މުޢިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް-- ފޮޓޯ/ ޕީޕީއެމް
ހަބަރު
02 Sep 2023 | 21:15
ޑރ. މުޢިއްޒާއި ދެކޮޅަށް ފަތުރަމުންދާ ހަގީގަތާއި ޚިލާފު ވާހަކަތައް، ތަރުޖަމާނު ސާފުކޮށްދީފި!

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ގުޅިގެން ފަތުރަމުން ގެންދާ ހަގީގަތާއި ޚިލާފު ވާހަކަތަކަށް އެމަނިކުފާނުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ރައްދު ދެއްވައިފިއެވެ.

"އަދަދު" ނޫހުގައި "ބިދޭސީ ކުންފުނިތަކަކުން މުއިއްޒުގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ" މި ސުރުޚީގެ ދަށުން ލިޔެފައިވާ ޚަބަރާއި ގުޅިގެން މީޑިއާ ތަކަށް މަޢުލޫމާތު ދެއްވަމުން ތޮލާލް ވަނީ، އެކަން ދޮގު ކުރައްވައި އެކަމުގެ ހަގީގަތް ހާމަކޮށްދެއްވާފައެވެ. 

އެގޮތުން ތޮލާލް ވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން ޑރ. މުއިއްޒުގެ އެކައުންޓަށް ކޮންމެ މަހަކު ޖަމާވާ ޑޮލަރަކީ އެމަނިކުފާނުގެ ރޯހައުސް އިން ކުއްޔަށް ދެއްވާފައިވާ 2 އެޕާޓްމަންޓުން ކުލީގެ ގޮތުގައި އެފަރާތްތަކުން ދައްކަމުން ގެންދާ ފައިސާ ކަމަށެވެ. މީގެ ތަފްސީލުތައް ބޭންކަށްވެސް ޑިކްލެއާ ކުރެވިފައިވާނެ ކަމަށާ، އެމީހުންނަކީ 2015ގައި ރޯހައުސް ލިބިވަޑައިގަތް ހިސާބުންފެށިގެން ކުއްޔަށް ނަގައިގެން އުޅޭ ބައެއް ކަމަށް ތޮލާލް ވިދާޅުވި އެވެ. އަދި އެތަނުން ސަރުކާރަށް ދައްކަންޖެހޭ އިންކަމް ޓެސްވެސް މުޢިއްޒު ދައްކަވަމުން ގެންދަވާ ކަން ތޮލާލް ފާހަގަކުރެއްވިއެވެ.  

ތޮލާލް އިތުރަށް ވިދާޅުވީ، ކުލީގެ ގޮތުގައި ފުރަތަމަ ޑޮލަރުން ފައިސާ ދެއްކި ނަމަވެސް ފަހުން ފައިސާ ދައްކަމުންގެންދަނީ އެއަދަދަށް ދިވެހި ފައިސާގެ މަގުން ކަމަށެވެ.

"ޑރ މުއިއްޒި ފޮރުވަން އަދި ސިއްރު ކުރަން ވެސް އެއްވެސް ކަމެއް ނޯންނާނެ. އެއްވެސް ޝައްކެއް އޮތް ނަމަ ތަހުގީހު ކުރައްވާ. އެއްބާރުލުން ދެއްވާނެ." ތޮލާލް މީޑިއާ ތަކަށް ފޮނުއްވި މެސެޖުގައި ވެއެވެ. 

މީގެ ކުރިންވެސް އަދަދު ނޫހުން ވަނީ، ޑރ. މުޢިއްޒަށް ޕީޕީއެމްގެ ލީޑަރ އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ތާއީދު ނެތް ކަމަށް ބުނެ ޚަބަރު ފަތުރާފައެވެ. އެކަންވެސް ޕީޕީއެމުން ވަނީ ދޮގު ކޮށްފައެވެ. އަދި އެފަދައިން ކަން ކުރަނީ ސަރުކާރުން އަންގައިގެން ކަމަށްވެސް އިދިކޮޅުން ތުހުމަތު ކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.