ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސަޢީދު-- ފޮޓޯ/ ވޮއިސް
ހަބަރު
02 Sep 2023 | 20:00
"ސިނަމާލެ ބުރިޖުގައި އިތުރު ލޭނެއް އަޅަން ވައުދުވާއިރު، ތިލަމާލޭ ބުރިޖަށް ވާނުވާވެސް ރައީސް ޞާލިހަށް ނޭނގެ"

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ދެވަނަ ދައުރެއްގައި ސިނަމާލޭ ބްރިޖުގައި އިތުރު ލޭނެއް އަޅުއްވަން ވަޢުދުވެވަޑައިގެންފައި ވާއިރު، އެމަނިކުފާނު ވެރިކަމަށް ވަޑައިގަންވަން ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވަޢުދު ކަމުގައިވާ ތިލަމާލޭ ބްރިޖުގެ މަޝްރޫއު އަށް ވާނުވާވެސް އެނގިވަޑައި ނުގަންނަވާ ކަމަށް، ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

އެމްޑީޕީގެ މާލޭގެ ޕްލޭން އިއުލާން ކުރުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި މާލެ އަށް އެމްޑީޕީން ގެންގުޅޭ ތަސައްވަރު ހާމަކޮށްދޭ ވީޑިއޯއެއް އާންމުކޮށްފައިވާއިރު އޭގައިވާ ގޮތުން ސިނަމާލެ ބްރިޖްގެ ތޮއްޖެހުން ކުޑަކުރުމަށް ބްރިޖު ފުޅާކުރުމުގެ މަސައްކަތް ކުރަން ވަނީ ނިންމައިފަ އެވެ.

ޕްލޭނުގައިވާ ގޮތުން ބްރިޖަށް އިތުރު ދެ ލޭން އިތުރުކޮށް، ޕަބްލިކް ޓްރާންސްޕޯޓް ފުޅާކުރުމަށް ރޭލްގެ ހިދުމަތް ފަށާނެ އެވެ. އެ ހިދުމަތް ފަށާނީ ސިނަމާލެ ބްރިޖު ހިނެމޭ ގޮތަށް ވިލިމާލެ ބްރިޖު ވެސް ހިމެނޭ ގޮތަށެވެ.

އެކަމާއި ގުޅިގެން ސަޢީދު ކުރެއްވި ޓްވީޓެއްގައި ވަނީ، އެކަން ކުރުމަށްޓަކައި، މިހާރު ހުރި ބްރިޖުގެ ބައި ތަކާއި ސްޓްރަކްޗަރ އަށް އިތުރު ބަދަލެއް ނުގެނެސް، އެކަން ކުރެވޭނެ "ރައީސް ޞާލިހު ފަދަ އިންޖީނިއަރެއް ހޯއްދަވަން ޖެހޭނެ" ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ. 

އެހެން އެކަން ނުކުރެވޭނެ ނަމަ، ދެން ޖެހޭނީ، މިހާރުގެ ބްރިޖު ކައިރީ، އެއާއި އެއް ސަފެއްވާގޮތަށް، ރެއިލް ޓްރެކްސް ހިމެނޭ އައު ބްރިޖެއް އަޅަން ކަމަށާ، އެކަމަށްޓަކައި އަނެއްކާ އިތުރު 300-400 މިލިއަން ޑޮލަރާއި, ދުނިޔޭގެ ފެންވަރުގެ އިންޖީނިއަރުން ބޭނުންވާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ. 

މިއާއެކު ސަޢީދު ވިދާޅުވީ، އައު ލޭނުގެ ވާހަކަ ދައްކަވާއިރު, މި ދައުރުގައި ރައީސް ޞާލިހު އަޅުއްވާނެ ކަމަށް ވިދާޅުވި ތިލަމާލެ ބްރިޖަށް ވާނުވާ ވެސް އެމަނިކުފާނަށް އެނގި ނުލައްވާ ކަމަށެވެ. 

"600 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ތިލަމާލޭ ބްރިޖަށް ވާނުވާވެސް އެމަނިކުފާނަށް ނޭނގޭ. އެތަން ނިންމަން މަދުވެގެން 8 އަހަރާއި 10 އަހަރުގެ މުއްދަތެއް ނަގާނެ. އެ ބުރިޖު އެޅުމަށް ކަނޑު އަޑީގައި ހާވާފައިވާ ހައިޖާނާއި, އޭގެ އިންޖީނިއަރިންގ ގެ ހުރި ފެންވަރެއް ދެނެވޮޑިގެންވާނީ މާތް ރަސްކަލާނގެ އެކަނި." 

މުހައްމަދު ސަޢީދު 

މިއާއެކު ސަޢީދު ވިދާޅުވީ، ރައީސް ޞާލިހުގެ ކިބައިން އެމްޑީޕީ ވެސް މިންޖުވާން ޖެހޭ ކަމަށެވެ. އެޕާޓީއަށް ފައިދާ ހުރި ގޮތަކީ އެއީ ކަމަށްވެސް ސަޢީދު ވިދާޅުވި އެވެ. 

"އެމަނިކުފާނުގެ (ރައީސް ޞާލިހުގެ) ވެރިކަމަކީ ބޮޑު ޖޯކެއް. އެއީ އިގްތިޞާދާއި ގައުމުގެ ސިޔާދަތަށް ހުރި ނުރައްކަލެއް." ސަޢީދު ވިދާޅުވިއެވެ. 

ރައީސް ޞާލިހު ވެރިކަމަށް ވަޑައިގަންނަވަންވެގެން ވެ ވަޑައިގެންނެވި އެންމެ ބޮޑު އެއް ވަޢުދަކީ ތިލަމާލޭ ބުރިޖުގެ މަޝްރޫއުއެވެ. އެ މަޝްރޫއު، ނިމިދިޔަ އޮގަސްޓު މަހުތެރޭގައި ނިމޭނެ ކަމަށް ވެސް ޕްލޭނިންގ މިނިސްޓްރީން މީގެ ކުރިން ބުންޏެވެ. އެހެން ނަމަވެސް، މިހާރު އެ ބްރިޖު ނިމޭނެ ކަމަށް ލަފާކޮށްފައި ވަނީ، އަންނަ އަހަރަށެވެ. 

ކޮމެންޓް
ހިލަބެ
ސިނަމާލެ ބުރިޖަކީ މާލޭންހުޅުމާލެއަށް އަޅާފަެިވާބުރިޖް އެކޮއި
02 Sep 2023
ގުޅޭ ލިޔުންތައް
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.