ޑރ. މުހައްމަދު މުޢިއްޒު
ހަބަރު
03 Sep 2023 | 12:04
އެހެން ގައުމެއްގެ ޕްރޭޝަރާއި ހުރެ، ދީނުގެ ނަމުގައި މީހުން ހައްޔަރުކޮށް ވާނުވާގައި ނުބައިތިއްބާނަން: މުޢިއްޒު

އެހެން ގައުމެއް، ނުވަތަ ޖަމިއްޔާ އެއްގެވެސް ޕްރޭޝަރާއި ހުރެ، ދީނުގެ ނަމުގައި މީހުން ހައްޔަރުކޮށް ވާނުވާގައި ނުބައިތިއްބާނަން ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރިޔާސީ ކެންޕެއިނަށް ތ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ތިމަރަފުށްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ، މިސަރުކާރުން، އެކި ނަންނަމުގައި މީހުން ހައްޔަރުކޮށް، އެމީހުން ޖަލުގައި ބަންދުކޮށްގެން ވާނުވާގައި ބައިތިއްްބަމުންދާ ކަމަށެވެ. 

އެހެންކަމުން މ، މުޢިއްޒުގެ ވެރިކަމެއްގައި، ޝަރުޢީ ދާއިރާއަށް ގެންނަ، ޖުޑީޝަލް ރިފޯމްގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ވާނުވާ ނިޒާމް އުވާލުން ކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. 

އަޅުގަނޑުމެންގެ ވެރިކަމެއްގައި، ޝަރުޢީ ދާއިރާއަށް ގެންނަ ރިފޯމް ތެރޭގައި، ވާނުވާ ނިޒާމް އުވާލުން ހިމެނޭ. މި އިސްލާހު ގެނެވުނީމާ، އެއްވެސް މީހަކާއި މެދު ގޮތެއް ނުނިންމާ އެންމެ ގިނަވެގެން 48 ގަޑި އިރު މީހަކު ބެހެއްޓޭނީ. އެހެން ވާނުވާ ނޭގުމެއްގެ ތެރޭގައި، އެތައް އަހަރެއް، އެތައް މަހެއް، އެތައް ދުވަހެއް މިހެން ވުމަކީ އިންސާފެއް ނޫން. 

ޑރ. މުހައްމަދު މުޢިއްޒު 

މިއާއެކު މުޢިއްޒު ވިދާޅުވީ، މިސަރުކާރުން އެފަދައިން ވާނުވާ ޖަހާފައި މީހުން ބަންދުގައި ބައިތިއްބާފައި ވަނީ ވަރަށް ވެސް ބޭއިންސާފުން ކަމަށެވެ. އަދި ތިމަރަފުށީގެ މީހުންގެ ތެރެއިން އެފަދައިން ވާނުވާގައި ބަންދުކޮށްފައި ހުރި މީހުންގެ މައްސަލަތައް ވެރިކަން ލިބޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަލައި، އެމީހުންނަށް އިންސާފު ހޯދަވައި ދެއްވާނެ ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ. 

މިއާއެކު މުޢިއްޒު ވިދާޅުވީ، މިސަރުކާރުން އެފަދައިން ވާނުވާގައި ޖަލުގައި ބަންދުގައި މީހުން ބައިތިއްބަނީ ވަކި ގައުމެއްގެ ޕްރޭޝަރާއި ހުރެ ކަމަށާ، އެމަނިކުފާނުގެ ވެރިކަމެއްގައި އެފަދައިން ކަންކަން ނުކުރައްވާނެ ކަމަށެވެ. 

އަޅުގަނޑުމެން ވާނީ ރައްޔިތުންނަށް ހެޔޮ އެދޭ ބަޔަކަށް. އެހެން ބައެއްގެ ޕްރޭޝަރާއި ހެދި, ރާއްޖޭއިން ބޭރުގެ ގައުމެއްގެ ނޫނީ ޖަމިއްޔާއެއްގެ ޕްރެޝަރާއި ހެދި، ކުދިން ތަކެއް ގެންގޮސް، އަދި އަމުދުން ދީނީ ނަމުގައި، ހައްޔަރުކޮށްގެން އެހެން ގެންގުޅޭ، ގެންގުޅުމަކީ ހަގީގަތުގައި، މިސަރުކާރުން ކަންކަން ކުރާ ގޮތުގައި ވަރަށް ރަނގަޅަށް އެބަ އެނގޭ، މިސަރުކާރުން ކީއްވެކަން އެކަން ކުރަނީ. އެކަމަކު، އަޅުގަނޑުމެން އެގޮތަށް ނުހަދާނަން. އިންސާފުވެރިކަމާ އެކީގައި، އަދުލުވެރިކަމާއި އެކީގައި ކޮންމެ ކޭސް އެއްވެސް ބަލާނީ. އެ އޮންނަ އުސޫލުގެ ތެރެއިން. 

ޑރ. މުހައްމަދު މުޢިއްޒު 

ހަރުކަށި ފިކުރު ގަބޫލުކުރާ ބައެއް ކަމަށް ލޭބަލް ކޮށް، 2020 ވަނަ އަހަރު، ފުލުހުން ވަނީ ތިމަރަފުށި ހިމެނޭހެން ގިނަ ޒުވާނުން ތަކެއް ހައްޔަރު ކޮށްފައެވެ. 

މި މައްސަލައިގައި ހިމެނޭ މީހުންނަކީ ތ. ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުالله ޝަރީފް އާއި، ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒު އާއި ތ. ތިމަރަފުށި، އަސުރުމާގެ، މުޙައްމަދު އާޞިރު އާއި، ތ. ތިމަރަފުށި، އަސްރަފީވިލާ، އަޙްސަން މުޙައްމަދު އާއި، ރ. މަޑުއްވަރި، ބީޗްހައުސް އަބްދުالله ޢިމާދު އާއި، ތ. ތިމަރަފުށި، ސައިމާ، ޝަމާޚު ޝަރީފް އާއި، ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫޠު، އަދި ރ. ކަނދޮޅުދޫ، ފެހިވިލާ، ޢަލީ އަރުހަމް މުޙައްމަދުއެވެ.

އެ މީހުންގެ ޝަރީއަތް ވެސް ރަނގަޅަށް ކުރިއަށް ނުގެންގޮސް، އެދެވޭ ހެއްކެއް ހުށަނޭޅި، ވާނުވާއެއް ނޭނގި ބަންދުގައި ބައިތިއްބާފައި ހުންނަތާ މިހާރު ތިން އަހަރު ވަނީ ވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.