ޑރ މުއިއްޒު ރިޔާސީ ބަހުސްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
03 Sep 2023 | 11:49
ރައީސް އޮފީހުން ކޯޓުތަކަށް އަތްބޭނުން ހުއްޓުވާނަން: ޑރ މުއިއްޒު

ކޯޓުތަކަށް ރައީސް އޮފީހުން ފޯރުވަމުން ގެންދާ ނުފޫޒު ވެރިކަމަށް ހުވާކުރައްވާ ފުރަތަމަ ދުވަހު ނިމުމަކަށް ގެންނާނެ ކަމަށާއި، އެ ހިސާބުން ރައީސް ޔާމިނު މިނިވަންވެގެންދާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ ވެރިކަމަށް އިންތިޚާބުވެއްޖެ ނަމަ ރައީސް ޔާމިނާއި ދޭތެރޭގައި ކަންތައް ކުރައްވާނެ ގޮތް ސާފުކޮށްދެއްވުމަށް އައްސަވާ ރިޔާސީ ކެންޑިޑޭޓުންގެ ބަހުސުގައި ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ނެވެ. 

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނު މި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް ޔާމީނުގެ ފުރިހަމަ ތާއީދާއި އެކުގައި ކަމަށެވެ. އަދި އެމަނިކުފާނަށް އެރުވި ޓިކެޓަކީވެސް ރައީސް ޔާމިނުގެ ތާއީދާއެކު ލިބިގެންދިޔަ ޓިކެޓެއް ކަމަށެވެ. 

ރައީސް ޔާމީން މިވަގުތު ނުހައްގު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އެއީ އިންތިހާއަށް ސިޔާސީ ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ހުކުމެއްކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. އެއާއެކު އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީނަކީ މައުސޫމު ބޭފުޅެއް ކަމަށާއި، ޝަރުއީ ދާއިރާއަށް އޮތް ނުފޫޒު ނައްތާލާ ކޯޓުތައް މިނިވަން ކުރުމާއެކު، ރައީސް ޔާމީން މިނިވަންވެގެންދާނެ ކަމަށެވެ. 

ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ ރައީސް އޮފީހުން ކޯޓުތަކަށް ނުފޫޒު ފޯރުވުން ހުއްޓުވުންކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. އެއާއެކު ރައީސް ޔާމީނު މިނިވަން ވެގެންދާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ޑރ މުއިއްޒު ރިޔާސީ ބަހުސްގައި ވާހަކަދައްކަވަނީ

"އަޅުގަނޑަށް ރައްޔިތުން އިތުބާރުކޮށް ވެރިކަން ހަވާލުކުރާ ދުވަހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޯޓުތަކަށް އަތްބޭނުން ނިމުމަކަށް އަންނާނެ ދުވަސް. އެދުވަހު ރައީސް ޔާމީން މިނިވަންވާނެ އިރާދަކުރެއްވިއްޔާ. ރައިސް ޔާމީން އެ ހުރީ ސިޔާސީ ނުފޫޒާއި އެކީގައި ނުހައްގު ހުކުމެއް ކޮށްފައި. އެމަނިކުފާނަކީ މައުސޫމު ބޭފުޅެއް"

ޑރ މުހައްމަދު މުއިއްޒު

ރައީސް ޔާމިނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިވަޑައިގަތީ، އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސުޕްރިމް ކޯޓުން ދެމެހެއްޓުމާއި ގުޅިގެންނެވެ. 

މިއަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ފޯމު ހުށައެޅުމަށް ހުޅުވާލިއިރު، ރައީސް ޔާމިނު ހުންނެވީ އެމަނިކުފާނުގެ މައްޗަށް އާރަށުގެ މުއާމަލާތާއި ގުޅުވާ ކޮށްފައިވާ 11 އަހަރުގެ ޖަލުހުކުމެއްގަ އެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން އެ މައްސަލަ އިސްތިއުނާފުކޮަށް ދެ މަހަށްވުރެ ގިނަ ދުވަސް ވެގެންދިޔައިރު ވެސް އެ މައްސަލައާއި މެދު އޮތީ ގޮތެއް ނުނިންމައެވެ. 

ރައީސް ޔާމިނުގެ އިސްތިއުނާފު މައްސަލަ ނުނިމި އޮތް އޮތުމަކީ، ސުޕްރިމްކޯޓުން ކެންޑިޑެސީ މައްސަލަ، އެމަނިކުފާނާއި ދެކޮޅަށް ނިންމި މައިގަނޑު ސަބަބުކަމަށް ގާނޫނީ ވަކީލުން ފާހަގަކުރައްވަ އެވެ. 

އެއާއެކު އިދިކޮޅު ކޯލިޝަން ތަމްސީލުކުރައްވާ ކެންޑިޑޭޓަކީ ޑރ މުހައްމަދު މުއިއްޒުކަމުގައި ކަނޑައަޅާ އެމަނިކުފާނުގެ ނަންފުޅު ހުށައެޅިއެވެ. ހައްސާސް ކަންތައްތަކެއްގެ ތެރެއިން ޑރ މުއިއްޒުގެ ރިޔާސީ ކެންޑިޑެސީ ކަށަވަރުވެގެން ދިޔަ ނަމަވެސް، ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ފުރިހަމަ ތާއީދު ޑރ މުއިއްޒަށް އޮތްކަމަށް ވިދާޅުވެފަ އެވެ. 

މި ރިޔާސީ އިންތިޚާބު އެއްބުރުން ޑރ މުއިއްޒަށް ކާމިޔާބުކޮށްދެއްވުމަށް ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންގެ އަރިހުން އެދިވަޑައިގެންފަ އެވެ. އެގޮތުން އެމަނިކުފާނު ވަނީ މި އިންތިޚާބުގައި، ސިޔާސީ ފަރާތްތަކާއި، ސަރުކާރު ގުޅިގެން އުފައްދާ ފިތުނަތަކުގައި ނުޖެހި ރިޔާސީ ކެމްޕޭނުގެ ހަރަކާތްތައް ވަރުގަދަކޮށް ޑރ މުއިއްޒު އިންތިޚާބުކުރުމަށް މަސައްކަތްކޮށްދެއްވުމަށް ސަޕޯޓަރުންގެ އަރިހުން އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.