުންގެ ތެރޭގައި ދީނީ މީހުން ހިމެނިގެން ދިޔުމަކީ، ދީނާ ދުރަށް މީހުން ހިނގައި ދާނެ ސަބަބަކަށް ވެދާނެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި އެމްޑީޕީގެ "އުފާވެރި މާލެ" ޖަލްސާގައި ވާހަކަ ދައްކަވަމުން، އަދާލަތު ޕާޓީގެ ރައީސް, އަދި ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله ވަނީ ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒަށް ނިސްބަތް ކުރައްވައި ވަރަށް ހުތުރު ބަހުން ވާހަކަ ދައްކަވާ ފާޑުވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, އެފަދަ ކަންކަމުގެ ސަބަބުން މީހުން ދީނާއި ދުރަށް ހިނގައިދާނެ ކަމަށާ އެއީ ވަރަށް ނުބައި ނަތީޖާ ނިކުމެދާނެ ކަމެއް ކަަމަށެވެ. 

"ކީރިތި ރަސޫލާގެ ޙަދީޘް ފުޅެއްގައި ވަނީ 'މުސްލިމުންގެ ސިފަޔަކީ ތިމާގެ ދުލާއިއަތުން އަނެއް މުސްލިމާއަށް ރައްކާތެރިކަން ލިބިގަތުމެވެ.'" ޖަމީލްގެ ޓުވިޓުގައި ވިދާޅުވި އެވެ. 

އެމްޑީޕީން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި އެޕާޓީގެ ބޮޑު ޖަލްސާގެ ޕޯޑިއަމަށް އަރުއްވާފައި ވިދާޅުވީ " އަޅުގަނޑު މިރޭ ކުޑަކޮށް މުއިއްޒުގެ ވާހަކަ ދައްކާނުލައި ފޭބުން ހަމަ އެއްގޮތަކަށްވެސް ހެޔޮނުވާނެ" ކަމަށެވެ.

ދެން ވިދާޅުވީ މުއިއްޒުގެ ސިޔާސީ ވަރަފެޅީ އަދާލަތު ޕާޓީގެ ހާލީގައި އޮވެގެން ކައިބޮއިގެންކަމަށެވެ.

" ( ނަޝީދުގެ ސަރުކާރުގެ ) ވެރިކަން ބަދަލުވެގެން މަގާމްތައް ބަހަންޖެހުނުވަގުތުގައި ކުޑަކުއްޖަކު މަންމަގެ ކައިރިއަށް އައިސް ރޯހެން އަޅުގަނޑު ކައިރީގައި ވަޒީފާއަށް އައިސް ރުއީ. އަޅުގަނޑު މުއިއްޒަށް ވަޒީފާ ދިނީ މަންމަގެ ލަގޮނޑިއަށް ކެތްނުވާފަދައިން އަޅުގަނޑުގެ ލަގޮނޑިއަށް ކެތް ނުވެގެން މުއިއްޒަށް މަގާމްދިނީ."

ޢިމްރާން އަބްދުالله 

ދެން އައި ޔާމީންގެ ވެރިކަމުގައި ޔާމީން މިނިސްޓަރުކަން ދެއްވީ މުއިއްޒު ސަން ޓްރެވަލް ސިޔާމު ކައިރީގައި "ގޮނޑިއަޅައިގެން ދޮރުދަށުން ނުތެދުވެ" ވަޒީފާ ލިބޭތޯ އާދޭސްކޮށްގެން ސިޔާމުވެސް ވަޒީފާދިނީ އޭނާގެ ލަގޮނޑިއަށް ކެތްނުވެގެން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

"މިފަދަގޮތަކަށްގޮސް ދައުރު ނިންމާލައިފި. ޔާމީން ޖަލަށް ވަދެއްޖެ. މުއިއްޒު ހުރީ ވެރިކަމަށް ފައްކާވެ ތައްޔާރުވެފައި. ހިތުގެ އަޑިން ކިޔާލަ ކިޔާލާ އޮތީ ޔާމީން ޖަލަށް ލައްވާނދޭވެ. ކޯޓަށް ވަޑައިގެން އެތާގައި އިންއިރުވެސް މީނާގެ ހިތުގައި އޮތީ ގާޒީ ހުކުމް ކުރައްވާނދޭވެ މީނަ ޖަލުގައި އޮވޭތޯ، ނިންމާލައިފި. ޔާމީނަށް ކުރިމަތި ނުލެވޭގޮތަށް ގާޒީ ހުކުމް ކޮށްފި. މުއިއްޒު އުފަލަކުން ހެޔެއްނެތް. ދެން ވަގަށް ޓިކެޓެއް ނެގި މީހަކު ހޮވޭނެތޯ" އެވާހަކަތައް ދެއްކެވުމަށްފަހު ދުއާކުރެއްވީ އެމްޑީޕީ ވެރިކަމަށް ގެނެވޭތޯ ކުރާ މަސައްކަތުގައި الله ބަރަކާތް ލެއްވުމަށް އެދިއެވެ.

ޢިމްރާން އާއި އެމްޑީޕީގެ ފަރާތުން ވާހަކަދެއްކެވި އެހެން ބޭފުޅުންގެ ވާހަކަތަކާއި ގުޅުވައި، ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ސަރުކާރުން މުޢިއްޒަށް ފާޑުކިޔަނީ، އެމަނިކުފާނަކީ ތަޢުލީމީ ގާބިލު ޒުވާނަކަށް ވީމާ ކަމަށް ވިދާޅުވެފައެވެ. 

 މޭވާ އަޅާ ގަހަށް ގާއުކާނެ. އެކަމަކު ބައްލަވާ މުއިއްޒު އެއިން އެއްވެސް ބެފުޅަކަށް އެއްޗެއް ނުކިޔުއްވާ. އަޅުގަނޑު ވަރަށް ކުރިއްސުރެވެސް މުއިއްޒު ދަންނަން. އެމަނިކުފާނަކީ ވަރަށް އަޚްލާގު ރަނގަޅު ބޭފުޅެއް. ހީވާގި މުރާލި ބޭފުޅެއް. އަޅުގަނޑުމެންގެ ގައުމުގެ ވެރިއަކަށް މިއެކާވީސްވަނަ ގަރުނުގައި އަންނަންވީ މިކަހަލަ ސިފަތަކެއްހުރި މިޒަމާނުގެ ތައުލީމް ލިބިފައިވާ ބޭފުޅެއް." ޑޮކްޓަރ ޝަހީމް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.