ޑރ. މުހައްމަދު މުޢިއްޒު ގެ ތަރުޖަމާނު މުހައްމަދު ތޮލާލް-- ފޮޓޯ/ ޕީޕީއެމް
ހަބަރު
03 Sep 2023 | 17:15
ޑރ. މުޢިއްޒު އިންތިހާބު ކާމިޔާބު ކުރައްވާނީ އެމްޑީޕީ މެންބަރުންގެ ވޯޓާއި ވެސް އެއްކޮށް: ތަރުޖަމާނު

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު، ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އެމްޑީޕީގެ މެންބަރުންގެ ވެސް ވޯޓާއި އެއްކޮށް ކަމަށް، އެމަނިކުފާނުގެ ކެންޕެއިން ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ. 

ޕީޕީއެމްގެ ތަރުޖަމާނުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ އުފަން ރަށް، ޅ އަތޮޅު ހިންނަވަރާއި އެމްޑީޕީ މެޖޯރިޓީ އޮންނަ އައްޑު އަތޮޅު ހިމެނޭ ހެން، މުޅި ރާއްޖެއިން ޑރ. މުޢިއްޒު އަށް އޮތީ ކިހާ ތާއީދެއްތޯ ސުވާލު ކޮށްފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ތޮލާލް ވިދާޅުވީ، މިހާރު ފެންނަ މަންޒަރު ތަކަށް ބަލާއިރު، ހިންނަވަރުންވެސް މީގެ ކުރިން ޕީޕީއެމަށް ނުލިބޭ ތާއީދު މިހާރު ޕީޕީއެމަށް އޮތް ކަމަށެވެ. އެހެންކަމުން، ހިންނަވަރުން ލިބޭ ވޯޓުވެސް އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށް ތޮލާލް ފާހަގަކުރެއްވިއެވެ. 

"ހިންނަވަރު ރައްޔިތުން ވެސް ގަބޫލެއް ނުކުރޭ، އިބްރާޙީމް މުހައްމަދު ޞާލިހު އަކީ ވެރިކަމަށް ގާބިލު ބޭފުޅެއް ކަމަކަށް. ވެރިކަން ކުރެވޭ ވަރުގެ ބޭފުޅެއް ކަމަކަށް. އެހެންވީމާ ހިންނަވަރުންވެސް އަޅުގަނޑުމެން ނަގާނަން ކުރިއަށްވުރެ ގިނަ ވޯޓު. އެގޮތަށް އައްޑޫ ސިޓީ އިންވެސް މިފަހަރު، އިރާދަކުރެއްވިޔާ މެޖޯރިޓީ ނަގާނަން. އިބްރާހީމް މުހައްމަދު ޞާލިހު އަށްވުރެ އަޅުގަނޑުމެންނަށް އައްޑޫ ސިޓީން ލިބޭ ވޯޓު ގިނަ ވާނެ. މުޅި ރާއްޖޭގެ ވޯޓުލާ ޕޮޕިއުލޭޝަން ގެ އިރާދަކުރެއްވިޔާ 50 ޕަސެންޓަށް ވުރެ މަތިން، ނަންގަވައިގެން ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބައޮތް." 

ޑރ. މުޢިއްޒުގެ ތަރުޖަމާނު މުހައްމަދު ޠޮލާލް

ތޮލާލް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެއްބުރުން ނިންމުމަށް ދިވެހި ރައްޔިތުންވެސް ބޭނުންވާ ކަން ފެންނަ މަންޒަރު ތަކުން ހާމަވާ ކަމަށާ، އަދި އިންތިހާބު ޑރ. މުޢިއްޒު އަށް ކާމިޔާބު ކޮށްދެއްވުމަށް ބޭނުންވަނީ ހަމައެކަނި ޕީޕީއެމް މެންބަރުން ނޫން ކަމަށެވެ. 

ޑރ. މުޢިއްޒު ރަށަކަށް އަރާވަޑައިގެންނެވީމާ މިހާރު ނުކުންނަނީ ހަމައެކަނި ކުރީގެ އަޅުގަނޑުމެންގެ ސަޕޯޓަރުންނެއް ނޫން. މިހާރު އެބަ ނުކުންނަވާ އެމްޑީޕީގެ މެންބަރުންވެސް އަޅުގަނޑުމެންނަށް ސަޕޯޓު ކުރައްވާތީވެ. އެހެންވީމާ މި ދަންނަވަނީ، އެމްޑީޕީީ ގެ ވޯޓާއެއްކޮށް، މިފަހަރު ޑރ. މުޢިއްޒު ކާމިޔާބު ކުރައްވާނެ. 

ޑރ. މުޢިއްޒުގެ ތަރުޖަމާނު މުހައްމަދު ޠޮލާލް

ތޮލާލު މިފަދައިން ވިދާޅުވެފައި ވާއިރު، ދާދިފަހުން، ޑރ. މުޢިއްޒު ހިންނަވަރާއި އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ވަޑައިގެންފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Jul 2026
ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް
ޕީއެންސީން މިއަދު ކުރިއަށްގެންދާ އެޕާޓީގެ އެތެރޭގެ އިންތިހާބު މިއަދު ހަވީރު 16:00 ޖެހުމާ ހަމަޔަށް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ
11 Jul 2026
ޓެސްޓުގެ ނަތީޖާ އަނބުރާ ލިބުމުން ދެން ކަންތައްކުރާނީ ކިހިނެތް؟
ޓެސްޓް ޕޭޕަރުން ލިބޭ މާކުހަކީ މުހިންމު އެއްޗަކަށް ވީނަމަވެސް، އެއީ ކުއްޖާގެ އުނގެނުމުގެ އެންމެ ފުރިހަމަ ތަސްވީރެއް ނޫނެވެ. ކުދިން ޓެސްޓު ކަރުދާސް ހިފައިގެން ގެއަށް އައުމުން ބެލެނިވެރިންނަށް ކަން ކުރެވޭ ގޮތަކުން ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރަށް ވަރަށް ބޮޑަށް އަސަރުކުރާނެއެވެ.
11 Jul 2026
ވަރލްޑްކަޕް ސެމީގައި ސްޕެއިން ނިކުންނާނީ ފްރާންސާ ދެކޮޅަށް
ގަދަ ހޫނުގައި ކުޅުނު މިމެޗްގެ ތަރިއަކަށްވީ މެރިނޯއެވެ.
11 Jul 2026
އެކްސިޑެންޓްގައި ހިމެނޭ ދޯނި ހޯދަނީ، އާންމުންގެ އެހީތެރިކަމަށް އެދިއްޖެ
ފުލުހުން ރޭ ބުނީ ރޭގެ އެކްސިޑެންޓާއި ގުޅިގެން ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
10 Jul 2026
ވިލިމާލޭގައި ގުރޫޕް މާރާމާރީއެއް، ހަތަރު މީހަކަށް އަނިޔާވެ ފަރުވާ ދެނީ
މި މާރާމާރީގައި ހަތަރު މީހަކަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
10 Jul 2026
އިނގިރޭސިވިލާތުގެ އެންމެ މަޤުބޫލު ނަންތަކުގެ ލިސްޓުގެ އެއްވަނާގައި މުޙައްމަދު
ފިރިހެން ކުދިންނަށް މުޙައްމަދު(Muhammad)ކީ އަދަދު 5957 އަށް އަރައެވެ. އެ ނަމުގެ އެހެން ސްޕެލިންތައް ވެސް މަޤުބޫލުވެފައިވާ އިރު މޮހައްމެޑް (Mohammed) 20 ވަނައިގައި 1712 ނަމާ އެކު އަދި މޮހައްމަދް (Mohammad) 50 ވަނައިގައި 895 ނަމާ އެކު އޮތެވެ. މީގެ އިތުރުން ނޯއާ 4075 ފަހަރު އަދި ލީއޯ 3278 ފަހަރު ބޭނުންކޮށްފައިވެއެވެ. ފިރިހެން ކުދިންގެ ގަދަ 10 ގައި ދެން ހިމެނެނީ ލޫކާ އާތާ އޮލިވާ ޖޯޖް އޮސްކާ ތީއޮޑޯ އަދި ފްރެޑީއެވެ.
10 Jul 2026
އިސްލާމީ ކުތުބުޚާނާ ދުވަސް ފާހަގަ ކުރުމަށް ހަރަކާތްތަކެއް
ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހާއި، އިސްލާމީ ކުތުބުޚާނާގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއިން އިންތިޒާމުކޮށްގެން ޚާއްސަ ޙަރަކާތްތަކެއް ބޭއްވުމަށް ނިންމައިފި އެވެ.
10 Jul 2026
އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދަން މަސައްކަތް ކުރަން: ފައިސަލް
"އެ ޝައުގުވެރިކަން އެބަ އޮތޭ, އެ އުންމީދު އެބަ އޮތޭ. އެ މަސައްކަތް އެގޮތަށް އެބަ ކުރެވޭ," ފައިސަލް ވިދާޅުވި އެވެ.